Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވީޑް-19

ކޮވިޑް-19: މާލެގެ މަގުތައް ކްލޮރިންޖަހައިގެން ސާފުކުރަން ފަށައިފި!

23 މާރިޗު 2020 | ހޯމަ 07:11

ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފްއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 23 މާރިޗު 2020 | ހޯމަ 07:11
މާލެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން

މާލެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން

މުޅި މާލެ ކްލޮރިން ޖަހައިގެން ސާފުކުރަން ފަށައިފިއެވެ.

މާލޭގެ މަގުތައް ސާފުކުރުން ފެށިގެން މިހާރު ކުރިޔަށް ދާއިރު މިކަމާއި ގުޅޭ ތަފުސީލުތައް ހިއްސާކުރަމުން މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، މިވަގުތު 2 ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ ހުރިހާ ސަރަހައްދެއް ފެންޖަހައި ސާފުކުރުމާއި ގިނައިން ކުނި ޖަމާވެފައި ނުނަގައި ގިނަ ދުވަސްވެފައިވާ ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ޝިފާ ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ގެތައް ކައިރީ ޖަހާފައި ހުންނަ ޕެލެޓްތައް ނެގުމަށްފަހު ސާފުކުރާނެކަމަށެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ގޮތަށް ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މަގުތަކަށް ކުޅު ނުޖުހުމަށާއި ގެއިން އުކާލާ ކުނި މަގުތަކުގައި ނުބެހެއްޓުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ. ހޯމަ ދުވަހު ފަށާފައިވާ މި މަސައްކަތުގައި، ހޮޓާ ރެސްޓޯރަންޓް ސަރަހައްދުގައި ހަޑިވެފައި ހުންނަ ތަންތަން ސާފުކުރުމާއި، ވަކީން ގޮސް ޕެލެޓް ތަކުގެ ދަށުގައި ކުނި ޖަމާވެފައިވާ ތަންތަން ސާފުކުރުން ހިމެނެއެވެ.

ޝިފާ ވިދާޅުވީ، މަގުތަށް ސާފުކުރުމުގައި އެޗްޕީއޭއިން ލަފާދިފައިވާ މިންގަނޑަށް ކްލޮރިން ޖަހާނެކަމަށާއި މިކަމުން އެއްވެސް އުޅަނދަކަށް ގެއްލުން ނުވާނެކަމަށެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް މަގުމައްޗަށް ކުނި އުކާނުލުމަށް ޝިފާ ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފްއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

21 ޖުލައި 2018

މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި

21 ޖުލައި 2018
މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި
09 ޖުލައި 2018

މުދިމުނެތި، މަސައްކަތު މީހުން ބަލިވުމުން މިސްކިތް ސާފުކުރަން ކައުންސިލަރުން!

09 ޖުލައި 2018
މުދިމުނެތި، މަސައްކަތު މީހުން ބަލިވުމުން މިސްކިތް ސާފުކުރަން ކައުންސިލަރުން!
26 މެއި 2018

ބްރިޖާ ގުޅޭ މަގުތައް ހަދަން ފަށައިފި

26 މެއި 2018
ބްރިޖާ ގުޅޭ މަގުތައް ހަދަން ފަށައިފި
30 އެޕްރީލު 2018

ކަނޑައެޅި ތާރީޚަށް ވުރެ، އަހަރެއް ފަހުން ހުޅުމާލޭ ދެވަނަ ފިިޔަވަހީގެ މަގުތައް ނިންމައިފި

30 އެޕްރީލު 2018
ކަނޑައެޅި ތާރީޚަށް ވުރެ، އަހަރެއް ފަހުން ހުޅުމާލޭ ދެވަނަ ފިިޔަވަހީގެ މަގުތައް ނިންމައިފި
18 އެޕްރީލު 2018

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފާޚާނާ މަރަދޫ ކައުންސިލަރަށް ސާފުކުރަންޖެހިއްޖެ

18 އެޕްރީލު 2018
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފާޚާނާ މަރަދޫ ކައުންސިލަރަށް ސާފުކުރަންޖެހިއްޖެ
22 މާރިޗު 2018

މިއަދުވެސް ޝެއިހް އިމްރާން ޑޮކްޓަރަށް ދެއްކުމަށް މާލެގެނެސްފި

22 މާރިޗު 2018
މިއަދުވެސް ޝެއިހް އިމްރާން ޑޮކްޓަރަށް ދެއްކުމަށް މާލެގެނެސްފި
10 މާރިޗު 2018

ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ

10 މާރިޗު 2018
ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ
02 ފެބުރުއަރީ 2018

ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި

02 ފެބުރުއަރީ 2018
ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި
19 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

19 ޑިސެމްބަރު 2017
 މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް