Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގު ހެދުން

މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި

21 ޖުލައި 2018 | ހޮނިހިރު 06:10

އެ މަސައްކަތަކީ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ މަޝްރޫއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2018 | ހޮނިހިރު 06:10
ރިންޑް ރޯޑްގެ މަސައްކަތް ކުރިއަށް ގެންދާ މާލޭގެ ބޮޑުތަކުރުފާނު މަގު

ރިންޑް ރޯޑްގެ މަސައްކަތް ކުރިއަށް ގެންދާ މާލޭގެ ބޮޑުތަކުރުފާނު މަގު

މާލެ އާއި ހުޅުލެއާ ދެމެދު ތަރައްގީ ކުރަމުން އަންނަ ސިނަމާލެ ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުގައި ވެހިކަލްތައް ނުދުއްވުމަށާއި، ޕާކް ނުކުރުމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރިންގް ރޯޑުގެ މަސައްކަތަކީ އެ މިނިސްޓްރީން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، މި ދުވަސް ވަރަކީ އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ބަންދުކޮށްފައިވާ ސަރަހައްދުގައި ވެހިކަލް ނުދުއްވުމަށާއި ޕާކް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ހައުސިން މިނިސްޓްރީން ބުނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ޓާމިނަލް އިން ފެށިގެން މެރީބްރައުނާ ހަމައަށް ބަންދުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތަށް އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސް އެސަރަހައްދުގައި ވެހިކަލްތައް ޕާކް ނުކުރުމަށް ކުރިން ވެސް ޓްރާންސްޕޯޓް އޮތޯރިޓީން އަންގާފައިވާ ކަމަށާއި، ނަމަވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

އެ ސަރަހައްދުގައި އެއްވެސް ވެހިކަލެއް ޕާކް ކުރާނަމަ، އެ ވެހިކަލް އެތަނުން ނެގޭނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ވެހިކަލް ނެގުމުގެ ތެރޭގައި ވެހިކަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާއި އެއްގޮތަށް އަމަލު ކުރުމަށާއި ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މަގު ހެދުމުގެ މަސައްކަތާ ގުޅިގެން ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނު މަގަށް ނުކުންނަ މަގާއި ފެމެލީ ކޯޓު ކައިރީގެ މަގު ވަނީ ބަންދުކޮށްފައެވެ. މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވެސް ވަނީ ނިންމައިފައެވެ. ބްރިޖަށް ދަތުރުކުރާ މައި މަގުތައް ފުޅާ ކުރާ އިރު މަގުގެ ކޮންމެ ފަރާތެއްގައި ދެ މީޓަރުގެ ޕޭވްމަންޓެއް އޮންނާނެ އެވެ.

ބޮޑުތަކުރުފާނުގައި މިހާރު ތާރު އަޅާފައިވާ ހިސާބުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް ތާރު އަޅަން ވަނީ ނިންމާފައެވެ. މި މަގު ތަރައްގީ ކުރުމުގެ މަސައްކަތާ އެކު އާޓިފިޝަލް ބީޗުގެ ސްޓޭޖް ނަގާ އެސަރަހައްދުގެ ހުރިހާ ގަހެއް ވެސް ވަނީ ކަނޑާލާފައެވެ. އެކަމަކު މިމަގުގެ ހެދުމުގެ މަޝްރޫއު ނިމުމުން ގަސް އިންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް