Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެމެރިކާ އާއި ބަންގްލަދޭޝްގެ އޮފިޝަލުން މަޝްވަރާ ކުރަނީ

މައިގަނޑު އަމާޒަކީ ރޮހިންޖާ މައްސަަލަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 އޮކްޓޯބަރު 2017 | ހޯމަ 08:01
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ދާންޖެހިފައި

އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ދާންޖެހިފައި

އެމެެރިކާ އާއި ބަންގްލަދޭޝްގެ އޮފިޝަލުން، ރޮހިންޖާ މުސްލިމުންގެ މައްސަލަ ހިމެނޭ ގޮތުން އެމެރިކާގެ ވޮޝިންޓަންގައި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

އޮކްޓޯބަރު 3 ގައި ބާއްވާ މިބައްދަލު ކުރެއްވުމުގައި ޑެޕިއުޓީ ޔޫއެސް އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕޮލިޓިކަލް-މިލިޓަރީ އެފެއާޒް މައިކަލް މިލާ އާއި ބަންގްލަދޭޝް ޑައިރެކްޓާ ޖެނެރަލް ފޯ ދަ އެމެރިކާސް އެޓް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާބިދާ އިސްލާމް ބައިވެރިވެވަޑައިގަންނަވާނެއެވެ. ބައްދަލުވުން ޗެއާ ކުރައްވާނީ މި ދެބޭފެޅުންނެވެ. އެމެރިކާ އިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު މާސިޔާ ބާރނިކެޓް ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދާދިފަހުން ބުނެފައި ވަނީ މިޔަންމާގެ ރަކައިން ސްޓޭޓް ދޫކޮށްދާ ރޮހިންޖާ މުސްލިމުންނަށް 32 މިލިއަން ޑޮލަރު ދޭން ނިންމައިފައިވާ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު