Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންގެ މަޖިލިސް

ކޮރޯނާވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

28 ޖެނުއަރީ 2020 | އަންގާރަ 13:23

މިބަލީގެ ޚަބަރު ސަރުކާރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 ޖެނުއަރީ 2020 | އަންގާރަ 13:23
ކޮރޯނާވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ކުރިއަށްދަނީ

ކޮރޯނާވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ކުރިއަށްދަނީ

"ނޮވެލް ކޮރޯނާވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، މިބަލީގެ ޚަބަރު ސަރުކާރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަމަށާ، މިގޮތުން އެންމެ ފުރަތަމަ އެކުލަވާލެއްވީ ކަމާގުޅޭ ޚާއްޞަ ޓާސްކްފޯހެއް ކަމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި އެ ޓާސްކްފޯހުގެ މަސައްކަތްތައް ކަމާބެހޭ ދާއިރާތައް ގުޅިގެން ކުރިޔަށް އެބަދާކަމަށާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން އެބަގެންދަވާކަމުގައި ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޓާސްކްފޯހުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެފަހުގެ މަޢުލޫމާތު، ކަމާބެހޭ ވަޒީރުން، މަޖިލީހާ ޙިއްސާކުރެއްވިއެވެ.

އަދި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި "ނޮވެލް ކޮރޯނާވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައި، ވަޒީރުން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު "ނޮވެލް ކޮރޯނާވައިރަސް" ފެތުރެން ފެށުމާ ގުޅިގެން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި "ތަރމަލް ކެމެރާ" ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން މެދުވެރިކޮށް ރާއްޖެއަށް އެތެރެވާ ހުރިހާ ފަސިންޖަރުން ސްކްރީންކުރުމާއި، މި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ ޢަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުން ހިމެނެއެވެ.

މީގެ އިތުރުން، ޗައިނާއާއި މި ބަލީގެ އަސަރު ފެނިފައިވާ އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ މަޢުލޫމާތު ސާފުކުރައްވާ، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 މެއި 2019

ކާރިސާއެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް ޑިޒާސްޓަރ މެނޭޖުމަންޓުން އިލްތިމާސްކޮށްފި

27 މެއި 2019
ކާރިސާއެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް ޑިޒާސްޓަރ މެނޭޖުމަންޓުން އިލްތިމާސްކޮށްފި
01 މެއި 2019

ބަހަށް އަރާ ފަސިންޖަރުންގެ ސަލާމަތާ މެދު ރައްކާތެރިވުމަށް އެމްޕީއެލް އިން ޑްރައިވަރުންނަށް އަންގައިފި

01 މެއި 2019
ބަހަށް އަރާ ފަސިންޖަރުންގެ ސަލާމަތާ މެދު ރައްކާތެރިވުމަށް އެމްޕީއެލް އިން ޑްރައިވަރުންނަށް އަންގައިފި
24 މާރިޗު 2019

ގަދަ ހޫނަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

24 މާރިޗު 2019
ގަދަ ހޫނަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
24 މެއި 2018

އަރިދަފުސް ރޯގާއާއި ޑެންގީ ފެތުރެމުންދާތީ ރައްކާތެރިވުމަށް ހެލްތު މިނިސްޓްރީއިން އިލްތިމާސް ކޮށްފި

24 މެއި 2018
އަރިދަފުސް ރޯގާއާއި ޑެންގީ ފެތުރެމުންދާތީ ރައްކާތެރިވުމަށް ހެލްތު މިނިސްޓްރީއިން އިލްތިމާސް ކޮށްފި
23 މެއި 2018

އެޑިއުކޭޝަން މިނިސްޓްރީން ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާތީ އެކަމާއި ދެކޮޅަށް ޢިލްމުވެރިންތަކެއް ތެދުވެއްޖެ

23 މެއި 2018
އެޑިއުކޭޝަން މިނިސްޓްރީން ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާތީ އެކަމާއި ދެކޮޅަށް ޢިލްމުވެރިންތަކެއް ތެދުވެއްޖެ
21 ފެބުރުއަރީ 2018

ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން މިއަދުވެސް ސުޕްރީމް ކޯޓަށް

21 ފެބުރުއަރީ 2018
ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން މިއަދުވެސް ސުޕްރީމް ކޯޓަށް
20 ފެބުރުއަރީ 2018

ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން ސުޕްރީމް ކޯޓަށް

20 ފެބުރުއަރީ 2018
ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން ސުޕްރީމް ކޯޓަށް
09 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ގަރާރުން އަޅަމުންދާ ފިޔަވަޅުތައް ބާތިލު: ވަކީލުން

09 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ގަރާރުން އަޅަމުންދާ ފިޔަވަޅުތައް ބާތިލު: ވަކީލުން
12 ޖުލައި 2017

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް

12 ޖުލައި 2017
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް