Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19 ޓާސްކްފޯސްގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 13 ބިދޭސީން ޕޮޒިޓިވްވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 މާރިޗު 2020 | އާދީއްތަ 22:44
ރައީސުލްޖުމްހޫރިއްޔާ ޓާސްކްފޯސްގެ މެމްބަރުންނާއި ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޓާސްކްފޯސްގެ މެމްބަރުންނާއި ބައްދަލު ކުރެއްވުން

ކޮވިޑް-19 ގެ ޓާސްކްފޯސްއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ކޮވިޑް-19 ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވާއިރު، ކަމާބެހޭ މަސްއޫލުވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ތަންފީޒުކުރެއްވުމާއި ގުޅޭގޮތުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 13 ބިދޭސީން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 3 މީހުން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވާއިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ލިބިދޭ ބާރުގެ ދަށުން މީހުން އެއްވެ އުޅުން މަދު ކުރުމަށް ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި

10 މާރިޗު 2017
ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު