Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޅ. ހިންނަވަރު

ހާމިދުގެ ބަދިގޭގައި: ކަރަންޓް ލައިދޭން އާދޭސްކުރާތާ ތިން އަހަރު!

އެ ބިމަކީ ކައުންސިލުން ވިޔަފާރީ ކުރަން ދޫކޮށްފައިވާ ބިމެއް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2018 | ހުކުރު 03:16
ހާމިދު މަސްކައްކާ ބަދިގޭގައި މަޑުކޮށްލައިގެން: އޭނާ މަސައްކަތްކުރާ ތަނަށް ކަރަންޓްލައިދޭން އެދި އާދޭސް ކުރާތާ ތިން އަހަރު ވެއްޖެ

ހާމިދު މަސްކައްކާ ބަދިގޭގައި މަޑުކޮށްލައިގެން: އޭނާ މަސައްކަތްކުރާ ތަނަށް ކަރަންޓްލައިދޭން އެދި އާދޭސް ކުރާތާ ތިން އަހަރު ވެއްޖެ

ޅ. ހިންނަވަރު, ޝެހެނާގެ، ހާމިދު އަބްދުއްރަހްމާން ކާންބޯ ކުރާ މަސައްކަތަކީ ދޯނި ފަހަރުން މަސް ގަނެގެން އެ ހިއްކައި، ރިހާކުރު ހެދުމެވެ. މި މަސައްކަތް އޭނާ ކުރަނީ އެރަށު ކައުންސިލުން ދޫކޮށްފައިވާ އެރަށުގެ ބިމެއްގައި ބަދިގެއެއް އަޅައިގެންނެވެ. އެހެން ނަމަވެސް މި މަސައްކަތް އޭނާ ފެށީއްސުރެ ކޮންމެ ދުވަހަކު ވެސް ކުރާ އެއް ޝަކުވާއެއް އެބަ އޮތެވެ.

އޭނާ މި މަސައްކަތްކުރާތާ ތިން އަހަރުވީ އިރު ވެސް އެތަނަށް ސަރުކާރުން ކަރަންޓް ލައިދީފައެއް ނުވެއެވެ. އެކި ފަހަރު އެކި ބަހަނާ ދެއްކުމަށް ފަހުއެވެ. "ރާއްޖެއެމްވީ" އިން ހިންނަވަރަށް ކުރި ދަތުރުގައި ހާމިދާ ދިމާވެ މަސް ކެއްކުމުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކޮށްލުމުން އެ ވާހަކަތައް ކިޔައިދިނީ އަސަރާ އެކުއެވެ. ކައުންސިލުން ދޫކޮށްފައިވާ ބިމުގައި ކުލި ދައްކައިގެން އުޅެމުންދާއިރު އޭނާގެ ކަންބޮޑުވުންތަކަށް ކައުންސިލުން ވެސް އަދި އެރަށުގެ ކަރަންޓް ދެމުންދާ ފެނަކަ އިން ވެސް ހައްލެއް ހޯދާ ދީފައެއް ނުވެއެވެ.

"މިތަން ދޫކުރި ހިސާބުން ފެށިގެން އެންމެ ދުވަހެއް ވެސް ނުދާނެ އާދޭސް ނުކުރާ. ހަމަ އާދޭސް ކުރިން. އެކަމު މިއަދާ ހަމައަށް ވެސް މި ވަނީ އަދިނުވެފައި. އަދި ކާމިޔާބުވާނެ ކޮޅެއް ވެސް ފެންނާކަށް ނެތް،" އޭނާ ބުންޏެވެ.

މިކަމުގައި ކައުންސިލުންދޭ ޖަވާބަކީ ކަރަންޓް ލައިދިނުމަށް ފެނަކައިގައި އެދިފައިވާ ވާހަކަ ކަމަށް އޭނާ ބުންޏެވެ. އަދި ފެނަކައިން ދޭ ޖަވާބަކީ އެ މަސައްކަތްކުރާ ބިމަކީ ކައުންސިލަށް ބޭނުން ވެއްޖެ ހިނދެއްގައި އަތުލެވޭ ފަދަ ގޮތަކަށް ދޫކޮށްލައި އޮތް ބިމަކަށް ވާތީ އެތަނަށް ކަރަންޓް ލައިދެވެން ނެތް ވާހަކަ ކަމަށް ހާމިދު ބުންޏެވެ.

ރޭގަނޑު ކަރަންޓް ބޭނުން ކުރެވޭނެ ގޮތެއް ނެތި އެ މަސައްކަތް ކުރަންޖެހުމުން އެ މަސައްކަތުން ލިބެން ޖެހޭ އެންމެ ރަނގަޅު މަންފާ އޭނާ އަށް ނުލިބެއެވެ. އޭނާ އެންމެ ހިތްދަތި ވަނީ އެމަސައްކަތް އޭނާއަށް އެންމެ ރަނގަޅަށް ނުކުރެވެނީ އެތަނުގައި ކަރަންޓްލައިދީފައި ނެތުމުންނެވެ. ކަރަންޓަކީ އޭނާގެ އެންމެ ބޮޑު އަދޭހަށް ވާއިރު ހަމަ އެއާއެކު އެތަނުގައި ފެން ހޮޅިއެއް ވެސް ނެތެވެ. އެކަމު ކަރަންޓަކީ އޭނާގެ އެންމެ ފުރަތަމަ އާދޭހެވެ.

"މި ސާލަކަށް ހެނދުނު މި ގަންނަނީ އެއްޓަނު މަސް. ދެން ކައްކައި ޖަހާ ނިމޭއިރު ހުންނަނީ އިރުއޮއްސިފަ. ދެން އިތުރު މަހެއް އަޅުގަނޑުމެނަކަށް ނުގަނެވޭ. އެއީ ބޮޑު ގެއްލުމެއް،" އޭނާ ބުންޏެވެ.

ހާމިދު މަސްކައްކާ ބިމާ ޖެހިގެން ހުރި ބިމުގައި މަސްކައްކާ އެހެން ބަޔަކު ވެސް އުޅެއެވެ. އެމީހުން ވެސް ކަރަންޓް ލައިދޭން ކުރި އަދޭހަށް އިޖާބަދޭނެ ބަޔަކު ނެތުމުން އެންމެ ފަހުން އެކަން ކުރީ އަމިއްލަ އަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ހަރަދެކެވެ. އާއިލާއެއް ބަލަހައްޓަމުންދާ އާދައިގެ މީހަކަށް އެކަން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަނތްބަކާއި ދެ ދަރިންނާ އެކު އާއިލާއެއް ބަލަހައްޓަމުންދާ މީހަކަށް ކުރެވޭނެ ފަދަ ކަމެއް ވެސް ނޫނެވެ.

ދުވާލު އެކި ކަން ކަމަށް ބޭނުންކޮށްލަން ކަރަންޓް ހޯދަނީ އޭނާ ގެންގުޅޭ ކުޑަ ޖަނަރޭޓަރަކުންނެވެ. އެހެން ނަމަވެސް އެއިން އެތަނުގައި ރޭގަނޑު ބޭނުންކުރެވޭނެ ވަރަށް ލައިޓްތައް ދިއްލައިގެން މަސައްކަތް ކުރެވޭ ގޮތެއް ނުވެއެވެ. މަސް ކައްކަން ކިތަންމެ ބޭނުންވި ނަމަވެސް އޮއްސޭއިރާ އެކު އޭނާގެ މަސައްކަތް ހުއްޓާލާފައި އެތަނުން ދާން ޖެހެއެވެ. އާންމު ގޮތެއްގައި މަސް ބާނައިގެން އޮޑިދޯނިފަހަރު ލަފަނީ ވެސް މެންދުރު ފަހަށް އަޅާލުމުން ކަމަށް ވާތީ އިރުއޮއްސުމާ ހަމައަށް އޭނާ އަށް މަސައްކަތްކުރަން ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ބަނދަރުން މަސް ގެނެސް އެ ކަނޑައި، ކައްކައި އަދި ދެން ހުރި މަސައްކަތް ވެސް ކޮށް ނިންމަންޖެހެއެވެ.

ހާމިދަށް މި މަސައްކަތް ކުރަން ދޫކޮށްފައިވާ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހުރި ކުނި ކޮއްޓަށް ވެސް ކަރަންޓް ލައިދީފައި ވެއެވެ. ހަގީގަތަކީ އޭނާ މި މަަަސައްކަތްކުރާ ސަރައްހަދަށް ވުރެ ކުނިކޮށި ހުރި ސަރަހައްދު ރަށުގެ މީހުން އުޅޭ ސަރަހައްދާ ވެސް މާދުރު ކަމެވެ. އަދި ކައުންސިލުން ވިޔަފާރީގެ އުސޫލުން ދޫކޮށްފައިވާ އެހެން ބިންތަކަށް ވެސް ކަރަންޓް ލައިދީފައި އެބަ ހުއްޓެވެ. އެހެން ކަމުން ކަރަންޓް ލައިނުދީ ދައްކާ ބަހަނާތަކަކީ އެންމެ ހަމަޖެހޭ ވާހަަކަތަކެއް ކަމަށް ގަބޫލު ކުރެވޭކަށް ވެސް ނެތެވެ. ހާމިދެކޭ އެއްގޮތަށް އެރަށުގެ ބައެއް އެހެން މީހުން ވެސް ދެކެނީ ހާމިދާއި އަދި އެހެން މަަސައްކަތްކުރާ މީހުންނަށް ކަރަންޓް ލައިނުދީ ހުރުމަކީ ވެފައިވާ ބޮޑު އިހްމާލެއް ގޮތުގައެވެ.

ހާމިދުގެ އާދޭހަކީ އޭނާ ކާންބޯންކުރާ މަސައްކަތައް އެއްބާރުލުން ދިނުމެވެ. ވިޔަފާރީ އުސޫލުން ދޫކޮށްފައިވާ ބިމަށް ކޮންމެ މަހަކު ކުލި ދައްކާއިރު އޭނާއަށް އެއިން ރަނގަޅު މަންފާއެއް ލިބޭނެ ގޮތަށް ކަންތައް ކޮށްދޭން ޖެހެނެ ކަމަށް ރަށުގެ އެހެން މީހުން ވެސް ދެކެއެވެ. އެހެން ނަމަވެސް މިއަދު ވެސް އިރު އޮއްސުނީ އޭނާގެ ކަންބޮޑުވުމަށް ހައްލެއް ނުލިބިއެވެެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާ އަނެއް ބަޣާވާތް، މިފަހަރު "ކަރަންޓް ބަޣާވާތް"؟

އަނެއްކާ އަނެއް ބަޣާވާތް، މިފަހަރު "ކަރަންޓް ބަޣާވާތް"؟

01 ޖޫން 2025
އިއްތިފާގުގެ މައްޗަށް އިއްތިފާގު، ކަރަންޓް ބިލްވެސް އިއްތިފާގު

އިއްތިފާގުގެ މައްޗަށް އިއްތިފާގު، ކަރަންޓް ބިލްވެސް އިއްތިފާގު

08 މެއި 2025
އައްޑޫ ކަރަންޓްގެ މައްސަލަ: ސަރުކާރާއި ހުރެ ރައްޔިތުންނަށް ޖެހިފައިވާ ތަކްލީފެއް!

އައްޑޫ ކަރަންޓްގެ މައްސަލަ: ސަރުކާރާއި ހުރެ ރައްޔިތުންނަށް ޖެހިފައިވާ ތަކްލީފެއް!

06 މާރިޗު 2025
ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

03 ޖޫން 2024
މޭޔަރު ގޮތް ދޫނުކުރެއްވުމުގައި - ރައްޔިތުން ކަރަންޓް ކެނޑުމުގެ ތުންފަތްމަތީގައި!

މޭޔަރު ގޮތް ދޫނުކުރެއްވުމުގައި - ރައްޔިތުން ކަރަންޓް ކެނޑުމުގެ ތުންފަތްމަތީގައި!

10 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު