Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ރާއްޖޭގައި ތިބި ޔޫރަޕް ފަތުރުވެރިން ފޮނުވާލުމުގެ އިންތިޒާމްތަކަށް ބޭރުގެ ފަރާތްތަކުގެ ތައުރީފް

ބޭރުގެ ޤައުމުތަކާއި ރާއްޖޭގެ އިދާރާތަކުގެ މެދުގައި އޮތް އެއްބާރުލުމާއި ގުޅުން ދައްކުވައިދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މާރިޗު 2020 | ބުދަ 09:49
ފަތުރުވެރިން އަނބުރާ ފޮނުވާލުމާއި، އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިންކަން ފާހަގަކޮށްފައިވޭ

ފަތުރުވެރިން އަނބުރާ ފޮނުވާލުމާއި، އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިންކަން ފާހަގަކޮށްފައިވޭ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތިބި ޔޫރަޕް ފަތުރުވެރިން އެނބުރި ޤައުމަށް ފޮނުވާލުމުގެ އިންތިޒާމްތައް ރޭވިގެންދިޔަ ގޮތާމެދު ބޭރުގެ ފަރާތްތަކުން ތައުރީފުކޮށްފިއެވެ.

ޔޫރޮޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސް (އީއީއޭއެސް) އިން ރިޕޯޓް ކޮށްފައިވާގޮތުން ރާއްޖޭގައި ތިބި ޔޫރަޕްގެ ޤައުމުތަކުގެ ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވާލުމުގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަކީ ބޭރުގެ ޤައުމުތަކާއި ރާއްޖޭގެ އިދާރާތަކުގެ މެދުގައި އޮތް އެއްބާރުލުމާއި ގުޅުން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ.

އެގޮތުން ރާއްޖޭގައި އެ ޤައުމުތަކުގެ އެމްބަސީއެއް ނެތް ނަމަވެސް ރާއްޖެއިން ފޯރުކޮށްދިން އަވަސް ޚިދުމަތާއި އެހީތެރިކަން އެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

އީއީއޭއެސްއިން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެއިން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ނިންމިއިރު، ރާއްޖޭގައި 34،000 އަށްވުރެ ގިނަ ބޭރުގެ ފަރާތްތައް ތިއްބެވެ. އޭގެ ތެރެއިންވެސް ގިނައީ ޔޫރަޕްގެ ޤައުުތަކުގެ މީހުންނެވެ. އެގޮތުން ރާއްޖެއާއި ޔޫރަޕާ ދެމެދު ކޮމަރޝަލް ފްލައިޓްތައް ބާއްވައި، ފަތުރުވެރިން އަނބުރާ ފޮނުވާލުމާއި، އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މާލޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގެ އެއްބާރުލުން ލިބިގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، ރާއްޖޭގެ ޝައްކު ކުރެވޭ ކޭސްތަކާއި، ކޮވިޑް-19 ގެ ޙާލަތު ޤަވާއިދުން އެ ފަރާތްތަކަށް އަޕްޑޭޓް ކުރަމުން ދިޔަކަން ފާހަގަކޮށް އީއީއޭއެސްއިން އިތުރަށް ބުނީ، ރާއްޖޭގައި އައިސޮލޭޝަންއާއި ކަރަންޓީންގެ ކަންކަން ބެލެހެއްޓިގެން ދިޔަ ގޮތުން މި ވައިރަސް އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިގެންވެސް ދިޔަ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު