Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޮވިޑް-19

ކޮވިޑް-19: އެމްއައިބީން ނަގާފައިވާ ލޯނުތަކަށް ލުއިދޭ އުސޫލުތަކަށް އެދޭނެ ގޮތް ހާމަކޮށްފި

އިސްލާމިކް ބޭންކުގެ ވިޔަފާރިއާއި ގުޅޭ އެކި އެކި ފައިނޭންސިންގ ފެސިލިޓީސްތައް ނަގާފައިވާ ކަސްޓަމަރުން، ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށް ފަހު އީމެއިލްކުރުމަށް ވަނީ އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އެޕްރީލު 2020 | ބުދަ 06:07
އިސްލާމިކް ބޭންކް

އިސްލާމިކް ބޭންކް

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ން ސަރުކާރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާންކޮށްފައިވާ ސަޕޯރޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމަރުންނަށް އެކަށައަޅާފައިވާ އުޞޫލުތައް ހާމަކޮށްފި އެވެ.

އެކަމާއި ގުޅިގެން އެމްއައިބީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބިޒްނަސް އަދި ކޯޕަރޭޓް ކަސްޓަމަރުން އިސްލާމިކް ބޭންކުގެ ވިޔަފާރިއާއި ގުޅޭ އެކި އެކި ފައިނޭންސިންގ ފެސިލިޓީސްތައް ނަގާފައިވާ ކަސްޓަމަރުން، ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށް ފަހު covidsupport@mib.com.mv އަށް މެއިލް ކުރުމަށެވެ. އެޕްލިކޭޝަން ފޯރމް ލިބުމުން، ބޭންކުގެ ބިޒްނަސް ޓީމުން އެފަރާތަކާއިއެކު މަޝްވަރާކޮށް އަދި އިންޓަރނަލް އެސަސްމަންޓެއް ހެދުމަށް ފަހު އެންމެ އެކަށޭނަ ލުއި ގޮތްތަކެއް ކޮންމެ ފަރާތަކަށްވެސް ވަކިވަކިން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.

އަދި ކޮވިޑް ސަޕޯރޓް އެޕްލިކޭޝަން ފޯރމް އެބޭންކުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ. ރީޓެއިލް އަދި ކޮންޒިއުމަރ ކަސްޓަމަރުން އިސްލާމިކް ބޭންކް އިން ރީޓެއިލް އަދި ކޮންޒިއުމަރ ފައިނޭންސިންގ ފެސިލިޓީސްތައް ނަގާފައިވާ ކަސްޓަމަރުން، ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު covidsupport@mib.com.mv އަށް އީމެއިލްކުރުމަށް އެމްއައިބީން އެދެއެވެ. އެޕްލިކޭޝަން ފޯރމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމައަށް ލިބުމުން ކޮންމެ އެޕްލިކޭޝަނެއް ވަކިވަކިން އިވޭލުވޭޓުކޮށް ކުރިއަށް ދާންވީގޮތް އަންގަމުން ގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.

ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމްވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށާއި އެޕްލިކޭޝަން ފޯރމްގެ ލިންކް mib.shor.tn/covidsupportform އިން އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ customercare@mib.com.mv އަށް މެއިލް ކުރުމަށް އެމްއައިބީން ވަނީ އެދިފައެވެ.

މިދަނޑިވަޅުގައި ބޭރަށް ނިކުމެއުޅުން ވީހާވެސް މަދުކުރުމަށް ސަރުކާރުން އަންގާފައިވާތީ ގޭގައި ތިބެގެން ހިދުމަތް ހޯދަން ބާރުއެޅުމުގެ ގޮތުން އެ ބޭންކުން ނިންމި ނިންމުމެއްކަމަށް އެބޭންކުން ބުނެއެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

އެމްއައިބީން ރާއްޖެ އަށް މުޅިން އަލަށް، ކޭޝްކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އަނގޮޓި އެއް ތައާރަފްކޮށްފި

02 ނޮވެމްބަރު 2024
އެމްއައިބީން ރާއްޖެ އަށް މުޅިން އަލަށް، ކޭޝްކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އަނގޮޓި އެއް ތައާރަފްކޮށްފި
17 އެޕްރީލު 2021

ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިގްތިސާދަށް 18.3 އިންސައްތައިގެ ކުރިއެރުމެއް

17 އެޕްރީލު 2021
ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިގްތިސާދަށް 18.3 އިންސައްތައިގެ ކުރިއެރުމެއް
07 އެޕްރީލު 2021

ބޭނުން ނުކުރާ އެކައުންޓްތައް އަލުން ބޭނުން ކުރުމަށް އެމްއައިބީން 60 ދުވަހުގެ މުއްދަތެއް

07 އެޕްރީލު 2021
ބޭނުން ނުކުރާ އެކައުންޓްތައް އަލުން ބޭނުން ކުރުމަށް އެމްއައިބީން 60 ދުވަހުގެ މުއްދަތެއް
21 ޑިސެމްބަރު 2020

އެސްޑީއެފްސީގެ ލޯނުތަކަށް އެދި ހުށަހެޅުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި

21 ޑިސެމްބަރު 2020
އެސްޑީއެފްސީގެ ލޯނުތަކަށް އެދި ހުށަހެޅުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި
29 މާރިޗު 2020

ލޯނުތަކަށް ފައިސާ ދައްކަން ފަސްކޮށްދޭ މުއްދަތުގައި އިތުރު އިންޓްރެސްޓެއް ނުނަގާނެ: ބީއެމްއެލް

29 މާރިޗު 2020
ލޯނުތަކަށް ފައިސާ ދައްކަން ފަސްކޮށްދޭ މުއްދަތުގައި އިތުރު އިންޓްރެސްޓެއް ނުނަގާނެ: ބީއެމްއެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު