Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަވަހާރަކޮށްލި އޮފިސަރު 45 އަހަރު ފަހުން ހައްޔަރަށް

8 އެޕްރީލު 2020 | ބުދަ 02:41

އިތުރު 12 މީހަކު ހިމެނޭ

އަލީ ސަމާޚް
އަލީ ސަމާޚް | 8 އެޕްރީލު 2020 | ބުދަ 02:41
މަޖީދް ހައްޔަރުކޮށްގެން ކޯޓަށް ގެންދަނީ

މަޖީދް ހައްޔަރުކޮށްގެން ކޯޓަށް ގެންދަނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝޭހް މުޖީބް ރަހުމާން އަވަހާރަކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް އިއުތިރާފްވެފައިވާ އަބްދުލް މަޖީދް، 20 އަހަރަށް ވުރެ ގިނަ އަހަރު ވަންދެން ފިލައިގެން އުޅެނިކޮށް އަތުލައިގަނެފިއެވެ.

ބަންގްލަދޭޝް އަށް މިނިވަންކަން ހޯދައިދިނުމަށް އިސްކޮށް އުޅުނު މުޖީބް އަވަހަރާ ކޮށްލާފައިވަނީ 1975 އަހަރުގައެވެ. އެމަނިކުފާނު އަވަހާރަ ކޮށްލުމުގައި ބައިވެރިވި އެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ މަޖީދް، 45 އަހަރު ފަހުން އަތުލައިގަނެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ޑާކާގެ ފުލުހުންގެ ކައުންޓަ ޓެރަރިޒަމް އެންޑް ޓްރާންސްނޭޝަނަލް ކްރައިމް (ސީޓީސީސީ) ޔުނިޓުންނެވެ.

ސީޓީސީސީ ބުނީ، އޭނާ ހައްޔަރު ކޮށްފައިވަނީ ޑާކާގެ ގަބްޓޮލީ ގައި އޮޓޯ އެއްގައި ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

ޑާކާގެ ކޯޓަށް މަޖީދު ހާޒިރުކުރުމަށް ފަހު އޭނާ ޑާކާ ސެންޓްރަލް ޖަލަށް ވަނީ ގެންގޮސްފައެވެ. މުޖީބް އަވަހާރަކޮށްލުމުގައި ބައިވެރިވި އިތުރު 12 މީހަކު ހިމެނޭ ގޮތަށް މަރަން ހުކުމް ކޮށްފައިވަނިކޮށް މަޖީދު ވަނީ ފިލައިގެން ލީބިޔާ އަށް ގޮސްފައެވެ. އެއަށް ފަހު ޕާކިސްތާނުގައި އުޅުމަށް ފަހު ދާދި ފަހަކުން ޖެހެންދެން އޭނާ އުޅެމުން އައީ އިންޑިއާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ކައުންޓަ ޓެރަރިޒަމްގެ އޮފިޝަލަކު ވިދާޅުވީ، މަޖީދު ބަންގްލަދޭޝް އަށް އެތެރެވެފައިވަނީ މާޗް މަހުގެ 26 ގައި ކަމަށެވެ. މަޖީދު ހައްޔަރު ކުރެވުމާއި އެކު ސަރުކާރުން ދަނީ އޭނާގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ

03 އޮކްޓޯބަރު 2017
ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ
02 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެމެރިކާ އާއި ބަންގްލަދޭޝްގެ އޮފިޝަލުން މަޝްވަރާ ކުރަނީ

02 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެމެރިކާ އާއި ބަންގްލަދޭޝްގެ އޮފިޝަލުން މަޝްވަރާ ކުރަނީ
22 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު
12 ސެޕްޓެމްބަރު 2017

މިޔަންމާގެ މުސްލިމުން ގައުމަށް ގެންގޮސް އެބައިމީހުންނާ މެދު ހެޔޮކޮށް ކަންކަން ކުރަން ޖެހޭ: ބަންގްލަދޭޝްގެ ބޮޑު ވަޒީރު

12 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުން ގައުމަށް ގެންގޮސް އެބައިމީހުންނާ މެދު ހެޔޮކޮށް ކަންކަން ކުރަން ޖެހޭ: ބަންގްލަދޭޝްގެ ބޮޑު ވަޒީރު
04 ސެޕްޓެމްބަރު 2017

ބުއްޓޫ އަވަހާރަކޮށްލި މައްސަލަ: ދައުވާއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ

04 ސެޕްޓެމްބަރު 2017
ބުއްޓޫ އަވަހާރަކޮށްލި މައްސަލަ: ދައުވާއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ
18 އޯގަސްޓު 2017

އެމެރިކާގެ މަނަރު އެކްސިޑެންޓް: އޮފިސަރުންނަށް ފިޔަވަޅު އަޅައިފި

18 އޯގަސްޓު 2017
އެމެރިކާގެ މަނަރު އެކްސިޑެންޓް: އޮފިސަރުންނަށް ފިޔަވަޅު އަޅައިފި
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
18 ޖޫން 2017

ތާލިބާނުން ހަމަލާދީ އަފްޣާންގެ 5 ފުލުސް އޮފިސަރުން މަރާލައިފި

18 ޖޫން 2017
ތާލިބާނުން ހަމަލާދީ އަފްޣާންގެ 5 ފުލުސް އޮފިސަރުން މަރާލައިފި
13 އެޕްރީލު 2017

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި

13 އެޕްރީލު 2017
ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް