Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޑަ އިއްސެ

އުފަންވީ މާލޭ ރާޅުގަނޑަށް، އެތަން ބަންދުކުރުމުން ދެރަވޭ: ކުޑަ އިއްސެ

14 އޯގަސްޓު 2017 | ހޯމަ 11:17

މާލޭ ރާޅުގަނޑު ނެތްނަމަ ކުޑަ އިއްސެ ނުހުންނާނެ

ލީވާން އަލީ
ލީވާން އަލީ | 14 އޯގަސްޓު 2017 | ހޯމަ 11:17
ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީގައި ކުޑަ އިއްސެ ވާދަކުރަނީ

ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީގައި ކުޑަ އިއްސެ ވާދަކުރަނީ

އުފަންވީ މާލޭ ރާޅުގަނޑަށް ކަމަށާއި، އެތަން ބަންދުކުރުމުން ވަރަށް ދެރަވާ ކަމަށް ނިމިގެންދިޔަ ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީގެ ދެ އިވެންޓެއްގެ ސެމީގައި ވާދަކުރި ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑައިއްސެ) ބުނެފި އެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ކުޑަ އިއްސެ ބުނީ މާލޭ ރާޅުގަނޑަކީ އޭނާ އުފަންވިތަން ކަމަށާއި، އެތަން ނެތްނަމަ އޭނާ ރާޅާއެޅުންތެރިޔަކަށް ނުވާނެ ކަމަށެވެ. އެގޮތުން ކުޑަ އިއްސެ ބުނީ ރާޅުގަނޑު ލޯކުރިމަތިން ހަލާކުވެގެންދާތީ ވަރަށް ދެރަވާ ކަމަށާއި، އެތަން ބަލާލަން ވެސް ނުދެވޭތީ ދެރަވާ ކަމަށެވެ.

މާލޭ ރާޅުގަނޑަކީ ތިން ވައްތަރެއްގެ ރާޅު އަންނަ ތަނެއްކަން ފާހަގަ ކުރަމުން ކުޑަ އިއްސެ ބުނީ އެތަނަށް ވަރަށް ކައިރިން ރާޅު ބިންދާ ކަމަށެވެ. އެގޮތުން އޭނާ ބުނީ އެއީ ޓްރެއިނިން ހަދަން އެންމެ ރަނގަޅު ތަން ކަމަށާއި، އެއީ ބޮޑު ސްޓޭޑިއަމެއް ކަމަށެވެ.

"މާލޭ ރާޅުގަނޑު ނެތްނަމަ ކުޑަ އިއްސެ ނުހުންނާނެ. ރާޅުގަނޑަށޭ ބުނެވޭނީ އުފަންވެސް ވީ. އެތަނަށް އެހެންވީމަ ވަރަށް ދެރަވޭ. އެތަނަށް ނޭރެވޭތީވެ. އެތަނަށް ބަލާލަން ކޮންމެ ދުވަހަކު ނުދެވޭތީ ވެސް އަސްލު ދެރަވޭ. އެތަން ފެނުނީ މަވެސް ދެރަވޭ. އެތަން އޮވެގެން ހަލާކުވާތީ ވެސް ދެރަވޭ" ވަރަށް ބޮޑަށް ދެރަވެފައި ހުރެ ރާއްޖެއެމްވީ އަށް ދިން އިންޓަވިއުގައި ކުޑަ އިއްސެ ބުނިއެވެ.

ރާއްޖޭގައި ރާޅާ އެޅުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަކުރަމުން ކުޑަ އިއްސެ ބުނީ ރާޅާ އެޅުމަށް ބޯޑުތައް ރާއްޖެއިން ހޯދަން ވަރަށް އުނދަގޫ ކަމަށާއި، ކޯޗުންތައް ވެސް ރާއްޖޭގައި ވަރަށް މަދުކަމަށެވެ.

އެގޮތުން އަތޮޅު ތެރޭގައި ރާޅު އެދުރު ނަމުގައި ސާފިން ޕްރޮގްރާމެއް ކުރިޔަށް ގެންދާ ކުޑަ އިއްސެ ބުނީ ރާޅާ އަޅަން ވަރަށް މޮޅެތި ކުދިން ރާއްޖެތެރޭ ރަށް ރަށުގައި އެބަތިބި ކަމަށާއި، ރަށްރަށަށް ދިއުމުން އެ ޓެލެންޓް ފެންނަމުންދާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އެ ކުދިންނަށް ސަޕޯޓު ނުލިބޭތީ ވަރަށް ދެރަވާ ކަމަށާއި، ރަނގަޅު ސަޕޯޓެއް ލިބޭނަމަ އެ ކުދިން އިތުރަށް މޮޅުވާނެ ކަމަށެވެ.

މިފަހަރު އޮތް ފޯ ސީޒަން ސާފިން ޗެމްޕިއަންޝިޕްގައި ކުޑަ އިއްސެ ވަނީ ދެ ޑިވިޝަނެއްގެ ސެމީގައި ވާދަކޮށްފައެވެ. އޭނާ ވަނީ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނެއް ކަމަށްވާ ސީޖޭ ހޮބްގުޑް ބަލިކުރުމުގެ އިތުރުން ބްރެޒިލްގެ މާޔާ ގެބްރިއާ ބަލިކޮށްފައެވެ. ސީޖޭ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން 2001 ވަނަ އަހަރު ހޯދާފައެވެ.

ކުޑަ އިއްސެ ވަނީ އޭނާގެ 25 އަހަރުގެ ރާޅާއެޅުމުގެ ކެރިޔަރުގައި ރާއްޖޭގެ ތިން ގައުމީ މުބާރާތް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބުތަކެއް ހޯދާފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި

10 މާރިޗު 2017
މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
04 މާރިޗު 2017

މާލޭ ލީގު: ވިކްޓަރީގެ މައްޗަށް ނިއު ކުރި ހޯދައިފި

04 މާރިޗު 2017
މާލޭ ލީގު: ވިކްޓަރީގެ މައްޗަށް ނިއު ކުރި ހޯދައިފި
25 ފެބުރުއަރީ 2017

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި
24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް