Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

އުޒްބެކިސްތާނުގެ ޑޮކްޓަރުންގެ އަގުވަޒަން ކުރުމަށް މުސާރަ ބޮޑުކޮށް، ވައިރަސް ޖެހިއްޖެ ނަމަ އިތުރު 10،000 ޑޮލަރު!

ގިނަ އަވަށްތަކާއި ސަރަޙައްދުތައް ލޮކްޑައުން ކޮށް ބޯޑަރުތައް ބަންދުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މާރިޗު 2020 | ހުކުރު 06:22
ކޮވިޑް-19 އާ ގުޅިގެން ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިން ކުރަމުންދަނީ އަގުހުރި ބުރަ މަސައްކަތެއް

ކޮވިޑް-19 އާ ގުޅިގެން ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިން ކުރަމުންދަނީ އަގުހުރި ބުރަ މަސައްކަތެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް މެދުތެރޭ އޭޝިއާގެ ޤައުމެއް ކަމަށްވާ އުޒްބެކިސްތާނުގައި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފިއެވެ.

ހުކުރު ދުވަހު އެ ޤައުމުގެ ގިނަ އަވަށްތަކާއި ސަރަޙައްދުތައް ލޮކްޑައުން ކޮށް ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މުހިއްމު ފިޔަވަޅެއްގެ ގޮތުން އެ ޤައުމުގެ ޑޮކްޓަރުންނާއި މެޑިކަލް ވޯކަރުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މުސާރަ ބޮޑުކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެ ފަރާތްތަކުން ކުރަމުންދާ އަގުހުރި މަސައްކަތަށް ހިތްވަރުދީ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޑޮކްޓަރުންނަށް ކޮންމެ 2 ހަފްތާއަކުން 2500 އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވާއިރު، ނަރުހުންނާއި ލެބޯޓަރީ މުވައްޒަފުންނަށް 1500 އެމެރިކާ ޑޮލަރު އަދި މެޑިކަލް ވޯކަރުންނަށް 1000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. އެއީ މި ހުރިހާ ފަރާތްތަކަށްވެސް ކުރިން ލިބެމުންއައި މުސާރައަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މެޑިކަލް ވޯކަރެއްގެ ގަޔަށް ވައިރަސް ފެތުރިއްޖެނަމަ އެއިން ކޮންމެ ފަރާތަކަށް 10،000 އެމެރިކާ ޑޮލަރު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އުޒްބެކިސްތާނުން ކޮވިޑް-19 ފެތުރެމުންދާއިރު، ހުކުރު ދުވަހު އެ ޤައުމުން ވަނީ 72 އަހަރުގެ މީހަކު މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19: ވަސީލަތްތަކާއެކު ޗައިނާގެ ޑޮކްޓަރުންގެ ޓީމެއް އިޓަލީއަށް

ކޮވިޑް-19: ވަސީލަތްތަކާއެކު ޗައިނާގެ ޑޮކްޓަރުންގެ ޓީމެއް އިޓަލީއަށް

12 މާރިޗު 2020
މުޒާހަރާތަކަށް ފަހު އުރުދުންގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި

މުޒާހަރާތަކަށް ފަހު އުރުދުންގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި

07 އޮކްޓޯބަރު 2019
ފަގީރުންނަށް މުސާރަ ހަދިޔާކުރި ޓީޗަރަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް

ފަގީރުންނަށް މުސާރަ ހަދިޔާކުރި ޓީޗަރަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް

25 މާރިޗު 2019
އުޖޫރަ ބޮޑުކޮށް ވަސީލަތްތައް އިތުރުކޮށްދިނުމަށް ގޮވާލައި ލޮސްއެންޖެލިސްގެ ޓީޗަރުން މުޒާހަރާކުރަނީ

އުޖޫރަ ބޮޑުކޮށް ވަސީލަތްތައް އިތުރުކޮށްދިނުމަށް ގޮވާލައި ލޮސްއެންޖެލިސްގެ ޓީޗަރުން މުޒާހަރާކުރަނީ

15 ޖެނުއަރީ 2019
ފަރަންސޭސި ވިލާތުގެ ފުލުހުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ފަރަންސޭސި ވިލާތުގެ ފުލުހުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

21 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު