Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ޕާކިސްތާނާއި، ފިލިޕީންސްގައި ތިބި ކުދިންނަށް ރާއްޖެއަށް އާދެވޭނެ ޓްރެވަލް ރޫޓިންތައް ހޯދަނީ

23 މާރިޗު 2020 | ހޯމަ 17:21

ޕާކިސްތާނަށް ޖައްސާ ފްލައިޓްތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2020 | ހޯމަ 17:21
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ޕާކިސްތާނާއި، ފިލިޕީންސްގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ކުދިން ރާއްޖެގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ރާއްޖެއަށް އާދެވޭނެ ޓްރެވަލް ރޫޓިންތައް ހޯދުމުގެ މަސައްކަތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުއް އަޒީޒް ވިދާޅުވީ ޕާކިސްތާނުގައި ތިބި ދިވެހިންގެ ތެރެއިން އަންނަ ބޭނުންވާ ފަރާތްތަކަށް ނާދެވެނީ ޕާކިސްތާނަށް ޖައްސާ ފްލައިޓްތަކުގެ ދަތުރުތައް މެދުކަނޑާލާފައިވާތީ ކަމަށެވެ.

Advertisement - newsAdvertisement

އެކުދިން ރާއްޖެއަށް ގެނެއުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ޕާކިސްތާނުގައި ކިޔަވަން ތިބި 13 ކުދިންނާއި ގުޅި އެކުދިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިކުދިންނަށް ރާއްޖެއަށް އާދެވޭނެ ޓްރެވަލް ރޫޓިންތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފިލިޕީންސްގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް ރާއްޖެ ނާދެވި ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ ފިލިޕިންސްއިން ވައިގެ މަގު ބަންދުކޮށްފައިނުވި ނަމަވެސް ބައެއް ފްލައިޓްތައް ކެންސަލްވުމާއި، ފްލައިޓުން ދިވެހި ކުދިންނަށް ޖާގަލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިކުދިންނަށްވެސް ރާއްޖެއަށް އާދެވޭނެ ޓްރެވަލް ރޫޓިންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މިހުރިހާ ކުދިންނާ ވެސް ކޮންޓެކްޓް ކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން މަބްރޫކް ވަނީ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔަވާ ކުދިންނާއި، ދިރިއުޅެމުންދާ އާއިލާތައް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ރަޖިސްޓަރވުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް