Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

އެޗްޑީސީގެ ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ލުޔެއް ދީފި

31 މާރިޗު 2020 | އަންގާރަ 15:35

ކުލީގެ 30 އިންސައްތަ ދެމަހަށް ފަސްކުރުމަށް ވަނީ ނިންމާފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 31 މާރިޗު 2020 | އަންގާރަ 15:35
އެޗްޑީސީ

އެޗްޑީސީ

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ "ކޯވިޑް-19" ރޯގާއާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފްލެޓްތަކަށް ފައިސާދައްކާ ފަރާތްތަކަށް ލުޔެއް ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެކަމާއި ގުޅިގެން އެޗްޑީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީމ ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ދޫކޮށްފައިވާ ފުލެޓު، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާޢީ ބިންތަކަށް އެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރުގެ އޭޕްރީލް އަދި މޭ މަހު ދައްކަންޖެހޭ އިންސްޓޯލްމަންޓް/ކުލީގެ %30 (ތިރީސް އިންސައްތަ) އަށްވާ ފައިސާ ދެއްކުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ އެ ދެ މަހުގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ %30 (ތިރީސް އިންސައްތަ) ދެއްކުން ފަސްކޮށްދެވޭނީ، އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަވަމުންދާ ފަރާތްތަކުގެ ތެރެއިން، މިކަމަށް އެދި ފޯމު ހުށަހަޅުއްވާ ފަރާތްތަކަށްކަމަށެވެ. އަދި، ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލްގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް، އެއްބަސްވުމާ އެއްގޮތަށް 2020 ވަނަ އަހަރުގެ އޭޕްރީލު އަދި މޭ މަހުގެ ޖުމްލަ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާ ޖަމާވެފައިވާނަމަ، ކޮންމެ މަހެއްގެ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30% (ތިރީސް އިންސައްތަ) އަނބުރާ ރައްދުކޮށްދޭނެކަމަށެވެ. އަދި އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ %70(ހަތްދިހަ އިންސައްތަ) ޤަވާޢިދުން ދެއްކެވުމަށް ވަނީ އެދިފައެވެ.

ފަސްކުރުމަށް ހަމަޖެހިފައިވާ 2 މަހަށް ވާ ފައިސާގެ %30 (ތިރީސް އިންސައްތަ) ދެއްކެވުމަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް (ކަސްޓަމަރުން އެދިލައްވާ ގޮތެއްގެ މަތީން) އެކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އިތުރަށް އިއުލާނުގައި ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ޤަވާޢިދުން ފައިސާނުދެއްކެވިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމުން، ޢަމަލު ކުރަމުންދާ ޑޭޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ފުރުޞަތު ދެވޭނެކަމަށެވެ.

މީގެއިތުރުން، އެޗްޑީސީން ހައުސިންގ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާފައެވެ. އަދި އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަންޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓްނާރާނެކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް