Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ހެޔޮނުވާނެ ސައީދު. ގައުމީ ބަތަލުންނަށް މަލާމާތްކުރުން ހުއްޓާލާ!

16 ނޮވެމްބަރު 2019 | ހޮނިހިރު 13:16

ސައީދު ވަނީ 2023 ވަނަ އަހަރު ވެރިކަމަށް އަންނަނީ ބަދަލުހިފަން ކަމަށް ވިދާޅުވެފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 ނޮވެމްބަރު 2019 | ހޮނިހިރު 13:16
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

މަޖިލިސް އިންތިހާބުން ފެއިލްވުމަށް ފަހު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރު ޖަވާބުދާރީ ކުރުމަށް އެ ކޯލިޝަނުން ކުރަމުން އަންނަ މުޒާހަރާތަށް އިންތިހާއަށް ގިނައެވެ. މި މުޒާހަރާތަކުގައި އޮއްޓަރު ހުރި ވާހަކަތަކެއް ނުދައްކާކަމީ ހުރިހާ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތެކެވެ.

ދަނޑިވަޅެއްގެ ބޭނުން ހިފައި ސަރުކާރަށް ފާޑުކިޔައި ދީން ހިމާޔަތްކުރުމުގެ ނަމުގައި ވެރިކަން ވައްޓާލަންވެސް އުޅެފިއެވެ. ވީ ނާކާމިޔާބެވެ. މިއަދު ދައްކަވަނީ ބަދަލު ހިފުމުގެ ވާހަކައެވެ. އެ އިންޒާރު މާވަށު ދާއިރާގެ މެމްބަރ އަދި ޕީއެންސީގެ ނައިބު ރައީސް ދެއްވައިފިއެވެ. 2023 ވަނަ އަހަރު ޔާމީން ވެރިކަމަށް އަންނާނެކަމަށާއި އެނބުރި އަންނާނީ ބަދަލު ހިފަންކަމަށެވެ. ރައްޔިތުންގެ ހައްގުތަށް ދިފާއުކުރުމުގެ ނަމުގައި އަބަދުވެސް މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތަށްކަން ރައްޔިތުންނަށް މި ބަސްތަކުން އެކަނިވެސް ސާބިތުވެގެން ގޮސްފިއެވެ.

ފުނޑާލައިފި ނަމުގައި ޕީޕީއެމް އިން ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނަކީ މި ޒަމާނުގެ މުހައްމަދު ތަކުރުފާނުކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ދިވެހިރާއްޖެއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގެން އެ ބަދަލު ގެންނެވުމަށް މާތްﷲ މިންވަރު ކުރެއްވި ލީޑަރަކި ރައީސް ޔާމީން ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި، މިއަދު މުހައްމަދު ތަކުރުފާނު މި ދުނިޔެމަތީގައި ހުންނެވިނަމަ، ދައްކަވާނީ ރައީސް ޔާމިން ދައްކަވާ ވާހަކަފުޅުތައް ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މުހައްމަދު ތަކުރުފާނާއި ރައިސް ޔާމީން ކުރެއްވި މަސައްކަތަކީ އެއް ވަރުގެ މަސައްކަތެއްކަމަށް ބަޔަކަށް ކިތަންމެ ވަރަކަށް ދައްކަން އުޅުނަސް، މުހައްމަދު ތަކުރުފާނާއި ކުރީގެ ރައީސް ޔާމީން ގައުމަށް ކޮށްދިން ހިތުމަތުގައި ހާސްތަން ތަފާތު އެބަހުއްޓެވެ. ގައުމާއި ވަތަނަށް ދިވެހިން ކުރާ ލޯބީގެ ނާޖައިޒު ފައިދާ ނަގައި، ދިވެހިންގެ ލޭ ކައްކުވަން ތިޔަ ޒާތުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އެ ބަތަލަކާއި މެދު އެންމެހޭ ދިވެހިން ފަހުރުވެރިވާ މުހައްމަދު ތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ފެއްޓެވި ޖިހާދަކީ މަތިވެރި ޖިހާދެކެވެ. އެ ޖިހާދު ފައްޓަވަން ޖެހުނީ ދިވެހިންނަށް އޭރު ލިބެމުން ދިޔަ އަނިޔާ ހުއްޓުވުމަށާއި މިގައުމުން އިސްލާމްދީން ފޮހެވިދާނެ ކަމުގެ ބިރައްޓަކައެވެ. ދިވެހި ގައުމިއްޔަތު މުޅިން ނެތިގެން ހިނގައިދާނެކަމުގެ ބިރައްޓަކައެވެ. ހިތްވަރުފުޅާއެކު ދަންވަރުގެ ވަގުތުތަކުގައި ރަށްރަށަށް އަރައި ޕޯޗްގީޒުންނާ ހަނގުރާމަ ކޮށް ދިވެހިންނަށް ނަސްރު ހޯއްދައިދެއްވިއެވެ.

ދެން އެ ބަތަލަކާ އެއްފަދަ ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ވައްކަމާއި ހިޔާނާތުގެ އެތައް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. ތެދެއް. ރައީސް ޔާމީން ގައުމަށް ތަރައްގީ ގެނެސްދެއްވިއެވެ. އެކަމަކާއި ދެކޮޅު ހަދާކަށް އަޅުގަނޑު ނޫޅެމެވެ. ނަމަވެސް ދީނާ ވަހުދަތުގެ ދިފާއުގައި ކުރެއްވި ހަމައެކަނި ކަމަކީ އެ ވާހަކަތައް ދެއްކެވުމެވެ. މުސްލިމުންނަށް އަނިޔާވެރިވާ ބަޔަކުވެސް އެ މަނިކުފާނާއި އެ މަނިކުފާނުގެ ވާގިވެރިންނަށް ގޯސްވަނީ އެ ބޭފުޅުންގެ ސިޔާސަތުތަކަށް ފާޑު ކިޔުމުންނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ މުސްކުޅިން ބުނާ ބީދައިން ފަހަރުގައި އެކަންކަން ނުފެނުނީ ކަމަށް ވެދާނެއެވެ.

ފައިސާ ލިބުނީމާ އެއީ ހަލާލު އެއްޗެއްތޯ އެކަކު ވެސް ނުބަލާނެ ކަމަށާއި ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއާއި ހުދު އަނބިމީހާވެސް ގިނަ އަދަދުން ފައިސާ ވަނީމާ ސުވާލު ނުކުރާނެ ފަދަ މޭރުމަކުން ތިޔަބުނާ ރައީސެއް ވާހަކަ ދެއްކެވިއެވެ. ނިވާކަން ކުޑަ ހެދުން ލައިގެން ނަށަން ތިބި އަންހެނުންނާއި ސްޓޭޖް ޝޯތައް ބޭއްވިއެވެ. ކަނޑު އަޑީގައި ބުދު މައުރަޒެއް ހުޅުވިގެން ދިޔައެވެ. ބެންކޮކް އަންހެނުންނަކީ ހިލޭ އަންހެނުން ނޫންކަމަށް ވިދާޅުވީވެސް ހަމަ އެ ދޫފުޅުންނެވެ.

މުހައްމަދު ތަކުރުފާނާއި ރައީސް ޔާމީނާއި ގުޅުވައި ވާހަކަ ދައްކަވަން، އިއްޒަތްތެރި މެމްބަރަށް ކެރިވަޑައިގެން ކަމާއި މެދު އަޅުގަނޑު ހަމަ އާޝޯހު ވެއްޖެއެވެ. ސައީދުއެވެ. އެ ވެރިކަމަކާއި މެދު ހިތްހަމަނުޖެހިގެން ވޯޓުން ނިންމަވާލެއްވި ރައީސްއަކާއި، ގައުމު އަދި އަދަށް ދާން ދެންވެސް އެ ބަތަލެއްގެ ޒިކުރާ އާކުރާ ބަތަލަކާއި އެއްފަދަ ކުރެއްވުމުން، ތިޔަ ކުރެއްވެނީ އެ ބަތަލުންގެ ހަނދާނަށް ބޮޑު މަލާމާތެކެވެ.

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2017

މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

01 ޑިސެމްބަރު 2017
މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!
23 ނޮވެމްބަރު 2017

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!
19 ނޮވެމްބަރު 2017

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟
19 ނޮވެމްބަރު 2017

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
19 އޯގަސްޓު 2017

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
17 އެޕްރީލު 2017

ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

17 އެޕްރީލު 2017
ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް