Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްއެމްއީ ބޭންކް

އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް!

ހަ މަސް ދުވަހުގެ އިންޓްރެސްޓް ރޭޓަކީ %4

އަމަން ހަލީމް
އަމަން ހަލީމް | 18 މާރިޗު 2020 | ބުދަ 11:53
ރައީސް ސޯލިހު އެސްޑީއެފްސީ ހުޅުއްވައިދެއްވަނީ

ރައީސް ސޯލިހު އެސްޑީއެފްސީ ހުޅުއްވައިދެއްވަނީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުން ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރަން ނިންމައިފިއެވެ.

ލޯނާއި ލޯނުގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ އިތުރަށް، އެ މުއްދަތުގެ ތެރޭގައި ލޯނުގެ އިންޓްރެސްޓް ރޭޓަކީ %4 ކަމުގައި ވަނީ ހަމަޖައްސާފައެވެ. މި ނިންމުމަކީ ކޮވިޑް-19 އާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ނިންމި ނިންމުމެކެވެ.

އެސްޑީއެފްސީއަކީ ރާއްޖޭގައި ހަރަކާތްތެރިވާ މާލީ އިދާރާތަކުގެ ތެރެއިން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ އިދާރާއެވެ. އެސްޑީއެފްސީއަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މޭލ ސިޓީގެ 15 އިންސައްތަ (ކޮންމެ ސިޓީއަކަށް %5) ހިއްސާ ހިމެނެއެވެ.

މި ކޯޕަރޭޝަނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ އާއި ފަންނީ ލަފާދިނުމުގެ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވިގެން ދިޔަ ކުންފުންޏެކެވެ. މިހާތަނަށް އެސްޑީއެފްސީން 120 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވަނީ ގެސްޓްހައުސް ތަކަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ގިނަ އަދަދަކަށް ފައިސާ ހިމަނާފައެވެ. އެގޮތުން 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެސްޑީއެފްސީއަށް 450 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށްފި

09 ޖުލައި 2017
މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށްފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
17 ޖޫން 2017

ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ

17 ޖޫން 2017
ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު