Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ފުޓްބޯޅަ ސީޒަން ކެންސަލް ނުކޮށް، ޖުލައި މަހު މެޗުތައް ފަށަން ޔުއެފާއިން މަސައްކަތް ކުރަނީ

3 އެޕްރީލު 2020 | ހުކުރު 14:12

ބެލްޖިއަމް ޕްރޯ ލީގު ކެންސަލް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އެޕްރީލު 2020 | ހުކުރު 14:12
ޔުއެފާ ރައީސް އަލެކްސަންޑަ ސެފެރިން

ޔުއެފާ ރައީސް އަލެކްސަންޑަ ސެފެރިން

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ ފުޓްބޯޅަ ލީގުތަކުގެ މެޗުތައް ޖުލައި މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗް ލީގެވެ. އަދި ޔުއެފާ އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގުވެސް ފަސްކޮށްފައެވެ. އަދި ކުރިއަށް އޮތް ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގު މެދުކަނޑާލި ނަމަވެސް، ބެލަރޫސްގައި ލީގުގެ ކުޅުން ކުރިއަށްދެއެވެ. ބެލަރޫސިއަން ޕްރިމިއާ ލީގަކީ މިހާތު ޔޫރަޕްގައި ކުރިއަށްދާ ހަމައެކަނި ފުޓްބޯޅަ ލީގެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުއެފާ އިން ވަނީ އެ އިދާރާގެ ލަފާ ނުހޯދައި އެއްވެސް ލީގެއް ކެންސަލް ނުކުރަން މެމްބަރު 55 ގައުމަށް އަންގާފައެވެ. އެކަމަކު ޔުއެފާގެ ބަހެއް ނުހޯދައި ބެލްޖިއަމް ޕްރޯ ލީގު ކެންސަލް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާއިން މެމްބަރު ގައުމުތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިވަގުތު ހުރިހާ ގައުމަކުންވެސް ފުޓްބޯޅަ ސަލާމަތްކުރުމަށް އެކީ މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެހެންކަމުން މެދުކަނޑާލާފައިވާ ލީގުތައް ކެންސަލް ނުކުރަން އެދޭ ކަމަށެވެ. އަދި ޖޫން މަހުގެ ނިޔަލަށް އާންމުކޮށް ނިމޭ ފުޓްބޯޅަ ސީޒަން، މިއަހަރުގެ ޖުލައި މަހުން ފެށިގެން ނަމަވެސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކޮށްދިނުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަށް އަލުން ފަށަން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުގޮސްފިނަމަ ފުޓްބޯޅަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށް ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް