Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ހެޔޮނުވާނެ، ގޭގައި މަޑުކޮށްލައްވާ!

ކޮވިޑް-19 އިގެ 13 ކޭސްއެއް ފެނިފައިވާއިރު އޭގެ ތެރެއިން 9 މީހަކު މިވަނީ މިބަލިން ފަސޭހަވެފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 މާރިޗު 2020 | ހުކުރު 08:10
މަގުމަތި

މަގުމަތި

ކޮވިޑް-19 ދުނިޔޭގައި ހަލުވިމިނެއްގައި ފެތުރެމުންދާއިރު ސިއްހަތާއި ބެހޭ މާހިރުން ގޮވާލަމުންދަނީ "ސޯޝަލް ޑިސްޓެންސިންގް" އަށެވެ. އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށެވެ. މި ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވާއިރު ކަމާބެހޭ ފަރާތްތަކުން އާދޭސްކުރަމުން އެގެންދަނީ މިދުވަސްކޮޅު ބޭރަށް ނުނިކުމެ، ގޭގައި މަޑުކޮށްދިނުމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އިގެ 13 ކޭސްއެއް ފެނިފައިވާއިރު އޭގެ ތެރެއިން 9 މީހަކު މިވަނީ މިބަލިން ފަސޭހަވެފައެވެ. މިއާއި އެކު ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދެއްވަމުންގެންދަވާ އިރުޝާދުތައް ބައެއް ފަރާތްތަކުން ލުއިކޮށް ނެގުމަކީ އެކަށީގެންވާ ކަމެވެ. މިހާރަކަށް އައިސް މަގުމަތީގައި ކަމެއް ނެތި، ހަވީރަށް ސައިކަލު ބުރު ޖަހަން ނުކުންނަ މީހުންގެ އަދަދު އިތުރުވަނީ މި ސަބަބާއި ހުރެ ކަމަށްވެސް ވެދާނެއެވެ.

މުޅި ރާއްޖެ އެކީއެކައްޗަކަށް ލޮކްޑައުން ކުރުމަށް ސަރުކާރަށް ގޮވާލަމުން ދިޔަ ދުވަސްކޮޅެއްވެސް ދިޔައެވެ. ނަމަވެސް ހަގީގަތަކީ މާލެ ''ލޮކްޑައުން'' ކުރަން ގޮވާލަމުން ދިޔަ މީހުންގެ ބަހާއި ޢަމަލާއި ދިމާނުވާކަމެވެ. ލޮކްޑައުން ކުރުމަށް އަޑުން އަޑު ނަގާ ގޮވުމަށްފަހު ނުކުންނަނީ މަގުމައްޗަށް ކަމެވެ.

ސޯޝަލް ޑިސްޓެންސިންގެ މުހިއްމުކަން ކޮންމެ ނޫސްވެރިންގް ބައްދަލުވުމުގައި ހުރިހާ ފަރާތްތަކުން މިދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް، ހަނދާންކޮށްދިނުމަކީ މުހިއްމުކަމެއް ކަމުގައި ދެކެތީ މިސާލަކުން އޭގެ މުހިއްމުކަން ހާމަކޮށްދެވޭތޯ ބަލާލާނަމެވެ.

ސޯޝަލް ޑިސްޓެންސިންގެ މުހިއްމުކަމުގެ މިސާލު ނަގާއިރު، ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރާނީ މިހާރު މިވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީގެ "ޕޭޝަންޓް ވަން"ގެ ވާހަކައެވެ. މި 38 އަހަރުގެ މީހާ ބަލީގެ އަލާމާތްތަކާއި އެކު އެތައް ތަނަކަށް ގޮސް، އެތައް ސަތޭކަ ބަޔަކަށް މިބަލި ޖެއްސީއެވެ. އެތައް ކެއުމަކަށާއި ފުޓުބޯޅަ މެޗުތަކަށާއި، އެހެނިހެން ކުޅިވަރުތައް ކުޅެން އެމީހާ އުޅުނީ އަަވަދިނެތިއެވެ. އޭނާގެ ފުށުން ބަލި އެރި މީހުންގެ ފުށުންވެސް އެތައް ބަޔަކަށް މި ވައިރަސް ޖެހިފައިވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މި ބަލީގެ އަލާމާތްތައް ފެނުމާއި އެކު އިޖުތިމާއީ ގައިދުރުވެ، "ޕޭޝަންޓް ވަން" ގޭގައި މަޑުކޮށްލިނަމަ، އެތައް ސަތޭކަ މީހުންނަކަށް މި ބަލި ނުޖެހުނީހެވެ.

މިވާހަކަތަކުން އެނގިގެންދަނީ އެންމެ މީހެއްގެ އަމަލުތަކުގެ ސަބަބުން މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ހުށެހެޅޭކަމެވެ. އެއްވެސް މީހަކު އެމީހެއްގެ ސަބަބުން އަނެކާ ނުރައްކަލުގެ ހާލަތަށް ވައްޓާލާން ބޭނުމެއް ނުވާނެއެވެ. އަންގާ އެންގުންތަކާއި ޚިލާފުވުމުން ތިމާގެ މީހުންނާއި ލޯބިވާ އެންމެން މި ވައްޓާލެވެނީ ކިހާވަރެއްގެ ނުރައްކަލަކަށްކަން ހަނދާން ކުރުންމުހިއްމެވެ. ވީމާ، މިދުވަސްކޮޅު ގޭގައި މަޑުކޮށްލައްވާށެވެ. އާއިލާއާއި ލޯބިވާ މީހުންނަށްޓަކައެވެ.

މަގުމައްޗަށް ނުނިކުމެ، މަޑުކޮށްލަންޖެހެނީ މާދިގު މުއްދަކަށްވެސް ނޫނެވެ. ކަމާއި ބެހޭ ފަރާތްތަކުން ގޮވާލާ ކަންކަމަށް ބޯނުލެނބޭ ނަމަ، އެފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ ކޮބާތޯއެވެ.؟ އެހެން ނުހައްދަވާށެވެ. ގޭގައި މަޑުކޮށްލައްވާށެވެ. އެ ފަރާތްތަކުން އަންގާ ކޮންމެ އެންގުމެއް ވެސް އެ އަންގަނީ ހަމަ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ އެއް ނޫންތޯއެވެ؟

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރާއްޖޭގެ ހާލަތު ގޯސްނުވެ، މިއަދު މިއޮތީ ދިވެހި ސަރުކާރުން ދުރާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމެވެ. ސިއްހީ ދާއިރާގައި މަަސައްކަތްކުރާ ފަރާތްތަކުގެ މިންނެތް މަސައްކަތްތަކުންކަމެވެ. އާއިލާއާއި ދުރުގައި، އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ފްރޮންޓްލައިންގައި މިއަދު ހަރަކާތްތެރިވަނީ ކިތައް މީހުންނެއްތޯއެވެ.؟

މިވަގުތު ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދެމުންގެންދާ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓާސްކްފޯސްގެ ފަރާތްތަކުން އެކުރަނީ ނިމުމެއް ނެތް ޝުކުރު ހައްގު މަސައްކަތްތެކެވެ. ހޮސްޕިޓަލުގައާއި ކަރަންޓީނު ފެސިލިޓީތަކުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން އެކުރަމުން ގެންދާ މަސައްކަތް އަގުވަޒަން ކުރުން މުހިއްމެވެ.

އެހެންކަމުން، އެފަރާތްތަކުން ދެއްވާ އިރުޝާދަށް ބޯލަނބައި، ގޭގައި މަޑުކޮށްލައްވާށެވެ. ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ މީހުންނަށްޓަކައެވެ. ރެއާއި ދުވާލު ޚިދުމަތުގައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުންނަށްޓަކައެވެ. ސާމްޕަލްތައް ނަގާ، ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ޓެކްނީޝަނުންނަށްޓަކައެވެ. އަދިވެސް، ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރަމުންދާ މީހުންނަށްޓަކައެވެ.

ފަރުދީ ޒިންމާއަދާކުރައްވާށެވެ. ހެޔޮނުވާނެއެވެ. ގޭގައި މަޑުކޮށްލައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް  "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"

ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"

02 ފެބުރުއަރީ 2020
ހެޔޮނުވާނެ ސައީދު. ގައުމީ ބަތަލުންނަށް މަލާމާތްކުރުން ހުއްޓާލާ!

ހެޔޮނުވާނެ ސައީދު. ގައުމީ ބަތަލުންނަށް މަލާމާތްކުރުން ހުއްޓާލާ!

16 ނޮވެމްބަރު 2019
މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!"

މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!"

21 ސެޕްޓެމްބަރު 2019
ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

22 އޮކްޓޯބަރު 2018
ދައުލަތޭ ކިޔައިގެން މިއުޅޭ ބައިގަނޑާއެކު އިންތިހާބަކަށް ދާން ހެޔޮނުވާނެ އެވެ!

ދައުލަތޭ ކިޔައިގެން މިއުޅޭ ބައިގަނޑާއެކު އިންތިހާބަކަށް ދާން ހެޔޮނުވާނެ އެވެ!

01 ޖޫން 2018

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު