Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެހިކަލްތަކަށް ޕެޓްރޯލާއި ޑީސަލް އެޅުން

މި ހާލަތުގައި ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ވެހިކަލްތަކަށް ޕެޓްރޯލާއި ޑީސަލް އެޅޭނެ: ފިއުލް ސަޕްލައިސް

16 އެޕްރީލު 2020 | ބުރާސްފަތި 04:41

އެންއީއޯސީގެ ހުއްދަ ލިބިފައިވާ ވެހިކަލްތަކަށް 24 ގަޑިއިރު ތެޔޮ އެޅޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އެޕްރީލު 2020 | ބުރާސްފަތި 04:41
އެފްއެސްއެމްގެ ޝެޑެއް

އެފްއެސްއެމްގެ ޝެޑެއް

ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން މާލެ ސިޓީ އެއްކޮށް ލޮކްޑައުން ކޮށްފައިވީނަމަވެސް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ހާއްސަ ހުއްދައާއެކު ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް އެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފިއެވެ.

ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން "ރާއްޖެޓީވީ"އިން ގެނެސްދޭ ކަވަރޭޖްގެ ތެރެއިން ބުދަ ދުވަހުގެ ރޭ ފޯނުން މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ، މާލޭ ސިޓީ ލޮކްޑައުންގައިވާ ހާލަތުގައި އެފްއެސްއެމުން ހިދުމަތް ލިބެމުންދާނީ ހަމައެކަނި، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދީފައިވާ ވެހިކަލްތަކަށް އެކަނި ކަމަށެވެ. މި ހިދުމަތް ހުއްޓަލައިފިނަމަ، އެ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެދާނެތީ، އެ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ގަސަމް ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ އިދާރާގެ ވެހިކަލްތަކަށް ހިދުމަތް ލިބިގެންދާއިރު، ސިފައިންނާއި ފުލުހުން ދުއްވާ އެމީހުންގެ އަމިއްލަ ވެހިކަލްތަކަށް ހިދުމަތް ލިބޭނީ، ސިފައިންގެ މީހެއްކަން ނުވަތަ ފުލުހެއްކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.

ގަސަމް ވިދާޅުވީ، މާލެއިން ހިދުމަތް ލިބޭނީ، ސްޓެލްކޯ ކައިރި ހުންނަ ޕެޓްރޯލް ޝެޑުން ކަމަށާއި ހުޅުމާލެއިން ހިދުމަތް ލިބޭނީ، ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ޕެޓްރޯލް ޝެޑުން ކަމަށެވެ.

ގަސަމް ވެސް ވަނީ ރައްޔިތުން ގެއިން ނުނިކުމެ، ގޭގައި ތިއްބެވުމަށާއި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ކިޔަމަންތެރިކަން އަދާކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަޙައްދު 24 ގަޑިއިރަށް ލޮކްޑައުންކޮށްފައިވަނީ ބުދަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް