Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް: އޭދަފުށިން މާޒިޔާ ބަލިކުރުމުން ގްރޫޕްގެ ފޯރިގަދަވެއްޖެ

އޭދަފުށި އަތުން މާޒިޔާ ބަލިވީ 0-1 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 9 ފެބުރުއަރީ 2019 | ހޮނިހިރު 14:41
މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން

މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރުމުން ގްރޫޕް ބީގެ ފޯރި ގަދަވެއްޖެއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު މާޒިޔާއާ ވާދަކޮށް އޭދަފުށިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު އޭދަފުށި ވަނީ ކުޅުނު ފުރަތަމަ ދެމެޗުންވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން 1-3 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ވަނީ 1-4 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި މެޗު ކާމިޔާބުކޮށްގެން ސެމީގެ ފުރުސަތު ބޮޑު ކުރެވެން މާޒިޔާއަށް އޮތް ނަމަވެސް އެޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ މެޗުން ބަލިވެފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 35 ވަނަ މިނެޓުގައި އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ޝަރީފެވެ. މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް އޭދަފުށިން ވަނީ މާޒިޔާ ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީގެ އަލީ ނަސީމްއެވެ. އޭނާ ވަނީ މިއަދު މެޗުގައި ޑިފެންސްލައިންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުން އޭދަފުށި މޮޅުވުމުން މި ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ސެމީ އަށް ދިއުމުގެ ފުރުސަތު ފަސް ޓީމަށްވެސް އޮތްއިރު, ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ގްރީން ސްޓްރީޓްސް އެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތްއިރު، ތިން ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ. އަދި ހަތަރު ވަނައިގައި މާޒިޔާ އޮތްއިރު، ފުލުގައި އޮތީ އޭދަފުއްޓެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު