Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ މުވައްޒަފުންގެ އޯޓީ ފައިސާ

މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އޯވަރޓައިމް ފައިސާ ލިބޭނެ: ފިނޭންސް މިނިސްޓްރީ

13 އެޕްރީލު 2020 | ހޯމަ 07:30

އޯވަރޓައިމް ނުހިމެނޭ ގޮތަށް މަސައްކަތްތައް ރޭވުމަށް ވަނީ އަންގާފައި

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2020 | ހޯމަ 07:30
މިނިސްޓްރީ އޮފް ފިނޭންސް ހުންނަ އިމާރާތް

މިނިސްޓްރީ އޮފް ފިނޭންސް ހުންނަ އިމާރާތް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވީ ނަމަވެސް، އިތުރު ގަޑީގައި މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އޯވަރޓައިމް ފައިސާ ދޭނެ އުޞޫލު މިނިސްޓްރީ އޮފް ފިނޭންސުން ޢާންމުކޮށްފިއެވެ.

އޯވަރޓައިމް ފައިސާ ދޭން ނިންމި ނަމަވެސް، އޮފީސްތަކުގެ ޚަރަދުތައް ވީހާވެސް ކުޑަކޮށް އޮފީސްތަކުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެ ތަންތަނުގެ ވެރިންނަށް ފިނޭންސުން ވަނީ އަންގާފަ އެވެ. އެގޮތުން މުވައްޒަފުންގެ މަސައްކަތްތައް ރޭވުމުގައި އިތުރު ގަޑީގައި މަސައްކަތްކުރަން ނުޖެހޭނެ ގޮތަކަށް ރޭވުމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ދަންނަވާފަ އެވެ.

Advertisement - newsAdvertisement

މިނިސްޓަރ އަމީން ސޮއިކުރައްވާ ނެރުއްވާފައިވާ ސަރިކިއުލަރގައި ވާގޮތުން ނަމަ، މި ދުވަސްވަރު މަސައްކަތަށް ނިކުންނަ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ޚިދުމަތްތައް ދިނުމަށް ނިކުންނަ މުވައްޒަފުންނާއި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ކުރަން ޖެހޭ މަސައްކަތްތަކަށް ނެރޭ މުވައްޒަފުންނެވެ.

އޭގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއަކުން ކޮންމެހެން ދޭން ޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، ތަނުގެ އިސްވެރިން ނެރޭ މުވައްޒަފުންނަށް ވެސް އޯވަރޓައިމް ފައިސާ ލިބޭނެ ކަމަށް ސަރިކިއުލަރގައިވެ އެވެ.

މި ފަރާތްތަކަށް އޯވަރޓައިމްގެ ފައިސާ ލިބެނީ ރަސްމީ މަަސައްކަތު ގަޑީގެ އިތުރުން މަސައްކަތްކުރާ ގަޑިތަކުގައި އެކަންޏެވެ. ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ވަގުތުގެ އިތުރަށް މަސައްކަތް ނުކުރާ ނަމަ، އޯވަރޓައިމް ފައިސާ ނުދިނުމަށް ވަނީ އަންގާފައެވެ.

ސަރކިއުލަރގައި ވާގޮތުން ނަމަ، ސަރުކާރުގެ އިދާރާތައް ބަންދުކޮށްފައިވީ ނަމަވެސް، ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި މި ދުވަސްތަކެއް ނުގުނާނެއެވެ. ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހާރު ވެސް ޤައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތައް އެކަންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އިޤުތިޞާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ދައުލަތުގެ ޢާމްދަނީ ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެގޮތުން ދައުލަތުގެ ބަޖެޓު 12 ބިލިއަން ޑޮލަރު ޑެފިސިޓް ވާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި ކުރިން ދައުލަތުގެ ޚަރަދުގެ ތެރެއިން 1 ބިލިއަން ރުފިޔާ ކުޑަކުރަން ނިންމި ނަމަވެސް، މިހާރު އެ ޢަދަދު އިތުރުކުރަން ޖެހޭނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް