ކޮވިޑް-19: ވައިރަސްގެ އަލާމާތެއް ފެންނަނަމަ ސިއްރުނުކޮށް ހިއްސާކުރުމަށް އިލްތިމާސްކޮށްފި
23 މާރިޗު 2020 | ހޯމަ 12:43ރާއްޖެއަށް ބޭރުން މީހުން އަންނައިރު، ބަލީގެ ބިރު އޮންނާނެ


މާލޭގެ މަގުމަތިން މީހުން މަދުނުވާ ކަމުގެ ޝަކުވާ ލިބޭ
ކޮވިޑް-19އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިވައިރަސްގެ އަލާމާތެއްގެ އަސަރެއް ފެންނަނަމަ އެކަން ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ރާއްޖެއަށް ބޭރުން މީހުން އަންނައިރު، ބަލީގެ ބިރު އޮންނާނެ ކަމަށާއި، ސޯޝަލް އައިސޮލޭޝަން އަށް ބާރު އަޅަނީ ބަލި ފެތުރުމުގެ ބިރު އޮތުމުން ކަމަށެވެ.
ސޯޝަލް އައިސޮލޭޝަންގެ މުހިންމުކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ މިއީ ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމަށާއި، ބަލި ފެތުރިއްޖެ ނަމަ ހުރިހާ އެންމެންނަށްވެސް މިއީ ބޮޑު ކާރިސާއެއްގެ ގޮތުގައި ދެމިގެން ގޮސްދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ބައްދަލުވާ މީހުންނާ ދެވޭ ތަންތަން ވަރަށް ރަނގަޅަށް ހަނދާނުގައި ބަހެއްޓުން ވަރަށް މުހިންމު ކަމަށެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 05 މީހަކު ރަނގަޅުވެފައިވާކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ ބަލިން ބަޔަކު ފަސޭހަވި ނަމަވެސް ދިވެހިންނަށް އޮތް ރިސްކު ކުޑަ ނުވާ ކަމަށެވެ.
ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، ވައިރަސްގެ އެއްވެސް އަލާމާތެއް ފެނުނު ނަމަވެސް ސިއްރު ނުކޮށް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް، ޓެސްޓު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.









