Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސްކޮށް ކުރިއަށް ގެންދާއިރު 92 ބައިވެރިން ހިމެނޭ

މަޖިލީހުން ވަނީ މައިކްރޮސޮފްޓް އޮފީސް 365 ބިޒްނަސް ލައިސަންސް ގަނެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 މާރިޗު 2020 | ހޮނިހިރު 07:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ކުރިއަށް ގެންދަނީ ވެބް ކޮންފަރެންސް މެދުވެރިކޮށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ކުރިއަށް ގެންދަނީ ވެބް ކޮންފަރެންސް މެދުވެރިކޮށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދާއިރު، މަޖިލީހުގެ މެމްްބަރުންގެ އިތުރުން އިދާރީ ބައެއް މުއައްޒަފުންނާއެކު 92 ބައިވެރިންނަށް ބައިވެރިވެވޭގޮތަށް އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންނާއި އަމީން ޢާންމު، ކައުންސެކް ޖެނެރަލް، ސާޖަންޓް އެޓް އާމްސް، އަދި މި މަސައްކަތާގުޅޭ އިދާރީ މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 92 ބައިވެރިން ކޮންމެ ވެބް ކޮންފަރެންސިންގ ޗެނަލްއެއްގައި ހިމެނިގެން، ޖަލްސާތައް ބޭއްވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މި އިންތިޒާމުތައް ހަމަޖެހިގެންދާނީ "ކޮވިޑް-19" ވައިރަހާ ގުޅިގެން، އަޅަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑާއި އުސޫލްތަކާ އެއްގޮތަށް، އޮފީހަށް ނުނިކުމެ، ގޭގައި ތިބެގެން މަސަައްކަތްކުރެވޭނެ ގޮތެއްގެމަތިން ކަމަށްވެސް ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ވެބް ކޮންފަރެންސްކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ވަނީ މައިކްރޮސޮފްޓް އޮފީސް 365 ބިޒްނަސް ލައިސަންސް ގަނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އީމެއިލް އެޑްރެސް ހަދައި، ހުރިހާ މެމްބަރުންނަށް ޕާސްވޯޑް ވެސް ވަނީ ހެދިފަ އެވެ.

ވެބް ކޮންފަރަންސިން މެދުވެރިކޮށް ބޭއްވޭ މަޖިލީހުގެ ޖަލްސާތަކަށް އެންގުމާއި ޖަލްސާގެ އެޖެންޑާ މެންބަރުންނާ ހިއްސާކުރާނީ އެސްއެމްއެސް މެދުވެރިކޮށްކަމަށް މި އުސޫލްގައިވެއެވެ. އަދި ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން މެންބަރުންނަށް ނޯޓިފިކޭޝަންއެއް މަޖިލީހުގެ އިދާރާއިން ފޮނުވާނެކަމަށާއި ޖަލްސާ ފެށުމުގެ 5 މިނެޓް ކުރިން އަދި އެއްވެސް ވޯޓެއްނެގުމުގެ 5 މިނެޓްކުރިން ނުވަތަ ކޯރަމް ހަމަނުވާނަމަ، ހުރިހާ މެންބަރުންނަށް ނޯޓިފިކޭޝަންއެއް ފޮނުވާނެކަމަށްވެސް މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކުރި އުސޫލްގައި ބަޔާން ކޮށްފައިވެއެވެ.

ކޮމެޓީން ފާސްކުރި އުސޫލުގައިވާ ގޮތުން ބަހުސަށް ހުޅުވާލެއްވުމުން، މެންބަރުން ފުރުޞަތަށް އެދިވަޑައިގަންނަވަންޖެހޭނީ ވެބް ކޮން ފެރެންސިންގ އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެން ނެވެ.

ވޯޓު ލުމުގެ ކަންކަން ކުރިއަށްދާނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ވަކިން މެންބަރުންނާ ސުވާލު ކުރައްވައިގެންކަމަށްވެސް މި އުސޫލްގައިވެއެވެ. އެގޮތުން ވޯޓު ނެގުމުގައި ކޮންމެ މެންބަރެއްގެ ނަން އިޢުލާނުކުރުމުން ފެންނަނަމަ "ފެނޭ" ނުފެންނަނަމަ "ނުފެނޭ" އަދި ވަކިގޮތަކަށް ވޯޓް ދޭން ބޭނުން ނޫންނަމަ "ވޯޓް ނުދެން" މިހެން ހާމަކުރަން ޖެހޭނެކަމަށްވެސް އުސޫލްގައި ބަޔާން ކޮށްފައި ވެއެވެ.

ނިޒާމީ މައްސަލައެއް މެމްބަރަކު ފާހަގަކުރައްވަން އެދިވަޑައިގަންނަވާނަމަ، ވެބް ކޮންފަރެންސިންގ އެޕްލިކޭޝަންގެ "ޗެޓް" ބޭނުންކުރައްވައިގެން އެކަން ފާހަގަކުރެއްވޭނެ ކަމަށާއި، މަޖިލީހުގެ ރައީސްގެ އަމުރަށް މެމްބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށްވެސް އެ އުސޫލްގައި ބަޔާން ކޮށްފައި ވެއެވެ.

މަޖިލީހުގެ ކޮމެޓީތައް ވެސް އެސްއޯޕީގައިވާ އުސޫލާއެއްގޮތަށް ބޭއްވޭނެ ކަމަށް ވެސް އާންމު ކޮމެޓީން ފާސްކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައިވާ ރިޕޯޓްގައި ބުނެފައިވަނީ، ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" ރޯގާއާ ގުޅިގެން، އިޖްތިމާއީ ގައިދުރުވުން ފަދަ ގޮތްތައް ބޭނުންކޮށްގެން މި ނުރައްކާތެރި ރޯގާ ފެތުރުން ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގައި ވަނީ އާއްމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ ކަމަށެވެ. އަދި މިނުރައްކާތެރި ރޯގާއިން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި ސަރުކާރު ބަންދުކޮށް، ދައުލަތުގެ ގިނަ އިދާރާތަކުގެ މަސައްކަތްތައް ވަކި މުއްދަތެއް ނެތްގޮތަށް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފަވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި މިހާރު އިއުލާންކޮށްފައި މިވާ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކައި މަސައްކަތްތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުން ވާނީ އިޖުތިމާއީ ގައިދުރުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އާންމު ކޮމެޓީން ނިންމާފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު