Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ޓޮޓެންހަމްގެ ނިންމުން ބަދަލުކުރަން ސަޕޯޓަރުން ގޮވާލައިފި

11 އެޕްރީލު 2020 | ހޮނިހިރު 06:16

ޓޮޓެންހަމުން ވަނީ 550 މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކޮށް، ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އެޕްރީލު 2020 | ހޮނިހިރު 06:16
ޓޮޓެންހަމް ހޮޓްސްޕާގެ ސަޕޯޓަރުން

ޓޮޓެންހަމް ހޮޓްސްޕާގެ ސަޕޯޓަރުން

ޓޮޓެންހަމް ހޮޓްސްޕާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި، ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލަން ނިންމި ނިންމުން ބަދަލުކުރުމަށް އެ ކްލަބުގެ ސަޕޯޓަރުން ގޮވާލައިފި އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓޮޓެންހަމުން ވަނީ އެ ކްލަބުގެ 550 މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި މުސާރަ ކުޑަކުރަން އެއްބަސްނުވާ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

ޓޮޓެންހަމްގެ މި ނިންމުމަށް އެޓީމުގެ ސަޕޯޓަރުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ވީ އެންމެ އަވަހަކަށް މި ނިންމުން ބަދަލުކުރުމަށް، ޓޮޓެންހަމްގެ ވެރިންނަށް އެޓީމުގެ ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑާއި، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ.

މުވައްޒަފުން ނޯޕޭއަށް ފޮނުވުމަށް ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން އެންމެ ފުރަތަމަ ނިންމި ނަމަވެސް، ފަހުން ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމަށްފަހު އެ ނިންމުން ބަދަލުކޮށްފައެވެ. މުވައްޒަފުންނަށް ބަރާބަރަށް މުސާރަދޭނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ލިވަޕޫލްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފަނޮވާލަމުން އަންނައިރު، ޕްރިމިއާ ލީގު ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވަނީ ސައުތެމްޓާނާއި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް