Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯޝަލް ޑިސްޓެންސް

ނޯމަލްއަކަށް ނުދެވޭނެ، ދާންޖެހޭނީ އާ ނޯމަލްއަކަށް!

14 އެޕްރީލު 2020 | އަންގާރަ 03:51

އިޖްތިމާއީ ގައިދުރުކަން ބަހައްޓަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އެޕްރީލު 2020 | އަންގާރަ 03:51
ޑރ. ނަޒްލާ ރަފީޤް

ޑރ. ނަޒްލާ ރަފީޤް

ކޮވިޑް-19ގެ މިޙާލަތުގައި އަބުރާ "ނޯމަލް" ޙާލަތަކައް ނުދެވޭނެ ކަމަށާއި، ދެން ދާން ޖެހޭނީ އާ "ނޯމަލްއަށް" ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ ކޮވިޑް-19ގެ ކުރިން ދުނިޔެއޮތް ޢާންމު ޙާލަތަކައް ދެވޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މިޙާތަލުން ދެން ދާންޖެހޭނީ "ނިއު ނޯމަލްއަކަށް" ކަމަށެވެ. މިހާރުގެ މިޙާލަތުގައި މީގެ ކުރިން ކަންތައްތައް ކުރި ގޮތަށް ނުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތައް ކުރާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ޤައުމުގެ އެތެރޭގައި ބަލި އެއްވެސް ވަރަކަށް އުޅޭތޯ ބެލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މީހުންނަށް މަޢުލޫމާތު ދިނުމުގެ މަސައްކަތްތައް ވެސް ކުރާކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިޖުތިމާޢީ ގައިދުރުކަން އިތުރުކުމަށް ގިނަ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށާއި، ޢާންމުން ވެސް މިފަދަ ކަންކަމަށް ސަމާލުވުމަށްއެދޭ ކަމަށެވެ. ގިނަ އިންޓިއުޝަންތައް ބަންދުކުރީ އިޖްތިމާޢީ ގައިދުރުކަން އިތުރުކުރުމުގެ މަޤުޞަދުގައިކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ޕަބްލިކް ހެލްތުން މީހުންގެ އުޅުން ބަދަރުކުރަން މަސައްކަތް ކުރާ ކަމަށާއި، އެހެންނަމަވެސް މީހުން ޢަމަލުކުރާ ގޮތް ބަދަލުކުރަން އުދަނގޫ ކަމަކަށް ވެފައިވާކަމަށެވެ. އެންއޯއީސީގެ ޓީމުން "ބިހޭވިއަރ ޗޭންޖު ކޮންޕެއިންއެއް" ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޢާންމުން ހޭލުންތެރިކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، އިޖްތިމާޢީ ގައިދުރަން ދެމެހެއްޓުމަށްޓަކައި ހަނދާންއާ ކޮށްދިނުން މުހިންމު ކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ ކޮވިޑް-19އަށް ތައްޔާރުވާން ރާއްޖެއަށް ވަގުތުތަކެއް ލިބިގެންދިޔަ ކަމަށެވެ.

އެގޮތުން ރާއްޖެއަށް އެޅިފައި ހުރި ފުރުޞަތުތަކާއެކު އެވަގުތުކޮޅުގެ ތެރޭގައި އާ ގޮތަކަށް އުޅުމަށް ފަރިތަވާންޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ގައިދުރުކަން އިތުރު ކުރުމާއި، އަތް ދޮވުން އިތުރުކުރުން އަދި ޑޮކްޓަރުން ދެއްވާ ލަފައާ އެއްގޮތަށް މަސައްކަތް ކުރުން ހިމެނެއެވެ.

ރާއްޖޭގައި އިންތިޒާމުތައް ހަމަޖެހިފައިހުރިތޯ ސުވާލުކުރާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި ޢާންމުންގެ ތެރެއަށް ބަލި ފެތުރިއްޖެނަމަ އެންމެނަށް ފަރުވާދެވޭނެކަމުގެ ޤާބިލުކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަަމަށެވެ.

ދުނިޔޭގެ ބޭރުގެ ޤައުމުތަކަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ ކޮވިޑް-19 ޢާންމުންގެ ތެރޭގައި ފެތުރިއްޖެނަމަ ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށެވެ. އެއީ އެޤައުމުތަކުގައި ރަނގަޅު ޞިއްޙީ ފަރުވާދޭނެ ނިޒާމެއް ގާއިމުވެފައި ނެތުމުން ނޫން ކަމަށާއި، އެއްފަހަރާ އެންމެނަށް މިބަލި ޖެހުމުން ކަންތައްތައްވާނެ ގޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކާފިއު އިޢުލާނުކުރުމާއި، ވެކްސިން އަދި ބޭސްތަކާ ބެހޭ ގޮތުން ވެސް ވާހަކަތައް ދެއްކޭނެ ކަމަށެވެ. ނަމަވެސް މިބަލި ދުނިޔޭގައި އެބަ ފެތުރެމުންދާއިރު، ރާއްޖެއަށް އައުމުގެ ފުރުޞަތު ބޮޑު ބައްޔެއް ކަމަށްވާތީ ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް އެކަމުގައި ރާއްޖޭގެ ރައްޔިތުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެމެރިކާފަދަ ޤައުމުތަކުގައި އައުޓް ބްރޭކްގައި ދެލައްކައެއްހާ މީހުން މަރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އެޢަދަދު އެތައް ގުނައަކުން ކުޑަކުރީ ގައިދުރުކަން ދަމަހައްޓާގެން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުން ވެސް ގައިދުރުކުރަން ދަމަހައްޓަންޖެހޭ ކަމަށާއި، އެގޮތަށް ޢަމަލުނުކޮށް ބޭނުން ގޮތަކަށް އުޅެފިކަމަށްވާނަމަ ސަލާމަތްވުމަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ޖޫން 2018

މިނިވަން އިންތިޚާބެއް ބޭއްވޭނެ، އިދިކޮޅު ފަރާތްތަކުން މިހާރު އުޅޭގޮތަށް އުޅޭކަށް ޖާގައެއް ނުދެވޭނެ: ދިވެހި ސަރުކާރު

01 ޖޫން 2018
މިނިވަން އިންތިޚާބެއް ބޭއްވޭނެ، އިދިކޮޅު ފަރާތްތަކުން މިހާރު އުޅޭގޮތަށް އުޅޭކަށް ޖާގައެއް ނުދެވޭނެ: ދިވެހި ސަރުކާރު
29 މެއި 2018

ސުޕްރީމް ކޯޓުން ނެރުނު އަމުރަށް މައާފެއް ނުދެވޭނެ: ރައީސް ޔާމީން

29 މެއި 2018
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް މައާފެއް ނުދެވޭނެ: ރައީސް ޔާމީން
10 އެޕްރީލު 2018

އިލެކްޝަނުން އެންގިއަސް ޕާޓީތަކުގެ އެތެރޭގެ މައުލޫމާތުތަކެއް ނުދެވޭނެ: ގުޅިފައިވާ ޕާޓީތައް

10 އެޕްރީލު 2018
އިލެކްޝަނުން އެންގިއަސް ޕާޓީތަކުގެ އެތެރޭގެ މައުލޫމާތުތަކެއް ނުދެވޭނެ: ގުޅިފައިވާ ޕާޓީތައް
30 ޖެނުއަރީ 2018

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތް، ހުސް ތިޖޫރީ ހިފައިގެން ދާންޖެހޭނީ ޖަލަށް: މުސްތަފާ

30 ޖެނުއަރީ 2018
ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތް، ހުސް ތިޖޫރީ ހިފައިގެން ދާންޖެހޭނީ ޖަލަށް: މުސްތަފާ
23 ޖެނުއަރީ 2018

ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓެއް މީހަކަށް ނުދެވޭނެ:ރައީސް މައުމޫން

23 ޖެނުއަރީ 2018
ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓެއް މީހަކަށް ނުދެވޭނެ:ރައީސް މައުމޫން
10 އޮކްޓޯބަރު 2017

ލަންކާގައި ތެލުގެ އަގު ބޮޑުކުރަން ފުރުސަތު ނުދެވޭނެ: ޕެޓްރޯލިއަމް މިނިސްޓަރ

10 އޮކްޓޯބަރު 2017
ލަންކާގައި ތެލުގެ އަގު ބޮޑުކުރަން ފުރުސަތު ނުދެވޭނެ: ޕެޓްރޯލިއަމް މިނިސްޓަރ
23 ޖޫން 2017

އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ

23 ޖޫން 2017
އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ
22 އެޕްރީލު 2017

ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް

22 އެޕްރީލު 2017
ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް