Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންކަމް ޓެކްސް ނުނަގަން ތިޔަ ގޮވާލަނީ މަހުޖަނުން ރުއްސަންތޯ؟

އިންކަމް ޓެކްސް ނެގުން ހުއްޓުވާލަންޖެހޭ ސަބަބެއް ނެތް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 31 މާރިޗު 2020 | އަންގާރަ 14:30
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އަޖައިބުވެ ބަސް ހުސްވެ، ހައިރާންވެއްޖެ އެވެ. ލިބޭ އާމްދަނީއެއްގެ މައްޗަށް ބިނާވެފައި އޮންނަ ޓެކުހެއް ނުނަގަން ސަރުކާރަށް ބަޔަކު ގޮވާލާތީއެވެ. ދައުލަތަށް އިންތިހާއަށް ފައިސާގެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި، އެ ފައިސާ ހުރި ފަރާތްތަކަކުން އެ ފައިސާ ދޭން ނުޖެހޭނެ ކަމަށް ބަޔަކު ވަކާލާތު ކުރާތީއެވެ. ދައްކަން މިއުޅެނީ އިންކަމް ޓެކުހުގެ ވާހަކައެވެ.

އިންކަމް ޓެކްސް ނެގުން މި ވަގުތަށް މަޑުޖައްސާލުމަށް ބައެއް ނުފޫޒުގަދަ ވިޔަފާރިވެރިން ސަރުކާރަށް ޕްރެޝަރުކުރަމުން އަންނަ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް، މައްސަލައަކަށް ވަނީ އެ މަހުޖަނުން އެކަމަށް ގޮވާލާތީއެއް ނޫނެވެ. އެވެރިންނަށް އަބަދުވެސް މުހިއްމު ވާނީ އެވެރިންގެ މަސްލަހަތެވެ. މައްސަލައަކީ، ރައްޔިތުން ތަމްސީލުކުރާ ބަޔަކު މިކަމަށް ވަކާލާތުކުރާތީއެވެ.

ހޯމަ ދުވަހު ވެބް ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޖަލްސާގައި، މިފަދަ އެއް މެމްބަރަކު ވަނީ ހަރުއަޑުން މިކަމަށް ގޮވާލާފައެވެ. އެ މެމްބަރަކީ މާވަށު ދާއިރާގެ އިއްޒައްތެރި މެމްބަރު އަދި ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި، މުހައްމަދު ސައީދެވެ. މިއީ އިންކަމް ޓެކްސް ނަގަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވިދާޅުވެ، ޓެކްސް ނެގުން ފަސްކުރަން ގޮވާލެއްވިއެވެ.

ދަންނަވަންތޯއެވެ. އާމްދަނީން ލިބޭ ޓެކުހަކީ އެ މީހަކަށް ލިބޭ އާމްދަނީއަކުން ނެގޭ ޓެކުހެކެވެ. އާމްދަނީ ނުލިބޭނަމަ، އެ ޓެކުހެއް ދައްކާކަށް ނުޖެހެއެވެ. ދައްކަން ޖެހެނީ އާމްދަނީ ލިބޭނަމައެވެ. އިގްތިސާދަށް މިވަރުގެ ހީނަކުރަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ވެސް އެއް ބަޔަކަށް އާމްދަނީ ލިބެ، އިންކަމް ޓެކްސް ނަގަން ކަނޑައަޅާފައިވާ ބްރެކެޓެއްގެ ތެރެއަށް ފެތޭނަމަ، ލަސްނުކޮށް ޓެކްސް ނަގަންވީއެވެ.

މިހެން ދަންނަވަން ޖެހޭ ސަބަބުތައް ބަައިވަރެވެ. މިއަދު ވެސް ކެނޑިނޭޅި އިވެމުންދާ ޝަކުވާއަކީ ވިޔަފާރިވެރިން އެވެރިންގެ މަސްލަހަތު ހިމާޔަތްކޮށް، ނިކަމެތި މުވައްޒަފު ގެއަށް ފޮނުވާލާ ވާހަކައެވެ. މުސާރައާއި އިނާޔަތްތައް ކަނޑާލުމަށްފަހު، ގޭގައި މަޑުކުރަން ބުނާ ވާހަކައެވެ. އެންމެ ފުރަތަމަ ވެސް ބެލީ، އެ ބަޔެއްގެ ވިޔަފާރި ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރި މުވައްޒަފު މީހާގެ ކުރިން އަމިއްލަ މީހާ ސަލާމަތްވޭތޯއެވެ.

އަނެއްކާ، މި ބުނާ ވިޔަފާރިވެރިން މިވީހާ ދުވަހު ވިޔަފާރިކޮށްގެން އަތުގައި ފައިސާއެއް ނެތޭ ބުނުމުން ގަބޫލުކުރާނީ ވަކި ކާކުތޯއެވެ. ތެދެއްމެ، ރީ އިންވެސްޓް ވެސް ކުރާނެއެވެ. އައު ވިޔަފާރިތައް ވެސް ފަށާނެއެވެ. ނަމަވެސް، ބޮޑެތި މާސިންގާ މަހުޖަހުންނާއި މުއްސަނދި ވިޔަފާރިވެރިން، އަންނަ ކޮންމެ ލޮޅުމަކާއި ގުޅިގެން ފުރަތަމަ ވެސް މުވައްޒަފު ވަކިކުރަން އުޅުން ބަލައެއް ނުގަނެވޭނެއެވެ. ގުރުބާން ކުރާ ކަންބަޅީގެ އިއްޒަތް ތިޔަދިނީ ތި އާމްދަނީ ހޯދާ ވިޔަފާރި، ވިޔަފާރިއަކަށް ހަދައިދިން އާދައިގެ ނިކަމެތި މީހާއެވެ.

އަނެއްކޮޅުން އަތުގައި މިވީހާ ދުވަހު ވިޔަފާރި ކޮށްގެން އެއްވެސް ފައިސާއެއް ނެތޭ ބުނާ ވިޔަފާރިވެރިންނަށް ހަމާ ސާބަހެވެ. ދުވަހު މުސާރައަށް ރެއާ ދުވާލު މަސައްކަތްކޮށްގެން އުޅޭ އާދައިގެ މީހާއެކޭ، ޒަމާންތަކެއް ވަންދެން ވިޔަފާރި ކުރި މީހާއެކޭ އެއްވެސް ތަފާތެއް ނެތެއް ނޫންތޯއެވެ.

ގައުމުގެ ހަތަރު ބިތުގައި، ރިސޯޓާއި، ފިހާރައާއި، ބިމާ، ގެދޮރާ ހުރެ، އެތައް ތަނަކުން ކުއްޔާއި ވިޔަފާރި ފައިދާގެ ގޮތުގައި އާމްދަނީ ލިބިމެ ޓެކްސް ނުދައްކާންވީ ސަބަބެއް ނެތެވެ. ސިންގަޕޫރާއި، މެލޭޝިއާ، ލަންކާ އަދި ލަންޑަނުގައި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްސް ހުރެމެ ޓެކްސް ނުދައްކާންވީ ސަބަބެއް ނެތެވެ. ތިޔަ ވާހަކަތައް އުޑެއް ބުޑެއް ނޭނގޭ ބަޔަކު ގަބޫލުކުރިޔަސް، ވިސްނާ ފިކުރުކުރާ ބަޔަކު ގަބޫލެއް ނުކުރާނެއެވެ.

އިންކަމް ޓެކްސް ނެގުމާ ދެކޮޅަށް މިއަދު ތިޔަ ދައްކާ ވާހަކަތަކަކީ، މި ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފެށިއިރުވެސް ބަޔަކު ދެއްކި ވާހަކައެކެވެ. ވިޔަފާރިތައް ބަގުރޫޓުވެ ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭނެ ވާހަކައެވެ. މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ދެއްކި ވާހަކައެވެ. ވިޔަފާރިވެރިން ގައުމުގައި ވިޔަފާރިކުރުން ހުއްޓާލާ އެހެން ގޮތެއް ހޯދާނެ ވާހަކައެވެ. ވީކިހިނެއް ހެއްޔެވެ.

ވިޔަފާރިތަކުގެ އާމްދަނީ ދިޔައީ މައްޗަށެވެ. ދައުލަތުގެ އާމްދަނީ ދިޔައީ މައްޗަށެވެ. ފޮރިން އިންވެސްޓްމަންޓްތައް އިތުރުވިއެވެ. ގައުމީ އުފެއްދުންތެރިކަން އަހަރުން އަހަރަށް ވީ އިތުރެވެ. އެއްވެސް ބަޔަކު ވިޔަފާރިކުރުން ހުއްޓައެއް ނުލައެވެ. ވިއްޔާވީ އިތުރެވެ.

ސިޔާސީ ފަގުޑި އަޅައިގެން ތިބެ، ރައްޔިތުންގެ ހާދިމުންނޭ ކިޔައިގެން ތިޔަ ދިފާއުކުރައްވަނީ ވިޔަފާރިވެރިންނެވެ. ދޭން އޮތް ނަސޭހަތަކީ ވެސް، ކުރާން އޮތް އިލްތިމާސަކީ ވެސް، އެއީ ގައުމުގައި މަދު ބައެކެވެ. އެކަމާ ވަރަށް ރަނގަޅަށް ވިސްނަވާލައްވާށެވެ. ކޮންމެހެން މަހުޖަނު މީހާގެ އުނގުން ޖާގައެއް ލިބޭތޯ، ރައްޔިތުންނަށް މާ ހެޔޮއެދޭ މީހަކަށް ވެގެން ވާހަކަތަކެއް ދައްކާނެ ކަމެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

30 އޮކްޓޯބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު