Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޑީއެފްސީގެ ލޯނުތަކަށް މެދުކަނޑާލުން

އެސްޑީއެފްސީގެ ލޯނުތަކަށް އެދި ހުށަހެޅުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހެޅުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2020 | ހޯމަ 18:27
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ): ޚިދުމަތްތައް އަންނަ އަހަރަށް ފުރިހަމަ ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނޭ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ): ޚިދުމަތްތައް އަންނަ އަހަރަށް ފުރިހަމަ ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނޭ

މި އަހަރުގެ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރަމުންދިޔަ ލޯނުތަކަށް އެދި ހުށަހެޅުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

އެސްޑީއެފްސީން ބުނީ މި އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި، އެ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ. އަދި އަންނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެސްޑީއެފްސީން ބުނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން މި އަހަރުގެ ތެރޭ 285 ފަރާތަކަށް ޖުމްލަ 395 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށާއި، ކޮމާޝިއަލް ވިޔަފާރިތަކަށް ކަމަށާއި، މިއަދާއި ހަމައަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް ލޯނު ދޫކޮށްފައިވާ ކަމަށްވެސް ބުނެއެވެ. އެސްޑީއެފްސީން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ.

މި އަހަރުގެ ތެރޭގައި ދުނިޔެއަށް ފެތުރިގެންދިޔަ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ވެދިން އެހީތެރިކަމަށް އަލިއަޅުވާލައި އެސްޑީއެފްސީން ބުނީ ސަރުކާރުގެ އިގުތިސާދީ ރިކަވަރީ ޕެކޭޖުގެ ދަށުން "ކޮވިޑް-19 ވިޔަފާރި އެހީ" ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ލޯނެއް ތައާރަފުކުރެވި، 2173 ފަރާތަކަށް 376 މިލިޔަން ރުފިޔާގެ ލޯނުގެ އެހީ ދޫކޮށްފައިވާ ކަމަށެވެ.

މި ލޯނުގެ ސަބަބުން ވިޔަފާރިތަކަށާއި، އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގު ފަހިވެގެން ދިޔަ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި އެސްޑީއެފްސީގެ އަމާޒަކީ ކޯޕަރޭޝަނުން ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޯއެއަރ އިން ރާއްޖެއަށް ކުރާ ދަތުރުތައް ޖުލައި މަހު ވަގުތީ ގޮތުން ހުއްޓާލަނީ

ގޯއެއަރ އިން ރާއްޖެއަށް ކުރާ ދަތުރުތައް ޖުލައި މަހު ވަގުތީ ގޮތުން ހުއްޓާލަނީ

04 މެއި 2019
ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

25 ފެބުރުއަރީ 2019
ބީއެމްއެލްއިން ދޫކުރާ ޕަރސަނަލް ލޯނުތަކަށް ބަދަލު ގެނެސްފި

ބީއެމްއެލްއިން ދޫކުރާ ޕަރސަނަލް ލޯނުތަކަށް ބަދަލު ގެނެސްފި

10 ފެބުރުއަރީ 2019
ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

24 ޖޫން 2018
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު