Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިބީގެ އާ ޕްރޮޑަކްޓްސް

އެމްއައިބީން ރާއްޖެ އަށް މުޅިން އަލަށް، ކޭޝްކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އަނގޮޓި އެއް ތައާރަފްކޮށްފި

އެމްއައިބީގެ އާ ޕްރޮޑަކްޓްތައް ލޯންޗްކޮށްފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ނޮވެމްބަރު 2024 | ހޮނިހިރު 02:48
"ފައިސާ ވެއަރ" ރިންގް

"ފައިސާ ވެއަރ" ރިންގް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ ޕްރޮޑަކްޓް ތަކެއް ލޯންޗުކޮށްފިއެވެ.

ހުކުރު ދުވަހު އެ ޕްރޮޑަކްޓްތައް ލޯންޗްކޮށްފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ. ޖުމްލަ 3 ޕްރޮޑަކްޓް ލޯންޗްކޮށްފައިވެއެވެ.

އެމްއައިބީން ތައާރަފްކުރި ޕްރޮޑަކްޓް ތަކުގެ ތެރޭގައި ރާއްޖެ އަށް މުޅިން އަލަށް، ކޭޝްކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އަނގޮޓި އެއް ވަނީ ތައާރަފްކޮށްފައެވެ. ފައިސާ ވެއަރގެނަމުގައި ތައާރަފްކުރި މި ރިންގަކީ ވޯޓަރ ޕްރޫފް ރިންގެކެވެ. އެ ރިންގް މެދުވެރިކޮށް އޭޓީއެމް ބޭނުންކުރުން ނޫން ކާޑުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. އެ ރިންގްގެ ހަތަރު ޑިޒައިނެއް ވަނީ ތައާރަފްކޮށްފައެވެ. ހޯމަ ދުވަހުން ފެށިގެން އެމްއައިބީގެ މާލޭގެ ބިޒްނަސް ސެންޓަރ އިން އެ ޕްރޮޑަކްޓް ލިބޭނެއެވެ.

ދެ ވަނަ ޕްރޮޑަކްޓަކީ ކުޑަކުދިންނަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ، ބިންގާ ސޭވިންގ އެކައުންޓް ހިމެނެއެވެ. ބިންގާ ސޭވިންގ އެކައުންޓްގައި 3 ވައްތަރެއްގެ އެކައުންޓް ހިމެނެއެވެ. އެއީ ބިންގާ ޓްރާންސެކްޝަން، ބިންގާ ސޭވިންގ އަދި ބިންގާ އިންވެސްޓްމެންޓެވެ. ބިންގާ ޓްރާންސެކްޝަން އެކައުންޓުގައި 7 އަހަރުވީމަ ކާޑެއް ކުއްޖާ އަށް ލިބޭނެ ކަމަށާއި އިންޓަރނެޓް ބޭންކިން ވެސް ލިބޭނެ ކަމަށް އެމްއައިބީ އިން ބުނެއެވެ. އެ ޚިދުމަތް ލިބޭނީ ބެލެނިވެރިއެއްގެ ބެލުމުގެ ދަށުންނެވެ. ބިންގާ ސޭވިންގ އަކީ ކުރު މުއްދަތަކަށް ބޭނުންކުރެވޭ ސޭވިން އެކައުންޓެކެވެ. ބިންގާ އިންވެސްޓްމެންޓް އެކުލަވާލާފައި ވަނީ ދިގު މުއްދަތުގެ ސޭވިންގއަށެވެ.

ދެން ލޯންްޗްކޮށްފައި ވަނީ ފައިސާ މޯބައިލް އެކްސްއެވެ. މިއީ ފައިސާނެޓުން ކުރެވޭ ހުރިހާ ކަމެއް ލިބޭ ގޮތަށް އެކުލަވާލާފައިވާ މޮބައިލް އަޕްގްރޭޑްއެކެވެ. ހުކުރު ދުވަހުގެ އިވެންޓަށް ވަރަށް ހޫނު ތަރުޚީބެއް ވަނީ ލިބިފައެވެ. ކުލަގަދަކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހަވާވެސް ވަނީ އަރުވާފައެވެ. މީގެ އިތުރުން ހުކުރު ދުވަހު ހަވީރު ސެންޓްރަލް ޕާކުގައި އެމްއައިބީން ވަނީ ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މި ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިންނަށް ކަމުދާނެ ފަދަ ހިތްގައިމު އެކި ގޭމު ސްޓޯލުތައް ވަނީ ބަހައްޓާފައެވެ.

ރާއްޖޭގެ ބެންކިންގ ދާއިރާގައި ތަފާތު ގިނަ ޕްރޮޑަކްޓްތައް ލޯންޗްކޮށްފައިވާ އެމްއައިބީއަކީ ގިނަބައެއްގެ މެދުގައި މަޤްބޫލް ބެންކެކެވެ. އެގޮތުން އެމްއައިބީގެ "އުޖާލާ ފައިނޭންސިން" އަދި ވިސާ އެކްސްޕެންސް ބިޒްނަސް ކާޑު ފަދަ ޕްރޮޑަކްޓުތަކަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.

އެމްއައިބީ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2023

ޒަކާތު ފަންޑު، އަވްޤާފް ފަންޑު އަދި ޙައްޖު ފަންޑު ތަރައްޤީ ކުރުމަށް އިސްލާމީ ވުޒާރާއާއި އެމްއައިބީން އެއްބަސްވުމަކަށް

21 ޑިސެމްބަރު 2023
ޒަކާތު ފަންޑު، އަވްޤާފް ފަންޑު އަދި ޙައްޖު ފަންޑު ތަރައްޤީ ކުރުމަށް އިސްލާމީ ވުޒާރާއާއި އެމްއައިބީން އެއްބަސްވުމަކަށް
21 ސެޕްޓެމްބަރު 2023

"އިންޖީނު ފައިނޭންސިންގ ޕްރޮމޯޝަން" ތަޢާރަފުކުރުމަށް އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

21 ސެޕްޓެމްބަރު 2023
"އިންޖީނު ފައިނޭންސިންގ ޕްރޮމޯޝަން" ތަޢާރަފުކުރުމަށް އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
19 ޑިސެމްބަރު 2022

އެމްއައިބީގެ އާ ގޮތްޕެއް ހުޅުމާލޭގައި: "ހައްޖު ސޭވިން"ގެ ނަމުގައި އާ ޕްރޮޑަކްޓެއް

19 ޑިސެމްބަރު 2022
އެމްއައިބީގެ އާ ގޮތްޕެއް ހުޅުމާލޭގައި: "ހައްޖު ސޭވިން"ގެ ނަމުގައި އާ ޕްރޮޑަކްޓެއް
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު