Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޓް

ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

ރައީސް މައުމޫނަށް ކުރިން ވަރަށް ތައުރީފް ކުރެއްވި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:46
ޝައިހް މުހައްމަދު ރަސީދު އިބުރާހިމް ރައީސް ޔާމީނު އަރިހުގައި. ފޮޓޯ: ރައީސް އޮފީސް

ޝައިހް މުހައްމަދު ރަސީދު އިބުރާހިމް ރައީސް ޔާމީނު އަރިހުގައި. ފޮޓޯ: ރައީސް އޮފީސް

ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ ދިގުތިރީސް އަހަރުގެ ވެރިކަމުގެ ކުރީކޮޅުގައި އެމަނިކުފާނުގެ ކެބިނެޓުން ގިނަ ފަހަރަށް ޖާގަ ލިބިވަޑައިގަންނަވައިފައި ވަނީ އާއިލީ ގޮތުން ގާތް ބޭފުޅުންނަށެވެ. ނޫންނަމަ އަރިހުގައި ކިޔަވާ ވިދާޅުވާން މަސައްކަތްކުރެއްވި ބޭފުޅުންނަށެވެ. މިހެން ދެންނެވިޔަސް ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވި އިސްލާހީ ބަދަލާ ގުޅިގެން މި ދެންނެވި އުސޫލަށް ބަދަލުގެންނެވިއެވެ. ތައުލީމީ ޒުވާން ބޭފުޅުން ކެބިނެޓަށް ގެންނަވައި ދުވަސްވީ ބޭފުޅުންނަށް ފަހަތު ސީޓުން ޖާގަ ދެއްވިއެވެ. މިކަން ގިނަ ބަޔަކު އޭރު ގަބޫލު ކުރީ ރަގަޅު ކަމެއްގެ ގޮތުގައެވެ.

ރައީސް މައުމޫނުގެ ވެރިކަން ނިމި ރައީސް ނަޝީދުގެ ވެރިކަން ފެށުނު ނަމަވެސް ރައީސް މައުމޫނު ކެބިނެޓުގައި މަސައްކަތް ކުރެއްވި ހަރު ބޭފުޅުންގެ ތެރެއިން ވަރަށް މަދު ބޭފުޅަކު ނޫނީ ގައުމީ ފެންވަރުގެ ބައްދަލުވުންތަކަށް ވަޑައިގެން އުޅުއްވި ތަނެއް ނުފެނުނެވެ. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި އިލްމާއި ތަޖުރިބާ ބޭނުން ކުރައްވައިގެން މާބޮޑު ކަމެއް ކުރެއްވި ތަނެއް ނުފެނުނެވެ. ކުރު ގޮތަކަށް ދަންނަވާނަމަ ގިނަ ބޭފުޅުން ނިޒާމުން ގެއްލުނީއެވެ. ޕާޓީ ނިޒާމެއްގައި ވެރިކަން ކުރާއިރު އެއީ އެހެން ބައެއް ގައުމުތަކުގައިވެސް ކަން ހިނގާ ގޮތެވެ.

އެހެން ނަމަވެސް ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމްގެ ވެރިކަމެއް 2013 ވަނަ އަހަރު އުފެދިގެން ދިޔުމުން ރައީސް މައުމޫނު އަރިހުގައި މަސައްކަތް ކުރެއްވި ހަރު ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ސަރުކާރުގެ ބައްދަލުވުންތަކުން ފެންނަން ފެށިއެވެ. ބައެއް ބޭފުޅުން ވަޒީރުންގެ ފެންވަރުގައި ފާޑުފާޑުގެ ނަންނަން ކިޔުއްވައި މަގާމު ދެއްވައިފައިވާ އެބަތިއްބެވިއެވެ.

ރައީސް ޔާމީނު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވިޔަސް ރައީސް ޔާމީނު ވެރިކަމަށް ގެންނެވުމަށް ރައީސް މައުމޫނު ކުރެއްވި ތާއީދު މިހާރު ވަނީ އަނބުރާ ގެންނަވައިފައެވެ. އަދި އެކަން އެގޮތަށް ކުރެއްވި ސަބަބުތައް ވެސް އެތައް ފަހަރަކު ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ. މައުމޫނު ވިދާޅުވި ގޮތުގައި މިހާރު ރައީސް ޔާމީނު ވެރިކަން ކުރައްވަނީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހަނިކުރައްވައިގެން، ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފަށެވެ. ހަމަޔާއި އިންސާފު ގައުމުގައި ގާއިމް ކުރައްވާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ. ސިޔާސީ ބޭފުޅުންނާ މެދު މިސަރުކާރުން އަމަލުކުރާ އުސޫލުތަކަކީ ގާނޫނާއި އެއް ގޮތް އުސޫލުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނު އަބުދުﷲއާ މެދު ކަންތައްތައް ހިނގާފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނަކީ ވެސް ދީނީ އިލްމުވެރިއެކެވެ. އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ފަހު ރައީސް ޔާމީނުގެ އަރިހުގައި މިހާރު ވަޒީރުންގެ ފެންވަރުގައި މަސައްކަތް ކުރައްވާ އެއްބޭފުޅަކީ ފަޟީލަތުއް އުސްތާޒު ޝައިހް މުހައްމަދު ރަޝީދު އިބުރާހިމްއެވެ. ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެނގޭނެ ބޭފުޅެކެވެ. މިހާރު ހުންނެވީ އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައެވެ. މިނިސްޓަރު ފެންވަރުގައެވެ. އަދި އެމަނިކުފާނަކީ ރައީސް ޔާމީނު އުފެއްދެވި ފަތުވާދޭ މަޖިލީހުގެ ރައީސްވެސް މެއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނަކީ ޖަސްޓިސް މިނިސްޓަރު ކަމާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.

އުފެދިގެން މިދަނީ ބޮޑު ސުވާލެކެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދީނީ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެތައް ދަރުސުތަކެއް ދެއްވައި ސަރުކާރާއި ދައުލަތުގެ އިސް އެތައް މަގާމެއް ފުރުއްވި ބޭފުޅަކު މިވަގުތު ކުއްލިޔަކަށް ރާއްޖެ އިސްލާމްވީ ފަހުން ވެރިކަން ކުރެއްވި އެއްވެސް ވެރިޔަކު ދިވެހިރާއްޖޭގެ އިސްލާމީކަންކަން ހަރުދަނާ ކުރެއްވުމަށް ނުކުރައްވާ މަސައްކަތްޕުޅު ރައީސް ޔާމީނު ކުރެއްވި ކަމަށް ވިދާޅުވުމުންނެވެ. އެގޮތަށް ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އޮފީސް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝެއިހް އެހެން ވިދާޅުވުމުން ގިނަބަޔަކު ކުރާ ކުރާ ސުވާލުތައް ގިނައެވެ. ކަޅުފައިސާ މިރާއްޖެއަށް އެތެރެކޮށް ، ކޮރަޕްޝަން އިންތިހާއަށް މިގައުމުގައި އޮތްކަން އެނގިވަޑައިނުގަންނަވަނީތޯ ކުރާ ސުވާލެވެ. ވަޅިހެރުމާއި ތޫނު އެއްޗެހިން ހަމަލާދިނުމުގެ އަމަލުތައް އިންތިހާއަށް މިގައުމުގައި ނެތީތޯ ކުރާ ސުވާލެވެ. މަސްތުވާތަކެތި ބޭނުން ކުރުމާ އެތެރެކުރުން ހުއްޓުނީތޯ ކުރާ ސުވާލުތަކެވެ. ސިހުރު ހާހޫރަ ހަދަން ލަންކާ އިން އައި މީހަކު އެވާހަކަތަކާ ގުޅޭ ހެކިތައް އާންމު ކުރިކަން އެނގިވަޑައިގެންފައި ނުވަނީތޯއެވެ. އަދުލު އިންސާފު ނުލިބޭ ކަމަށް ގޮވާ މީހުންގެ އަޑު ނާއްސަވަނީތޯ ކުރާ ސުވާލެވެ. އެމީހުން ބުނާ ގޮތުގައި ދީނީ ގޮތުން ހޭލުންތެރި މުޖުތަމައުއެއްގައި މިބާވަތުގެ ކަންކަން ހިނގައިގެން ނުވާނެއެވެ. އެހެން ކަމުން ޝެއިހް އެވިދާޅުވާ އެއްޗެއްގެ ބުރަދަނާ މެދު ސުވާލު އުފައްދަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު