Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

މި މަހުގެ 13 އަދި 15 ގައި ކަސްޓަމަރ ސަރިވިސް ކައުންޓަރު އަދި ރިސެޕްޝަނުން ހިދުމަތް ލިބޭނެ: އެމްޑަބްލިޔުއެސްސީ

ހެނދުނު 9.00 އިން މެންދުރު 12.00 އަށް ހިދުމަތް ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އެޕްރީލު 2020 | ހޮނިހިރު 11:36
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް ބޭނުންކުރަނީ

އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް ބޭނުންކުރަނީ

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވުމާއެކު، ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ހިނގާ އޭޕްރީލް މަހުގެ 13 ވާ ހޯމަ ދުވަހާއި 15 ވާ ބުދަ ދުވަހުގެ ހެނދުނު 9.00 އިން މެންދުރު 12.00 އަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ކަސްޓަމަރ ސަރިވިސް ކައުންޓަރު އަދި ރިސެޕްޝަން (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އިން ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ ފެންބިލަށް ޗެކު މެދުވެރިކޮށް ފައިސާ ބަލައިގަތުމާއި ކޯޓޭޝަންތަކަށް ޗެކް އަދި ކާރޑް މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ ކަންކަން އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ކައުންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށައަޅާފައިވާ އިންވޮއިސްތަކަށް، ހަމަޖެހިފައިވާ އުސޫލުން، ޕޭމަންޓް ދޫކުރުން ރިސެޕްޝަނުން ކުރިއަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ދުވަސްތަކުގައި ކުންފުނިން އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަސްޓަމަރ ސަރވިސްގެ ކައުންޓަރު ތަކުން ވެސް މި ދުވަސްތަކުގައި ޚިދުމަތްތައް ލިބޭނެކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ފެންބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަ ދެވިފައިވާ ޕޭމަންޓް އައުޓްލެޓްތަކުން ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން ވީހާވެސް ބޮޑަށް ބޭރުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިލަށް އަރާ އަދަދު ބަލާލުމަށާއި ބިލަށް ފައިސާ ދެއްކުމަށް، އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަކީ އެކުންފުނިން އިލްތިމާސްކޮށްފައިވެއެވެ. އަދި ކުންފުނީގެ ޚިދުމަތްތަކަށް ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅެނޭކަމަށް ވެސް ބުނެފައިވެއެވެ.

މިވަގުތު ކުންފުނީގެ ޚިދުމަތްތަކާއި އެކިކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީތަކާއި މުހިންމު ލިޔެކިޔުންތައް އެ ކުންފުނީގެ އީމެއިލްmail@mwsc.com.mvފޮނުއްވައި ދެއްވުމަށް އެދޭ ކަމަށާއި އެކަމާ ގުޅޭ އިތުރު މަޢުލޫމާތު، ކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރ 105 އަށް ގުޅުމުން ލިބޭނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ފުރުސަތުގައި، އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު