Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ކުށް ގަބޫލުކޮށް މޮރީނިއޯ މާފަށް އެދިއްޖެ

9 އެޕްރީލު 2020 | ބުރާސްފަތި 02:56

މޮރީނިއޯގެ އިތުރުން ޓޮޓެންހަމްގެ ބައެއް ކުޅުންތެރިންގެ ފަރާތުން ގަވާއިދުތަކާ ޙިލާފު އަމަލުތައް ވަނީ ފެނިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އެޕްރީލު 2020 | ބުރާސްފަތި 02:56
ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމުލުކުރެވުމުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ މާފަށް އެދިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ވަނީ ލޮކްޑައުން ކޮށްފައެވެ. އެ ގައުމުން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ކާބޯތަކެތި ގަތުމަށާއި ސިއްހީ ކަންކަމުގައި ބޭރަށް ދެވެނީ ދުވާލަކު އެއްފަހަރު އެވެ. އަދި ކަސްރަތު ކޮށްލުމަށް ބޭރަށް ދާއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުގެ ދަށުން ގައިގޯޅިވުންވެސް ވަނީ މަނާކޮށްފައެވެ.

އެކަމަކު ޓޮޓެންހަމްގެ ކުޅުންތެރިން ކަސްރަތުކުރުމަށް ނުކުމެ އުޅޭއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކާ ޚިލާފަށް ގައިގޯޅުވެ އުޅެމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި މިޑްފީލްޑަރު ޓަންގުއީ އެންޑޮމްބެލޭ އަދި ހޭޑްލީ ކޮމޮން އެކުގައި ބޭރުގައި ކަސްރަތު ކުރަން އުޅުނުއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެއާއެކު ބުދަ ދުވަހުގެ ވަގުތެއްގައި ޓޮޓެންހަމުން ވަނީ ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކަށް ބޯލެނބުމަށް އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިލްތިމާސްކޮށްފައެވެ.

މޮރީނިއޯ ބުނީ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމަލުކުރެވުނު ކަމަށާއި، އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ކަނޑައަޅާފައިވާ ގަވާއިދުތަކަށް އެންމެހާ ކުޅުންތެރިންވެސް ބޯލެނބުމަށް މޮރީނިއޯ ވަނީ އެދިފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މީގެ ކުރިން ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބޭއްވުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ވަނީ ނިންމާފައިވާއިރު، ހޯމް-އައިސޮލޭޝަންގެ ގަވައިދާ ޚިލާފުވުމުން ޗެލްސީން ވަނީ އެޓީމުގެ މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައެވެ.

އިންގްލެންޑުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
18 މާރިޗު 2017

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް