Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާތޭ ބްރޭންޑް

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:48

އިންޑިއާގެ މަގުބޫލު "މާތޭ" ބްރޭންޑުގެ ކުޑަކުދިންގެ އުފެއްދުންތައް ރާއްޖޭގެ އެކި ސިޓީތަކާއި ރަށްރަށުގެ ފިހާރަތަކުން މިހާރު ލިބޭނެ އިންތިޒާމު ބޭބީ ބަންޗް ޕްރައިވެޓް ލިމިޓެޑުން ހަމަޖައްސައިފި. ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޕްރީމިއަމް އުފެއްދުންތައް ކުރިއަށް އޮތް ތަނުގައި އިތުރު ރަށްތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ކުންފުނިން ބުނޭ

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:48
މާތޭގެ އުފެއްދުންތައް

މާތޭގެ އުފެއްދުންތައް | މާތޭ

އައްޑޫ ސިޓީގެ "ނިއު ސީޒަން" އިން ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

2025 ވަނަ އަހަރު އިންޑިއާގައި މަންމަ އާއި ދަރިފުޅަށް ހާއްސަ އެންމެ މަގުބޫލު ބްރޭންޑުތަކުގެ ތެރޭގައި ހިމެނުނު މާތޭގެ އުފެއްދުންތައް މިހާރު މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް، ފަހި ގްރޭންޑް އަދި ވިލާ މާޓްގެ އިތުރުން ރާއްޖޭގެ އެކި ސިޓީތަކާއި ރަށްރަށުގެ ބައެއް ފިހާރަތަކުން ލިބެން ހުންނާނެ އެވެ.

މާތޭގެ އުފެއްދުންތައް މިހާރު ލިބެން ހުރި ރަށްތަކުގެ ތެރޭގައި ގދ. ތިނަދޫ ސިޓީގެ "މައިނަސް"، ކުޅުދުއްފުށި ސިޓީގެ "ސިންޒިއާ"، ކ. ހުރާގެ "ބީޗް ސްޓޯ"، ކ. ހިންމަފުށީގެ "މޮސްކޯ"، ތ. ވޭމަންޑޫގެ "ވޭޔޯ އެލަން"، ތ. ވިލުފުށީގެ "ޓައިމް ޒޫމް"، ލ. ގަމުގެ "ކްރައުން އެޕެކްސް"، ށ. ފުނަދޫގެ "ހެއްވާލި ކަނެކްޓް"، އއ. ތޮއްޑޫގެ "އަލްވިދާ ޕްރޯ" އަދި އައްޑޫ ސިޓީ ހިތަދޫގެ "ނިއު ސީޒަން" ހިމެނެ އެވެ.

ކައިރި މުސްތަގުބަލެއްގައި ފުވައްމުލައް ސިޓީގެ އިތުރުން ޅ، ނ، ހއ، އދ، ލ އަދި ގއ. އަތޮޅުގެ ބައެއް ރަށްތަކުން ވެސް މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރާއްޖޭގައި މާތޭ ބްރޭންޑުގެ އުފެއްދުންތައް ހޯލްސޭލްކޮށް ފޯރުކޮށްދޭ ބޭބީ ބަންޗް ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދެ އެވެ.

އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސުރޭޝް ރައިނާ އާއި އޭނާގެ އަންހެނުން ޕްރިޔަންކާ ޗައުދަރީ ރައިނާ 2019 ވަނަ އަހަރު އުފެއްދި މާތޭ ބްރޭންޑަކީ މިހާރު އުތުރު އެމެރިކާ، ޔޫރަޕް، ދެކުނު އެމެރިކާ، ކެރީބިއަން އަދި އޭޝިއާގެ ގައުމުތަކުގައި ވެސް ފުޅާވަމުން އަންނަ ބްރޭންޑެކެވެ.

މާތޭގެ އުފެއްދުންތަކަކީ ތުއްތު ކުދިންގެ ނާޒުކު ހަމަށް ގެއްލުންދޭނެ ކެމިކަލްތަކުން އެއްކިބާވެފައިވާ، ގުދުރަތީ އަދި އާޔުރަވެދާ ފޯމިއުލާތަކަށް ތައްޔާރުކޮށްފައިވާ "ވީގަން" އުފެއްދުންތަކެކެވެ. މި ބްރޭންޑަކީ ތުއްތު ކުދިންނާއި ކުޑަކުދިންގެ ހަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕްރީމިއަމް ފެންވަރުގެ އުފެއްދުންތަކެކެވެ.

މާތޭގެ އުފެއްދުންތަކުގެ ތެރޭގައި ބޭބީ ޝޭމްޕޫ، ކިޑްސް ފޭސް ވޮޝް، ކިޑްސް ކޮންޑިޝަނަރ، ބޭބީ ހެއަރ އޮއިލް، ބޭބީ މަސާޖް އޮއިލް، ބޭބީ ބޮޑީ ވޮޝް، ބޭބީ ލޯޝަން، ބޭބީ ބޮޑީ ބަޓަރ، ބޭބީ ޕައުޑަރ އަދި ގިފްޓް ބޮކްސްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ގިނަ ބާވަތްތަކެއް ހިމެނެ އެވެ. އަދި އަންނަ އޮކްޓޯބަރު މަހުން ފެށިގެން އިތުރު އައު އުފެއްދުންތައް ވެސް ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޯލްސޭލްކޮށް މުދާ ފޯރުކޮށްދިނުމުގެ އިތުރުން، މާތޭ މޯލްޑިވްސްގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް ނުވަތަ 7799494 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް އޮންލައިންކޮށް ވެސް މާތޭގެ އުފެއްދުންތަކަށް އޯޑަރު ދެވޭނެ އެވެ. އަދި ހޯލްސޭލް ޑެލިވަރީގެ އިތުރުން ގޭގެއަށް މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން ދެމުންގެންދެ އެވެ.

މާތޭ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ތިނަދޫ ސިޓީގައި މާތޭ ބްރޭންޑުގެ ޕްރޮޑަކްޓްސް މައިނަސް ފިހާރައިން ރީޓެއިލްކުރަން ފަށައިފި!

02 ސެޕްޓެމްބަރު 2026
ތިނަދޫ ސިޓީގައި މާތޭ ބްރޭންޑުގެ ޕްރޮޑަކްޓްސް މައިނަސް ފިހާރައިން ރީޓެއިލްކުރަން ފަށައިފި!
27 އޯގަސްޓު 2026

މާތޭ ބްރޭންޑްގެ ކުޅުދުއްފުށި ސިޓީ ރީޓެއިލަރަކަށް ސިންޒިއާ ފިހާރަ

27 އޯގަސްޓު 2026
މާތޭ ބްރޭންޑްގެ ކުޅުދުއްފުށި ސިޓީ ރީޓެއިލަރަކަށް ސިންޒިއާ ފިހާރަ
17 އޯގަސްޓު 2026

މާތޭ ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކި ރަށްރަށަށް!

17 އޯގަސްޓު 2026
މާތޭ ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކި ރަށްރަށަށް!
02 އޯގަސްޓު 2026

މަންމަ އާއި ތުއްތު ކުދިންނަށް ޚާއްސަ ކެއަރ ބްރޭންޑު "މާތޭ" ރާއްޖޭގައި ލޯންޗްކޮށްފި

02 އޯގަސްޓު 2026
މަންމަ އާއި ތުއްތު ކުދިންނަށް ޚާއްސަ ކެއަރ ބްރޭންޑު "މާތޭ" ރާއްޖޭގައި ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް