Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ފީފާއިން ފުޓްބޯޅަ އާއިލާއަށް ހަދިޔާއެއް ދީފި

6 އެޕްރީލު 2020 | ހޯމަ 07:20

ފުޓުބޯޅަ ލީގުތައް ވަނީ ހުއްޓުމަކަށް އައިސްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 6 އެޕްރީލު 2020 | ހޯމަ 07:20
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓިފައިވާ މިދަނޑިވަޅު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފުޓްބޯޅަ އާއިލާއަށް ހަދިޔާއެއްދީފިއެވެ.

ފީފާއިން ބުނީ ފީފާގެ ޔޫޓިއުބް ޗެނަލް، ފީފާ ޓީވީ މެދުވެރިކޮށް ކުރީގެ ފީފާ ވޯލްޑް ކަޕް މެޗުތަކާއި ތާރީޚީ މެޗުތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް މެޗެއް ލަމުން ގެންދާނެ ކަމަށެވެ.

ފީފާއިން ބުނީ އެ އިދާރާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ތާރީޚީ މެޗުތައް ދެއްކުމަށް ނިންމީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުން އަންނަ ދުވަސްވަރަކަށް ވުމާއެކު، ގިނަ މީހުން ގޭގައި ވަގުތު ހޭދަކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. ފީފާއިން އިތުރަށް ބުނީ ކޮންމެ މެޗެއްގެ ހާފްޓައިމްގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔެއް ނުވަތަ ކޯޗެއް ނުވަތަ އެއިދާރާގެ އެންމެ މަތީ ފަންތީގެ ފަރާތެއް ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދެމުން ގެންދާނެ ކަމަށެވެ.

ފީފާއިން ވަނީ މީގެ ކުރިން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ވީޑިއޯއެއް ނެރެފައެވެ. އަދި ފީފާއިން ވަނީ ޑަބްލިއުއެޗްއޯ އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މިހާތަނަށް މިވައިރަހުގެ ސަބަބުން ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ކްލަބުތަކުގެ އޮފިޝަލުން ވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ޔޫރަޕްގެ ބޮޑު ފަސް ލީގު ފަސްކޮށްފައިވާއިރު، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ވަނީ ފަސްކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް