Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާ

މެލޭޝިއާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ކުޑަކުރަން ނިންމައިފި

ދަރަނި ވަނީ 250 ބިލިއަން ޑޮލަރަށް އަރާފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 24 މެއި 2018 | ބުރާސްފަތި 02:53
މެލޭޝިއާ ބޮޑުވަޒީރު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ

މެލޭޝިއާ ބޮޑުވަޒީރު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ

މެލޭޝިއާގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާތީ ބޮޑުވަޒީރާއި މިނިސްޓަރުންގެ މުޒާރަ ކުޑަކުރަން ނިންމައިފި އެވެ.

ބޮޑުވަޒީރު މަހާތިރު މުހައްމަދު ފުރަތަމަ ކެބިނެޓްގެ ބައްދަލު ވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މުސާރަ ކުޑަކުރަން ވަރަށް އަވަހަށް ތަންފީޒުކުރައްވާނެ ކަމަށެވެ. މިކަމުން ދައްކައި ދެނީ މި ސަރުކާރުން މި ގައުމުގެ އިގްތިސާދަށް އަހަންމިއްޔަތުކަން ދޭ މިންވަރު ކަމަށްވެސް ކުރިން ވެސް ބޮޑުވަޒީރުކަން ކުރައްވާފައި ހުންނެވި މާހާތިރު ވިދާޅުވިއެވެ.

ގައުމުގެ ދަރަނި ކުޑަކުރައްވަން ޖެހޭ ކަން ފާހަގަ ކުރައްވާ މަހާތީރު ވިދާޅުވީ މެލޭޝިއާގެ ދަރަނި މިހާރު 250 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އެއީ މި ގައުމުގެ އުފެއްދުންތެރި ކަމުގެ (ޖީޑީޕީގެ) 65 ޕަސަންޓް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރު ބޮޑުވަޒީރު ނަޖީބް ވެރިކަމުގައި ވިދާޅުވީ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ 55 ޕަސަންޓްއަށް ވުރެ ދަށުގައެވެ. އައު ސަރުކާރު އައިފަހުން ނަޖީބަށް ވަނީ ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކުރުމަށްފަހު، އެ މަނިކުފާނުގެ މައްޗަށް ތުހްމަތުކުރެވޭ 700 މިލިއަން ޑޮލަރުގެ ކޮރަޕްޝަނެއް ތަހްގީގު ފަށައިފަ އެވެ. .

މަހާތިރު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކެބިނެޓް މިނިސްޓަރުންގެ މުސާރައިން 10 ޕަސަންޓް އުނި ކުރާނެ ކަމަށެވެ. އަދި ސިވިލް ސާވެންޓުންގެ ސީނިއާ މަގާމުތަކުގެ މުސާރަ މިނިސްޓަރުންނަށް ވުރެ ބޮޑު ކަމަށާއި އެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން މަޖުބޫރު ނުކުރާނެކަމަށް ވެސް މަހާތީރު ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ މުސާރަ ޖުލައި 1 ގައި ބޮޑުކުރާނެ ކަމަށް ކުރީގެ ސަރުކާރުން ވައުދުވެފައިވާއިރު، އެކަން އެގޮތަށް ތަންފީޒުކުރަން އާ ސަރުކާރަށް ނުޖެހޭނެކަން ފާހަގަ ކުރައްވައި މަހާތީރު ވަނީ އެއީ އާ ސަރުކާރުގެ ވައުދެއް ނޫންކަން ކަން ހަނދާކޮށް ދެއްވައިފަ އެވެ. ނަމަވެސް ސިވިލް ސާވެންޓުންގެ ތެރެއިން މުސާރަ ބޮޑު ކުރަން ހައްގުވާ ފަރާތްތަކަށް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީން ކަންވެސް ވަނީ ދެއްވައިފަ އެވެ.

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2017

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި

28 ނޮވެމްބަރު 2017
ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި
30 އޮކްޓޯބަރު 2017

ކުވެއިތުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި

30 އޮކްޓޯބަރު 2017
ކުވެއިތުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި
18 ސެޕްޓެމްބަރު 2017

މެލޭޝިއާގެ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

18 ސެޕްޓެމްބަރު 2017
މެލޭޝިއާގެ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް ކުޑަ ކުއްޖަކު ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2017

މެލޭޝިއާގެ އިސްލާމް ދީން އުނގަންނައިދޭ ސްކޫލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 25 މަރު

14 ސެޕްޓެމްބަރު 2017
މެލޭޝިއާގެ އިސްލާމް ދީން އުނގަންނައިދޭ ސްކޫލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 25 މަރު
24 އޯގަސްޓު 2017

މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު، ރައީސް ޓްރަމްޕާއި ބައްދަލު ކުރައްވަނީ

24 އޯގަސްޓު 2017
މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު، ރައީސް ޓްރަމްޕާއި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު