Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ދައުލަތާއި ޢާންމު ފަރުދުން ކޮވިޑް-19 އާ ގުޅިގެން ޢަމަލު ކުރަންޖެހޭގޮތުގެ ގައިޑްލައިންއެއް އެޗްއާރުސީއެމުން އެކުލަވާލައިފި

12 އެޕްރީލު 2020 | އާދީއްތަ 10:17

އެކި ހާލަތްތަކުގައި އަމަލުކުރަންޖެހޭނެގޮތްތައް ގައިޑްލައިންގައި ބަޔާންކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 އެޕްރީލު 2020 | އާދީއްތަ 10:17
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

ދައުލަތާއި ޢާންމު ފަރުދުން ކޮވިޑް-19 އާ ގުޅިގެން ޢަމަލު ކުރަންޖެހޭގޮތުގެ ގައިޑްލައިނެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކުލަވާލައިފިއެވެ.

އެޗްއާރުސީއެމުން ބުނީ އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުގައި އެކަކު އަނެކެއްގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، އެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީގޮތުން އަދި މަދަނީ ގޮތުންނާއި ސިޔާސީގޮތުން ރައްޔިތުންނަށް ލިބިގެންވާ ޙައްޤުތައް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިފެހެއްޓޭނެކަމަށް އިޢުލާނުކުރެވިފައިވާހިނދު މިފަދަ ޙާލަތްތަކުގައި ރައްޔިތުންނަށް ލިބިގެންވާ ޙައްޤުތައް ހަނިކުރުމުގައި މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޙައްޤުތައް ހަނިކުރެވޭ މިންވަރަށް ރިޢާޔަތްކުރަންވާނެކަމަށެވެ. އެގޮތުން އެ ގައިޑްލައިންގައި ވަނީ އެކި ޙާލަތްތަކުގައި ފިޔަވަޅުތައް އަޅަންޖެހޭނެގޮތްތައް ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

އެ ގައިޑްލަިއންގައިވާގޮތުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރައްޔިތުންނަށް ލިބިދޭ ބައެއް އިންސާނީ ޙައްޤުތައް ހަނިކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަޅުތައް އަޅަންވާނީ ކުރިމަތިވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ މިންވަރަށެވެ. އަދި މި ފިޔަވަޅުތައް އެޅުމުގައި ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ދެވޭ ޚާއްޞަ ލުއިތަކުގެ އިތުރުން އިތުރު އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެންނުވާނެކަމަށް ބުނެފައިވެއެވެ. އެގޮތުން، ޢާންމު ދިރިއުޅުމަށް ވީހާވެސް ބުރޫނާރާނެފަދަ ގޮތަކަށް ފިޔަވަޅުތައް އެޅުން މުހިންމުކަމަށާއި، މިފަދަ ޙައްޞާސީ ދަނޑިވަޅެއްގައި ސަރުކާރުގެ ފަރާތުން އަޅާ ފިޔަވަޅުތަކަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކަކަށްވާތީ މި ފިޔަވަޅުތަކަށް ރައްޔިތުން ފުރިހަމައަށް ކިޔަމަންވެ ބޯލަނބަންވާނެކަމަށް ބުނެފައިވެއެވެ.

އޭގެއިތުރުން މި ދަނޑިވަޅުގައި އެއްވެސް ތަފާތުކުރުމެއްނެތި ފަސޭހައިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނޭހެން ޞިއްޙީ ޚިދުމަތުގެ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނެކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ. އެގޮތުން، ބަލިވުމުން ބޭސް ކުރެވޭނެ އިންތިޒާމާއި އެކިއެކި ޚާއްޞަ ތެރަޕީތަކާއި ކައުންސެލިންގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ އިތުރުން ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއްދީ ޚިދުމަތުގެ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނެކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު، މިޙާލަތުގައި މުޖުތަމަޢު، އެމީހަކާމެދު ދެކޭ ނަޒަރިއްޔާތުގެ ސަބަބުން ނުވަތަ ކުރިމަތިވެފައިވާ މާލީ ޙާލަތުގެ ސަބަބުން އެއްވެސް ފަރުދަކަށް ފަރުވާ ދިނުމުގައި ތަފާތުކޮށްގެންނުވާނެކަމަށްވެސް ގައިޑްލައިންގައި ބުނެފައިވެއެވެ.

އޭގެއިތުރުން ޞިއްޙީ ޚިދުމަތުގެ ނިޒާމުގެތެރޭގައި އެމީހަކަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމުގައާއި އަދި މި ޚިދުމަތްތައް ވަކިވަކި ފަރުދުން ލިބިގަތުމުގައި އެއްވެސް މީހެއްގެ އިންސާނީ ޙައްޤަކަށް ބުރޫއަރާފަދަ ޢަމަލެއް ހިންގައިގެން ނުވާނެކަމަށް ގައިޑްލައިންގެ ބުނެފައިވެއެވެ. އަދި މިޙާލަތުގައި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަކޮށް ޞިއްޙީ ޚިދުމަތްތެރިންގެ ޙާލަތު ވަޒަންކޮށް މަސައްކަތުގެ ތެރެއިން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެކަމަށްވެސް ބުނެފައިވެއެވެ.

ގައިޑްލައިންގައިވާގޮތުން މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ ފަރާތްތަކަކީ މިފަދަ ޞިއްޙީ ވަބާއެއް ފެތުރެމުންދާ ދަނޑިވަޅުގައި ބަލި ޖެހުމުގެ ނުރައްކާ ބޮޑު ފަރާތްތަކަކަށްވާހިނދު މި ފަރާތްތަކުގެ މެދުގައި އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަކީ އުނދަގޫކަމެކެވެ. އެހެންކަމުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މި ފަރާތްތަކާމެދު ޢަމަލުކުރުމަށް ޚާއްޞަ އުޞޫލުތަކެއް އެކުލަވާލައި އެއާ އެއްގޮތަށް ޢަމަލުކުރަންވާނެކަމަށް ބުނެފައިވެއެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ދައުލަތުގެ ފަރާތުން މި ފަދަ ފަރާތްތަކަށް އެކަށީގެންވާ މަޢުލޫމާތު ޙިއްސާކޮށް ރައްކާތެރިކަމުގެ އާލަތްތަކާއި އެހެނިހެން ޒަރޫރީ ޞިއްޙީ ފަރުވާ ފޯރުކޮށްދޭންވާނެކަމަށްވެސް ބުނެފައިވެއެވެ.

އޭގެއިތުރުން މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ޚާއްޞަ ޗުއްޓީ ހަމަޖައްސައިދިނުމާއި އަދި ވަޒީފާއަށް ނުނިކުމެ ތިބޭ ދުވަސްތަކުގައިވެސް ޚާއްޞަ ޢިނާޔަތެއް ދިނުންފަދަ މާލީގޮތުން ޢާއްމު ރައްޔިތުންނަށް ފަހިކޮށްދެވެންހުރި ކަންކަން ފަހިކޮށްދޭންވާނެކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ. އަދި މުސާރަ ހިފެހެއްޓުމާ މުސާރަ ކުޑަކުރުމާއި އަދި ވަޒީފާ ގެއްލުމުގެ ބިރު ކުރިމަތިކުރުވުން ހުއްޓުވައި، މާލީ ގޮތުން މުވައްޒަފުންނަށް ދަތިނުވާނޭ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ސަރުކާރުން ބާރުއަޅަންވާނޭކަމަށްވެސް ބުނެފައިވެއެވެ.

އެޗްއާރުސީއެމުން އާންމުކޮށްފައިވާ ގައިޑްލައިންގައި އިތުރަށް ބުނެފައިވާގޮތުގައި ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރައްޔިތުން ގޭގައި ތިބުމަށް ސަރުކާރުގެ ފަރާތުން ބާރުއަޅާ މިފަދަ ދަނޑިވަޅެއްގައި އެ ގެއެއްގައި ދިރިއުޅޭ ހުރިހާ ފަރުދުން ގޭތެރޭގައި ގިނަވަގުތު އެކުގައި ހޭދަކުރަންޖެހުމަކީ އިޖުތިމާޢީ ތަފާތު މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީއާއި އަދި އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ ފަސްޖެހުމެއްނެތި ކަމާގުޅުން ހުރި އިދާރާތަކަށް އެފަދަ ކަންކަން ހުށަހެޅުމަށާއި އަދި ގުޅުން ހުރި އިދާރާތަކުން އެފަދަ މައްސަލަތައް އަވަސްމިނެއްގައި ބެލުމަށް އިސްކަންދޭންވާނެކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް