Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކޮވިޑް-19 ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި

9 އެޕްރީލު 2020 | ބުރާސްފަތި 02:24

ސިޔާސީ ޕާޓީތަކުން ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 އެޕްރީލު 2020 | ބުރާސްފަތި 02:24
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެނޯމް

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެނޯމް

ކޮވިޑް-19 ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެެނޯމް ގެބްރިއޭސަސް ވިދާޅުވެއްޖެއެވެ.

ސްވިޓްޒަލޭންޑުގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޓެޑްރޯސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކޮވިޑް-19 ސިޔާސީ ހަތިޔާރަކަށް ބޭނުންކުރާނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. ރައްޔިތުންނާއި ޤައުމަށް އެހީތެރިވުމަށް އެދޭނަމަ ސިޔާސީ ޕާޓީތަކުން ވެސް ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓެޑްރޯސް ގޮވާލެއްވިއެވެ.

މީގެ އިތުރުން ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19ގެ މަސައްކަތުގައި ޙަރަކާތްތެރިވާތީ މަރުގެ އިންޒާރު ލިބިފައިވާ ކަމަށެވެ. އަދި ކަޅު ނަޞްލުގެ މީހަކަށްވާތީ ތަފާތުކުރުންތައް ގެންގުޅޭކަމަށް ވެސް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ޓެޑްރޯސް ގޮވާލެއްވީ ޗައިނާއާ ޑަބްލިއުއެޗްއޯގެ ގުޅުމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ސުވާލު އުފައްދަވާ ފާޑު ވިދާޅުވުމާ ގުޅިގެންނެވެ. ޑަބްލިއުއެޗްއޯއިން ސަމާލުކަން ދީފައިވަނީ ހަމައެކަނި ޗައިނާއަށްކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވާފައެވެ. އެގޮތުން ޓްރަމްޕް ވަނީ ކޮވިޑް-19 އާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހުނު ވަގުތު އެކަން ކުރުމަށް ޑަބްލިއުއެޗްއޯއަށް ނުކުޅެދުނުކަމަށް ވިދާޅުވެ، އެމެރިކާއިން އެ ޖަމްޢިއްޔާއަށް ދެމުންގެންދިޔަ ފަންޑުވެސް ހުއްޓާލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، އެމެރިކާއަކީ ޖެނީވާގައި ޤާއިމު ކުރެވިފައިވާ ޞިއްޙަތު ޖަމްޢިއްޔާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ޤައުމެވެ. އޭގެ އިތުރުން، އދ އިން މީގެ ކުރިން ބެއިޖިންއާއި ގުޅިގެން މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރައްވައި އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ފިޔަވަޅުތައް އަޅާފައިވަނީ ހަމައެކަނި ޗައިނާއަށް ސަމާލުކަންދީގެން ކަމަށެވެ.

ނަމަވެސް ޑަބްލިއުއެޗްއޯއިން ޓްރަމްޕްގެ މި ވާހަކަފުޅުތައް ދޮގުކުރެއެވެ. އެގޮތުން ބުދަ ދުވަހު ޑަބްލިޔުއެޗްއޯއިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ހާންސް ކްލޫގް ވަނީ ޓްރަމްޕްގެ އެ ނިންމެވުމަކީ މިވަގުތަށް ރަނގަޅު ނިންމެވުމެއް ނޫންކަން ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް