Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝެއިޚް ހަސީނަ

ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު

މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށްހިޖުރަކޮށްފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 ސެޕްޓެމްބަރު 2017 | ހުކުރު 10:31
ޝެއިޚް ހަސީނާ ރޮހިންޖާ މުސްލިމު ކުއްޖެއްގެ ހާލު ބައްލަވަނީ

ޝެއިޚް ހަސީނާ ރޮހިންޖާ މުސްލިމު ކުއްޖެއްގެ ހާލު ބައްލަވަނީ

ރޮހިންޖާ މުސްލިމުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ގޮވާލެއްވީ އދ. ގެ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ތަގުރީރު ކުރައްވަމުންނެވެ. ޝެއިޚް ހަސީނާ ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުން އެބައި މީހުންގެ އުފަން ގައުމަށް ރައްކާތެރިކަމާއި އަދި ޝަރަފުވެރިކަމާ އެކު އަނބުރާ ދެވެން ވާނެ ކަމަށެވެ.

ޝެއިޚް ހަސީނާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ބަންގްލަދޭޝް އާއި މިޔަންމާ ގުޅޭ ބޯޑަރުގައި މިޔަންމާ އިން ލޭންޑް މައިން ވަޅުލަމުންދާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މިހެން މިކަން މިޔަންމާ އިން ކުރަމުން ދަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށްދާ ފަރާތްތަކަށް އެނބުރި މިޔަންމާއަށް ނާދެވޭ ގޮތް ހެދުމަށް ކަމަށެވެ. ޝެއިޚް ހަސީނާ ވަނީ މިޔަންމާގެ މައްސަލައަށް ވަގުތުން ހައްލު ހޯދައިދިނުމަށް އދ. އަށް ވެސް ގޮވާލައްވާފައެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ
06 ސެޕްޓެމްބަރު 2017

މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!

06 ސެޕްޓެމްބަރު 2017
މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް
06 ސެޕްޓެމްބަރު 2017

ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!

06 ސެޕްޓެމްބަރު 2017
ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު