Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގެ އެއްމެ މޮޅު ޓީޗަރު

ފަގީރުންނަށް މުސާރަ ހަދިޔާކުރި ޓީޗަރަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް

އެވޯޑު އެއްމެ ހައްގު ފަރާތަކީ އޭނާގެ ދަރިވަރުން ކަމަށް ބުނި

އަމަން ހަލީމް
އަމަން ހަލީމް | 25 މާރިޗު 2019 | ހޯމަ 17:29
އެވޯޑު ހާސިލުކުރި ޕީޓަރ ތަބީޗީ

އެވޯޑު ހާސިލުކުރި ޕީޓަރ ތަބީޗީ

ލިބޭ މުސާރައިގެ 80 އިންސައްތަ ފަގީރު ދަރިވަރުންގެ އާއިލާތަކަށް ހަދިޔާކުރި ކެންޔާގެ ޓީޗަރަކަށް، 2019ވަނަ އަހަރުގެ ދުނިޔޭގެ އެއްމެ މޮޅު ޓީޗަރުގެ އެވޯޑާ އެކު އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.

މެތްސް އާއި ފިޒިކްސް ކިޔަވަދޭން އުޅޭ ޕީޓަރ ތަބީޗީއަށް ދުނިޔޭގެ އެއްމެ މޮޅު ޓީޗަރުގެ އެވޯޑު ލިބުމަށް ފަހު ދެއްކި ވާހަކާގައި އޭނާ ބުނީ، އެވޯޑު އެއްމެ ހައްގު ފަރާތަކީ އޭނާ ކިޔަވައިދޭ ކުދިން ކަމަށެވެ. އޭނާ ބުނީ އޭނާއަށް މިހިސާބަށް އާދެވުނީ ކިޔަވައިދޭ ދަރިވަރުން ހާސިލްކޮށްފައިވާ ކަންކަމުން ކަމަށެވެ. އަދި މި އެވޯޑުން އަންގައިދެނީ އެކުދިންނަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަން ކަމަށް ބުނެ އޭނާ ވަނީ އޭނާގެ ދަރިވަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

މި އެވޯޑު ދޭ ފަރާތް ކަމުގައިވާ ދުބާއީގައި ހަރަކާތްތެރިވާ ވަރކީ ފައުންޑޭޝަނުން ވަނީ ތަބީޗީ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، ބުރަ މަސައްކަތް އަދި ދަރިވަރުންގެ ހުނަރަށް ކުރާ އިތުބާރަށް ތައުރީފްކޮށްފައެވެ. އަދި އޭނާގެ ސްކޫލްގައި ހުރި މަދު ވަސީލަތްތަކާއި އެކުވެސް ކެންޔާގެ ގައުމީ ފެންވަރުގައި ބޭއްވި ސައިންސް މުބާރާތްތަކުގައި ހޯދި ކާމިޔާބީތައް މިކަމަށް ހެކިވާކަމަށް ވެސް އެ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ދުބާއީގައި އޮތް ހަފުލާއެއްގައި ތަބީޗީއާ އެވޯޑު ހަވާލުކުރީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހިއު ޖެކްމަންއެވެ. އޭނާއަށް އެވޯޑު ލިބުމުން ކެންޔާގެ ރައީސް އުހޫރޫ ކެންޔައްޓާ ވަނީ ވީޑިއޯ މެސެޖަކުން މަރުހަބާ ކިޔާފައެވެ.

ތަބީޗީ ކިޔަވައިދޭ ސްކޫލަކީ ކެންޔާގެ ރަށްފުށުގައި ހުންނަ ސްކޫލެކެވޭ. ސްކޫލަށް ކިޔަވަންދާ ބައެއް ކުދިން ހަތް ކިލޯމީޓަރުގެ ދިގު ރާސްތާއެއް ހިނގަން ޖެހޭ އިރު، ވިއްސާރަ މޫސުމުގައި ބައެއް މަގުތައް ބޭނުން ނުކުރެވޭ ވަރަށް ޗަކަވެއެވެ. ތަބީޗީ ކިޔަވައިދޭ ސްކޫލުގައި އެއްމެ ކޮމްޕިއުޓަރެއް ހުންނަ އިރު އޭނާގެ ގިނަ ފިލާވަޅުތަކުގައި އައިސީޓީ 80 އިންސައްތައަށް ބޭނުންކުރެއެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު