Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިރްބަޔާ ރޭޕް ކޭސް

އިންޑިއާ ސިއްސުވާލި ނިރްބަޔާ ރޭޕް ކޭސް- 8 އަހަރަށްފަހު ކުށްވެރިން ދަންޖައްސައިފި

ކުށްވެރިވާ 4 މީހެއް ދަންޖައްސާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2020 | ހުކުރު 02:20
ނިރްބަޔާ ރޭޕް ކޭސްގައި ދަންޖައްސާފައިވާ 4 މީހުން

ނިރްބަޔާ ރޭޕް ކޭސްގައި ދަންޖައްސާފައިވާ 4 މީހުން

މުޅި އިންޑިއާ ސިއްސުވާލި އުމުރުން 23 އަހަރުގެ ޖޯތީ ސިންގް (ނިރްބަޔާ) ގެ ރޭޕް ކޭސްގައި ކުށްވެރިވާ 4 މީހެއް، ހާދިސާ ހިނގިތާ 8 އަހަރު ފަހުން ދަންޖައްސައިފިއެވެ.

މި މައްސަލައިގައި ދައުވާ ސާބިތުވެ ދިއްލީގެ ހައި ސެކިއުރިޓީ ޖަލެއްގައި ހުކުރު ދުވަހު ހެނދުނު ދަންޖައްސާފައިވަނީ އަކްޝޭ ޓާކުރު، ވިނޭ ޝަރްމާ، ޕަވަން ގުޕްތާ އަދި މުކޭޝް ސިންގ އެވެ. އެ 4 މީހުން ދަންޖައްސާފައިވާއިރު، އެމީހުންގެ ފަރާތުން މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމަށްވެސް އެދިފައިވެއެވެ. ނަމަވެސް އެ ޤައުމުގެ ސުޕްރީމް ކޯޓުން ވަނީ އެ ހުށައެޅުންތައް ބަލައި ނުގަތުމަށް ނިންމާފައެވެ.

މީގެ ކުރިންވެސް މި މީހުން މަރަން ދެފަހަރަކު ތާވަލުކޮށް ކެންސަލް ކޮށްފައިވާއިރު، އެ މީހުން ދަންޖެއްސި ވަގުތު ނިރްބަޔާގެ މަންމަ ވަނީ އޭނާގެ ފޮޓޯއަށް ބޮސް ދިނުމަށްފަހު "ދަރިފުޅަށް އިންސާފު ލިބިއްޖެ" ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ 2012 ވަނަ އަހަރު ޑިސެމްބަރ މަހު 16 ވަނަ ދުވަހު އޭނާގެ ގެ ރައްޓެހި ފިރިހެން ކުއްޖަކާ އެކީ ފިލްމެއް ބަލަން ގޮސްފައި ގެޔަށް ދިޔަ މަގުމަތީގައެވެ. އެގޮތުން ދިއްލީގެ މަގަކުން ދުއްވާފައި ދިޔަ ބަހެއްގައި 6 މީހުންގެ ގޭންގަކުން ރޭޕް ކޮށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު ނިރްބަޔާ މަގުމައްޗަށް އެއްލާލާފައި އޮއްވައި ފެނިފައިވަނީ އޭގެ އަނެއް ދުވަހުއެވެ.

މި މައްސަލައިގައި 6 މީހުން ހިމެނޭއިރު، އޭގެ ތެރެއިން އެކަކު ވަނީ މިމައްސަލަައިގައި ޖަލުގައި ބަންދު ކޮށްފައި ހުއްޓާ އަމިއްލައަށް މަރުވެފައެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ 18 އަހަރުނުވާ ކުއްޖާވަނީ އަދަބު ފުރިހަމަ ކުރުމަށްފަހު 2015 ވަނަ އަހަރު ދޫކޮށްލާފައެވެ.

ނިރްބަޔާ ރޭޕްކޮށް އޭނަގެ ޖިންސީ ގުނަވަނަށް ބޮޑެތި އަނިޔާ ތަކެއްދިނުމަށްފަހު އެއްލާލާފައިވާއިރު، އޭނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ޖިންސީ ގުނަވަނަށް ދަގަނޑަކުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށާއި، އެ އަނިޔާތަކުގެ ސަބަބުން އޭނާގެ ގޮހޮރުވެސް އޮތީ ބޭރަށް ނުކުމެފައި ކަމަށެވެ.

އެ އަނިޔާތަކަށް އިންޑިޔާއިން ފަރުވާ ދިނުމަށް ފަހު ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ގެންގޮސް އިތުރު ފަރުވާ ދެމުން ދަނިކޮށް އޭނަ މަރުވެފައިވަނީ އެ އަހަރުގެ ޑިސެމްބަރ މަހު 29 ވަނަ ދުވަހު އެވެ.

މިއީ އިންޑިއާގެ ތާރީޚުގައިވެސް ހިނގި އެންމެ ބޮޑު ރޭޕް ކޭސްއެވެ. އަދި ދައުވާ ކުރެވި މިހައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުނު ފުރަތަމަ ކޭސްވެސްމެއެވެ. އަދި މި ކޭސްގެ ސަބަބުން އެ ޤަައުމުގައި ރޭޕްއާ ދެކޮޅަށް ވަރުގަދަ ޤާނޫނުތަކެއްވެސް ވުޖޫދުވެގެން ދިޔައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

15 އެޕްރީލު 2017
އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު