ސިފައިންގެ ވަޒީފާއަށް ވަނުމަށްކުރި އިއުލާން ބާތިލުކޮށްފި
14 އެޕްރީލު 2020 | އަންގާރަ 03:32މާޗް 2 އަދި 20ގައި ކުރި ދެއިއުލާން ވެސް ވަނީ ބާތިލްކޮށްފައި


އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން
ސިފައިންގެ ވަޒީފާއަށް ވަނުމަށްކުރި އިޢުލާން މިނިސްޓްރީ އޮފް ޑިފެންސް އިން ބާތިލުކޮށްފިއެވެ.
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ކުރި އިޢުލާން ބާތިލުކޮށްފައިވަނީ މިވަނީ، މާޗުމަހުގެ ދެވަނަ ދުވަހާއި 20ވަނަ ދުވަހު ވަނީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެ ދެ ފަހަރެއްގެ މަތިން އިޢުލާން ކުރުމަށްފަހުއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ވަޒީފާއަށް މީހުން ހޯދުމަށްޓަކައިި ކުރި ދެއިޢުލާނުވެސް ބާތިލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދެއިއުލާން ބާތިލުކުރި ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް، ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ. ދައުލަތުގެ ޢާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ މިދުވަސްވަރު ސަރުކާރުގެ މުއައްސަސާތަކުން ޚަރަދު ކުޑަ ކުރުމަށް އަންގާފައެވެ. އަދި ސިޔާސީ މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރުން ހުއްޓާލާފައިވާއިރު، ސިޔާސީ މަޤާމުތަކުގައި ތިބި ބޭފުޅުންގެ މުސާރައިން 20 އިންސައްތަ ކުޑަކޮށްފައިވެއެވެ.









