Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

އުސޫލުގެ ދަށުން ދެ ފަތުރުވެރިން ޓެސްޓުކުރާކަށް ނުޖެހޭ

27 މާރިޗު 2020 | ހުކުރު 23:02

އައިލެންޑް ސަފާރީން މި މަހުގެ 15 ގައި ދެ މީހަކު ޕޮޒިޓިވްވި

އަލީ ސަމާޚް
އަލީ ސަމާޚް | 27 މާރިޗު 2020 | ހުކުރު 23:02
ހުކުރު ދުވަހުގެރޭ ބޭއްވި ޕްރެންސްކޮންފަރެންސްގެ ތެެރެއިން

ހުކުރު ދުވަހުގެރޭ ބޭއްވި ޕްރެންސްކޮންފަރެންސްގެ ތެެރެއިން

ރާއްޖެއިން ފުރައިގެން އިޓަލީ އަށް ދަތުރުކުރަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ފަތުރުވެރިންގެ ޓެސްޓު ހެދީ ރިސާޗް ބޭނުމަކަށް ކަމަށާއި، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހު ބަލީގެ އަލާމާތްތައް ނުފެންނަ ކަަމަށްވާނަމަ ބައްޔަށް ޓެސްޓުނުކުރާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އައިލެންޑް ސަފާރީގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ހުކުރު ދުވަހު ހާމަކުރައްވާފައެވެ.

Advertisement - newsAdvertisement

އެކަމަކު އެ ފަތުރުވެރިން ފުރުވާލީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަނުކޮށް ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެެވެ. ހުކުރު ދުވަހުގެރޭ ދަރުބާރު ގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ ސެންޓަރުގައި ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް އަޒީޒް ވަނީ އެ އެ ސަފާރިން ކޮވިޑް-19 އަށ ޝައްކު ކުރެވިގެން މީހަކު ފެނުނު ހިސާބުން ހުކުރު ދުވަހާ ހަމަޔަށް ކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. އައިލެންޑް ސަފާރީން ވަނީ މީގެ ކުރިން ކޮވިޑް-19 ދެ މީހަކު ޕޮޒިޓިވްވެފައެވެ.

މަބްރޫކް ވިދާޅުވީ، އައިލެންޑް ސަފާރީގައި ތިބި ބައެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ރިޕޯޓްކޮށްފައިވަނީ މާޗް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މާޗް މަހުގެ 14 ވަނަ ދުވަހު އެމީހުން ބޯޓުން ބާލުވައިސާމްޕަލް ނަގައި އެ ބޯޓު މޮނިޓަރިންގެ ހާލަތަށް ގެނެވުނުވެ. އަދި އެއާއިކު މާޗް މަހުގެ 15 ވަނަ ދުވަހު އެ ސަފާރިން ނެގި ސާމްޕަލްގެ ތެރެއިން ދެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ.

މަބްރޫކް ވިދާޅުވީ، ޕޮޒިޓިވްވުމާއި އެކު އެ ދެ ފަތުރުވެރިން އެކަހެރިކޮށް ދެ މީހުން ފަރުކޮޅުފުށި އަށް ގެންދެވުނު ކަމަށެވެ. މާޗް މަހުގެ 17 ވަނަ ދުވަހު އެ ސަފާރީ ވިލިވަރަށް ކައިރިކޮށް ބޯޓުގައި ތިބި ހުރިހާ ފަތުރުވެރިން އެ ރަށަށް ފޭބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބޯޓުގައި ބާކީ ތިބި ފަޅުވެރިންގެ ތެެރެއިން ތިން ފަޅުވެރިއަކު މާޗް މަހުގެ 19 ވަނަ ދުވަހު ވިލިވަަރަށް ފައިބާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ސަފާރީ މޯނީޓަރިންގެ ހާލަތަށް ގެންދިޔައަސް ބޯޓުގައި ދެ ކައްޕިން ތިބި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެއީ އަގުބޮޑު ބޯޓަކަށްވާތީވެ އެ ކައްޕިން ބޯޓުގައި ތިބެން ބޭނުންވާކަން އެންގުމުން ކަމަށެވެ.

މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ހަމަޔަށް 14 ދުވަސްވެފައިވާއިރު، އެމީހުން އިޓަލީ އަށް ފުރައިގެން ގޮސްފައިވަނީ އިޓަލީ ސަރުކާރުން ފޮނުވި ފްލައިޓެއްގައި ހުކުރު ދުވަހު އެވެ. މަބްރޫކް ވިދާޅުވީ، އައިލެންޑް ސަފާރީން ނެގި ދެ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ ފްލައިޓް ވައިގެ ތެރޭގައި ދުއްވަމުން ދަނިކޮށް ކަމަށެވެ.

އެ ދެ ފަތުރުވެރިންގެ ޓެސްޓުގެ ނަތިޖާ ނުލިބެނީ ފުރުވާލީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ، އެޗްޕީއޭ އިން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެ ދެ ފަތުރުވެރިންވެސް ހިމެނޭ ގޮތަށް ހުކުރު ދުވަހު ފުރި ފްލައިޓުން އެއްވެސް ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް ފެންނަން ނެތް ކަމަށެވެ. އެޗްޕީއޭ އިން އަމަލުކުރަމުންދާ އުސޫލުގެ ދަށުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށް ފަހު އެމީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ނުފެންނަނަމަ އެމީހަކަށް ފުރުމުގެ ހުއްދަ ދެއެވެ.

''އަޅުގަނޑު ސާފުކޮށްދޭން ބޭނުން މި ބޯޓުން ފުރައިގެން ދިޔަ އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެންނާކަށް ނެތް.''މަބްރޫކް ވިދާޅުވިއެވެ.

އެ ޕްރެސްކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގެންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ވިދާޅުވީ، އެ ފަތުރުވެރިން ފުރަވާލުމަކީ އެއީ ކަންތައްތައް ހަރުދަނާ ކުރުމަށް ލިބުނު ފިލާވަޅެއް ކަމަށް ބަލައިގަންނަ ކަމަށެވެ. އަދި މި ބަލި ދިވެއްސެއްގެ ފަރާތުން ފެނުމާއި އެކު މިހާރު މިވަނީ ބަލީގެ އާ މަރުހަލާއަކަށް އާދެވިފައި ކަމަށް ވިދާޅުވިއެވެ. ކޮވިޑް-19 ޖެހުނު ދިވެހި މީހާ އަކީ އިނގިރޭސިވިލާތުން އައި މީހެެކެވެ. އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭނާހުރީ ކަރަންޓީނުގައެވެ. އެކަމަށް އިޝާރާތްކުރައްވާ މައިމޫނާ ވިދާޅުވީ، އެއިން ފާހަގަވެގެންދަނީ ކަރަންޓީނު ކުރަންޖެހޭ ކަމުގެ މުހިއްމުކަން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް