Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

މިނިވަން އިންތިޚާބެއް ބޭއްވޭނެ، އިދިކޮޅު ފަރާތްތަކުން މިހާރު އުޅޭގޮތަށް އުޅޭކަށް ޖާގައެއް ނުދެވޭނެ: ދިވެހި ސަރުކާރު

1 ޖޫން 2018 | ހުކުރު 18:53

ޕާޓީތަކުން ހިންގާ ހަރަކާތްތަކީ ޤާނޫނުއަސާސީއާއި ތައާރުޒު ނުވާގޮތަށް، ޤާނޫނާއި ޤަވާއިދުތަކާއި އުސޫލުތަކުގެ ތަރަހައިގެ ތެރެއިން ހިންގޭ ހަރަކާތަށް ވާން ޖެހޭނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 ޖޫން 2018 | ހުކުރު 18:53
ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް

ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް

މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، ނަމަވެސް އިދިކޮޅު ޕާޓީތަކުން މިހާރު އަމަލުކުރަމުންދާ ގޮތަށް އަމަލުކުރުމަށް ފުރުޞަތު ނުދެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ވިލާތުގެ އިއްތިހާދާއި، އެކިއެކި ޤައުމުތަކުން ގުޅިގެން ރައްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ނެރުނު ބަޔާނަކަށް ރައްދުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރާއި އިދިކޮޅު ސިޔާސީ ހަރަކާތަކީ ޑިމޮކްރަސީއެއްގައި މުހިއްމު އެއްޗެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ. އެފަދަ އިދިކޮޅު ހަރަކާތްތަކާއި ޕާޓީތަކުން ހިންގާ ހަރަކާތްތަކީ ޒިންމާދާރު ގޮތެއްގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ތައާރުޒު ނުވާގޮތަށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތަރަހައިގެ ތެރެއިން ހިންގޭ ހަރަކާތަށް ވާން ޖެހޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޤާނޫނުގެ ބާރު ކަނޑުވާލައި، ރައްޔިތުންނަށް އޮޅުވާލައި، އިންތިޚާބުގެ ކުރިން މަސްރަހު ގޯސްކުރުމަށް ހިންގާ އަމަލުތަކަކީ ޒިންމާދާރު ސިޔާސީ ހަރަކާތްތައް ކަމަށް ނުބެލޭނެ ކަމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެފަދަ އަމަލުތަކަށް ޖާގައެއްވެސް ނުދެވޭނެ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވައި ޤާނޫނުގެ ވެރިކަން ހިންގުމަށް ސަރުކާރުން ހިންގާ އަމަލުތަކަކީ، މިނިވަންކަމާއިއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުންވެސް ހިމެނޭ ގޮތަށް، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކަސް އަރައިގަތުމަށް ސަރުކާރުން ހިންގާ ކަންކަން ކަމަށް އެއްވެސް ފަރާތަކުން ދެކިގެން ނުވާނެ ކަމަށްވެސް ފޮރިން މިނިސްތްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނެފައިވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ ދެފުށްފެންނަ، މިނިވަން، އިންސާފުވެރި އިންތިޚާބުތަކަށް ހެދުމަށް، އިދިކޮޅު ފަރާތްތަކުންވެސް ޣައިރު ޤާނޫނީ އަމަލުތައް ހިންގުން ހުއްޓާލައި، ސަރުކާރަސް އެއްބާރުލުން ދިނުމަށް، ބަޔާން ނެރުނު ބޭރުގެ ޤައުމުތަކުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ގޮވާލުމަކީވެސް މުހިއްމު ކަމެއްކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އައު ޤާނޫނު އަސާސީ ފާސްކުރެވުނުތާ މިހާރު 10 އަހަރު ވެފައިވާ ކަމަށާއި، އެ މުއްދަތުގައި ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބާއި، ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާއި، ކައުންސިލް އިންތިޚާބު އަދި އެކި ފަހަރުމަތިން ބައި އިލެކްޝަންތައް ބޭއްވިފައިޥާއިރު، އެ ހުރިހާ އިންތިޚާބެއްވެސް ނިމިގެން ގޮސްފައިވަނީ މިނިވަން އިންސާފުވެރި އިންތިޚާބުގެ ގޮތުގައި ކަމަށެވެ.

ސަރުކާރުން ނެރުނު މި ބަޔާނުގައި ރާއްޖޭގެ އިލެކްޝަން ކޮމިޝަނަށް ސަރުޚާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް