Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

އޮލިމްޕިކުން ރަން މެޑަލް ހޯދާފައިވާ ވެން ޑަ ބާގް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

މި ވައިރަހާ ހަނގުރާމަކުރާތާ މިހާރު 14 ދުވަސްވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 މާރިޗު 2020 | ހޯމަ 12:50
ކުރީގެ ފެތުންތެރިޔާ ވެން ޑަ ބާގް

ކުރީގެ ފެތުންތެރިޔާ ވެން ޑަ ބާގް

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އޮލިމްޕިކް ގޭމްސްގެ ފެތުމުގެ ބައިން ރަން މެޑަލް ހޯދާފައިވާ ވެން ޑަ ބާގް ޕޮޒިޓިވްވެއްޖެ އެވެ.

މި ވައިރަހަށް ޕޮޒިޓިވްވިކަން ވެން ޑަ ބާގް ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. ސައުތު އެފްރިކާއަށް އަށް އުފަން ބުނީ މި ވައިރަހާ ހަނގުރާމަކުރާތާ މިހާރު 14 ދުވަސްވެފައިވާ ކަމަށާއި، މިއީ މިހާތަނަށް އޭނާ ތަހައްމަލުކުރަން ޖެހުނު އެންމެ އުދަނގޫ އެއް ބަލި ކަމަށެވެ.

އުމުރުން 31 އަހަރުގެ ވެން ޑަ ބާގް ވަނީ 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކްސްގެ ފެތުމުގެ 100މ ބްރެސްޓްސްޓްރޯކް ބައިން ރަން މެޑަލް ހޯދާފައެވެ. އަދި އޭނާ ވަނީ 2016 ވަނަ އަހަރު ރިއޯ ޑި ޖެނީރޯގައި ބޭއްވި ސަމާ އޮލިމްޕިކްސްއިން ރިހި މެޑަލްވެސް ހާސިލުކޮށްފައެވެ. އޭނާ ފެތުމުން ރިޓަޔާ ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

ކުރީގެ ފެތުންތެރިޔާ ވެން ޑަ ބާގް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ދުނިޔޭގެ ގިނަ އެތުލީޓުންތަކެއް މިހާތަނަށް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން އެކި ކުޅިވަރު މުބާރާތްތައް ފަސްކޮށްފައިވާއިރު، މިއަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ އޮލިމްޕިކްސް ބާއްވާ ތާރީޚު ފަސްކުރަން ޖަޕާން ސަރުކާރަށް ހަތަރު ހަފުތާގެ މުހުލަތެއް ދީފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު