Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ހުއްދައާ ނުލައި ފަރިތަކުރުމުން ރޮނާލްޑޯއަށް އިންޒާރު ދީފި

11 އެޕްރީލު 2020 | ހޮނިހިރު 20:06

ރޮނާލްޑޯ ވަނީ އުފަން ގައުމު ޕޯޗުގަލްގެ މެދީރާގެ ނެޝަނަލް ސްޓޭޑިއަމްގައި ފަރިތަކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 11 އެޕްރީލު 2020 | ހޮނިހިރު 20:06
ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ, ހުއްދައަކާ ނުލައި އޭނާގެ އުފަން ގައުމު ޕޯޗުގަލްގެ މެދީރާގެ ނެޝަނަލް ސްޓޭޑިއަމްގައި ފަރިތަކުރުމުން އިންޒާރު ދީފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަސަރު ޕޯޗުގަލްއަށް ވެސް މިހާރު ކޮށްފައިވާއިރު އެގައުމުގެ ކުޅިވަރު ހުރިހާ ހަރަކާތެއްވެސް ވަނީ ފަސްކޮށްފައެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަންނަނީ އޭނާގެ ފިޓްނަސް ހިފެހެއްޓުމަށްޓަކައި އޭނާގެ އަމިއްލަ ގޭގައި ހަދާފައި ހުންނަ ޖިމްގައި ވެސް ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ. ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ ރޮނާލްޑޯ ވަނީ މި ހަފުތާގައި މެދީރާގެ ނެޝަނަލް ސްޓޭޑިއަމްގައި ވެސް ފަރިތަކޮށްފައެވެ.

މެދީރާގެ ރީޖަނަލް ސެކެޓްރީ އޮފް ހެލްތު ޕެޑްރޯ ރާމޯސް ވިދާޅުވީ ރޮނާލްޑޯ ކުރި ކަންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ރޮނާލްޑޯ ފަދަ ކުޅުންތެރިން މިދަނޑިވަޅުގައި ވާންވާނީ އެހެން މީހުންނަށް ނަމޫނޫ ދައްކާ ބަޔަކަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މެދީރާ ސަރުކާރުން ރޮނާލްޑޯއަށް ނަސޭހަތްދީ، އޭނާ އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ރޮނާލްޑޯ ޔުވެންޓަސް ޓީމާއިއެކު ކަރަންޓީނުވެފައެއް ނުވެއެވެ. ސަބަބަކީ އިޓަލީ ލޮކްޑައުންގެ ހާލަތަށް ދިޔައިރު ރޮނާލްޑޯ ހުރީ އޭނާގެ މަންމަ ބަލިވުމުން ޕޯޗުގަލްއަށް ގޮހެވެ. އެކަމަކު ޔުވެންޓަސް ޓީމުގެ ކުޅުންތެރިންގެ ގައިން ކޮވިޑް-19 ފެނުމާއިއެކު ރޮނާލްޑޯ ވެސް ވަނީ ޓެސްޓުކޮށްފައެވެ. ރޮނާލްޑޯގެ ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމާއިއެކު އޭނާ ނިިންމީ އިޓަލީއަށް ނުގޮސް ޕޯޗުގަލްގައި މަޑުކުރުމަށެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް

23 އޮކްޓޯބަރު 2017
މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް
12 އޮކްޓޯބަރު 2017

ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި

12 އޮކްޓޯބަރު 2017
ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި
08 ސެޕްޓެމްބަރު 2017

2017 ވަނަ އަހަރުގެ "ބެލޮންޑޯ" އެވޯޑް ލިބޭނީ ރޮނާލްޑޯއަށް: މައިކަލް ސަލްގާޑޯ

08 ސެޕްޓެމްބަރު 2017
2017 ވަނަ އަހަރުގެ "ބެލޮންޑޯ" އެވޯޑް ލިބޭނީ ރޮނާލްޑޯއަށް: މައިކަލް ސަލްގާޑޯ
17 އޯގަސްޓު 2017

ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި

17 އޯގަސްޓު 2017
ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި
15 އޯގަސްޓު 2017

ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން

15 އޯގަސްޓު 2017
ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން
17 ޖުލައި 2017

ގްރީން ސްޓްރީޓަށް އިންޒާރުދީ އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

17 ޖުލައި 2017
ގްރީން ސްޓްރީޓަށް އިންޒާރުދީ އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް