Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19 ގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނަމާދަށް ނުދިޔުމަށް އަންގައިފި

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާޢަތަށް ކުޑަކުދިންނާއި މުސްކުޅިން ނުދިޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މާރިޗު 2020 | އާދީއްތަ 16:09
ޖަމާއަތުގައި ނަމާދުކުރަނީ

ޖަމާއަތުގައި ނަމާދުކުރަނީ

ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިވައިރަސްގެ އަލާމާތެއް ހުރިނަމަ އެމީހަކު މިސްކިތައް ޖަމާޢަތަށް ނުދިޔުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން އެކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިވައިރަސްގެ އަލާމާތްތައް ކަމަށްބެލެވޭ ހުން އައުމާއި، ކެއްސާ ކިނބިހި އެޅުމާއި، ކަރަންޓީނު ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، ޢާންމުން އެއްވެ އުޅޭ ޖަމާޢަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާޢަތައް ކުޑަކުދިންނާއި، މުސްކުޅިން ނުދިޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ކަންކަމަކީ ދީނުގައި މިމަގަށް ބާރުއަޅާފައިވާ ކަންކަމެވެ. އަދި މިފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަނަމަ މިސްކިތުގެ ޖަމާޢަތަށް ނުދިޔުމަކީ އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ހިމެނޭކަމެއް ކަމާމެދު ޝައްކުނުކުރާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ. އަދި މާތްﷲ ގެ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަ ހިނދު، އެމީހަކު މިސްކިތުގެ ޖަމާޢަތުން އެއްކިބާކުރާ ނަމާދަށް، އެމީހަކަށް ފުރިހަމަ ޞިއްޙަތެއްގައި ވީހިނދު، މިސްކިތުގެ ޖަމާޢަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ޘަވާބު ލިބިގެންދާނެ އެވެ.

މިފަދަ ދަނޑިވަޅުތަކުގައި، މާތްﷲ ގެ ރަޙުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ ފުރިހަމައަށް މާތްﷲ އަށް ވަކީލު ކުރުމަށާއި، ގިނަ ގިނައިން ދުޢާކޮށް އުޅުމަށް ނަޞޭޙަތްތެރިވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ. އަދި އެއިރަކަށް ބޭނުންވާ ދީނީ މަޢުލޫމާތު ޢިލްމުވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

23 މެއި 2018

ޑރ މަޖީދަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި

23 މެއި 2018
ޑރ މަޖީދަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި
02 ފެބުރުއަރީ 2018

ހުކުރު ނަމާދަށް ފަހު ހާއްސަ ދުއާއެއް ކުރުން އިސްލާމީ މަރުކަޒުގައި

02 ފެބުރުއަރީ 2018
ހުކުރު ނަމާދަށް ފަހު ހާއްސަ ދުއާއެއް ކުރުން އިސްލާމީ މަރުކަޒުގައި
31 ޖެނުއަރީ 2018

މިރޭ މަޣްރިބު ނަމާދަށްފަހު ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ: އިސްލާމިކް މިނިސްޓްރީ

31 ޖެނުއަރީ 2018
މިރޭ މަޣްރިބު ނަމާދަށްފަހު ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ: އިސްލާމިކް މިނިސްޓްރީ
13 ޑިސެމްބަރު 2017

ބަންދުކޮށްފައި ހުރިނަމަވެސް ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާނަން: ފާރިސް މައުމޫން

13 ޑިސެމްބަރު 2017
ބަންދުކޮށްފައި ހުރިނަމަވެސް ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާނަން: ފާރިސް މައުމޫން
08 ޑިސެމްބަރު 2017

ހުކުރު ނަމާދަށް ފަހު ދުއާކުރަނިކޮށް އަނެއްކާ ވެސް މަހްލޫފް ބައްޕަ ހައްޔަރުކޮށްފި

08 ޑިސެމްބަރު 2017
ހުކުރު ނަމާދަށް ފަހު ދުއާކުރަނިކޮށް އަނެއްކާ ވެސް މަހްލޫފް ބައްޕަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު