Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

މީހުން ގޭގައި ތިބެން ޖެހުނަސް ޑިމޮކްރަސީ ގޭބަންދަކަށް ނުދޭ، މަޖިލިސް ކުރިއަށް ދާނެ: ރައީސް ނަޝީދް

މިއީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ދުނިޔޭގެ ފުރަތަމަ ގައުމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2020 | ހޯމަ 05:43
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ކޮވިޑް-19 ގެ ސަބަބުން މީހުން ގޭގައި ތިބެން ޖެހުނު ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ "ގޭބަންދަކަށް" ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޭގައި ތިބެން މަޖުބޫރުވެފައި ތިބި ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ އޮތީ ގޭބަންދެއްގައި ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އޮންލައިންކޮށް މަޖިލިސް ކުރިއަށްދާނެ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާއިރު، އޮންލައިންކޮށް ކުރިއަށްދާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފެށުމަށް ނިންމާފައިވަނީ ހެނދުނު 11:00 ގައެވެ.

ގާނޫނު ހަދާ މަޖިލީހުން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މަޖިލީހުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ނިންމާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުއާއި މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސްކޮށް، ކުރިއަށް ގެންދާނެ ގޮތުގެ ރިހާސަލެއް ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދާއިރު، މަޖިލީހުގެ މެމްްބަރުންގެ އިތުރުން އިދާރީ ބައެއް މުއައްޒަފުންނާއެކު 92 ބައިވެރިންނަށް ބައިވެރިވެވޭގޮތަށް އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، މަޖިލީހުގެ ޖަލްސާތައް ބާއްވަން ނިންމާފައިވާތީ، މިއީ ދުނިޔޭގައި މިގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ގައުމެއްގެ ގާނޫނު ހަދާ މަޖިލީހެއްގެ ފުރަތަމަ ބައްދަލުވުންކަން ހާމަކޮށް ބައިނަލްއަގްވާމީ ބައެއް މީޑީއާތަކުންވެސް އެކަން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
03 އެޕްރީލު 2017

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

03 އެޕްރީލު 2017
ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ
30 މާރިޗު 2017

ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހުނަސް ނަގާނަން: ޢަބްދުﷲ ރިޔާޒް

30 މާރިޗު 2017
ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހުނަސް ނަގާނަން: ޢަބްދުﷲ ރިޔާޒް
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު