Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

ސުޕްރީމް ކޯޓުން ނެރުނު އަމުރަށް މައާފެއް ނުދެވޭނެ: ރައީސް ޔާމީން

29 މެއި 2018 | އަންގާރަ 06:29

ގޯސް ހަދަނީ ޒުވާނުން ނޫން ކަމަށާއި ގޯސް ހަދަނީ އެމީހުން ލައްވާ ގޯސް ހަދުވާ ބޮޑެތި މީހުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 މެއި 2018 | އަންގާރަ 06:29
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން | ރާއްޖެއެމްވީ

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު ހުކުމާއި ގުޅިގެން މައާފެއް ނުދެވޭނެ ކަމަށާއި މިފަދަ އަމަލުތަކަކީ ދައުލަތުގެ ހައްގުތަކަށް އަރައިގަތުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި އަލަށް ގުޅުނު މެންބަރުންގެ ފޯމް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ މީހުން އަމިއްލަ ފައިދާ ހާސިލް ކުރުމަށާއި އެމީހުންގެ ކުރިމަގު އުޖާލާ ކުރުމަށް ގާނޫނާއި ހިލާފަށް ކުރާ ކަންކަން ކޮށްގެން ކުރިއަށް ދިއުމަށްފަހު ގާނޫނާ އެއްގޮތަށް ކަންކަން ކުރުމަށް ވިސްނުމަކީ ރަގަޅު ވިސްނުމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ގާނޫނާ އެއްގޮތަށް ކަންކަން ކުރަން ބޭނުން ކަމުގައިވާ ނަމަ، ދާން ބޭނުންވާ މިސްރާބަށްވެސް ދާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

"ރާއްޖެއަކީ އެއްބައެއް، އެއް ނަސްލެއް. މިއީ ދައުލަތަށް އުފުލޭ ވަރުގެ ކަންކަމެއް ނޫން. މިކަހަލަ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެންނާ ފިކުރު ތަފާތު މީހުންވެސް ވިސްނަންވީ. އަޅުގަނޑުމެންގެ ފިކުރު ވަރުގަދަ ވެގެން މުޅި ރާއްޖެ ހަލާކުވެގެން ދިއުމުން ފިކުރު ވަރުގަދަވެގެން ކުރެވޭނެ ކަމެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ފިކުރު ތަކަށް ވެގެންދިޔަ ގޮތް ފެންނަން އެބަ އޮތް ކަމަށާއި އެފަދަ ހާލަތްތަކަށް ދަނީ އަމިއްލައަށް ވިސްނާނުލާ ނިންމާ ނިންމުންތަކުގެ ސަބަބުން ކަމަށެވެ. މިފަދަ ކަންކަން ކުރުމުގައި ގޯސް ހަދަނީ ޒުވާނުން ނޫން ކަމަށާއި ގޯސް ހަދަނީ އެމީހުން ލައްވާ ގޯސް ހަދުވާ ބޮޑެތި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ފެބްރުއަރީ 1 ގައި ނެރުނު ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ނުކުރައްވާ ހުންނެވި ރައީސް ޔާމީން ވިދާޅުވީ، ހުކުމެއް ކޮށްފާނެތީ ނުވަތަ ހުކުމެއް ތަންފީޒު ކުރަންޖެހިދާނެތީ ގައުމަށް ނައިސް ބޭރުގެ އެކި ގައުމުތަކަށް އަރުވާލެވިގެން ތިބޭކަމުގައިވާނަމަ ގާނޫނީ ސަރުކާރެއް ހިންގުމުގެ ކުފޫއެއް އެފަދަ މީހުން ކިބައިގައި ނެތް ކަމަށެވެ. ގާނޫނާ ހިލާފަށް ކަމެއް ކޮށްފި ކަމުގައިވާނަމަ އަދަބު ލިބޭނެކަން އެމީހުން ގަބޫލުކުރަންޖެހޭ ކަމަށާއި އަދަބުން ފިލައިގެން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމު ތަރައްގީކުރުމަކީ ޕީޕީއެމްގެ އެންމެ ބޮޑު އަމާޒު ކަމަށާއި އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ދިވެހިން ހުވަފެނުންވެސް ނުދެކޭ ވަރުގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ފެށުމަކީ ތަރައްގީ ކުރުމުގައި ލިބުނު ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިގްތިސާދު ބިނާ ކުރައްވާ ވާހަކައާއި ތަރައްގީގެ ވާހަކަ އަބަދުވެސް މިދައްކަނީ އަޅުގަނޑުމެން. އެފަދަ އެއްވެސް ވާހަކައެއް އިދިކޮޅު ފަރާތްތަކުން ދައްކާ އަޑު ތިބޭފުޅުން ނާއްސަވާނެ. އެހެން ނަމަވެސް ތަރައްގީގެ މަސައްކަތުގެ ތެރެއިންވެސް ސަރުކާރު ބަދުނާމު ކުރުމަށް އެބޭފުޅުންނަށް ދަނީ ވާހަކަދައްކަވަމުން. އަގުހެޔޮކޮށް ކަންކަން ކުރެވެން ހުއްޓާ އެބޭފުޅުންގެ ސަރުކާރުތައްވެސް ނިމިގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އުނދަގޫ ހިސާބެއްގައި އޮއްވާ ރާއްޖެ ސަލާމަތް ކުރެވިއްޖެ ކަމަށް މިއަދު ގަބޫލު ކުރެވޭ ކަމަށާއި ރާއްޖޭގެ އެތެރޭގެ ކަންކަމަށް ބޭރު މީހުން އަތްބާނަން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި ހުރި ވާހަކަ ދައްކަނީ އެއީ ތެދު ވާހަކައެއް ކަމަށާއި ދަރަނި ދެއްކޭނެ ގާބިލް ކަން މިސަރުކާރުގެ އެބަ ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް