Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލައިނޑް އިންޝިއުރެންސް

އެލައިޑްގެ އޮފީސް ބަންދު، ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ!

18 މާރިޗު 2020 | ބުދަ 15:01

އޮފީސް ބަންދުކުރަން ހަމަޖެހިފައިވަނީ މާޗް މަހުގެ 26 އާ ހަމައަށް

އަލީ ސަމާޚް
އަލީ ސަމާޚް | 18 މާރިޗު 2020 | ބުދަ 15:01
އެލައިޑް އިންޝިއުރެންސްގެ އޮފީސް

އެލައިޑް އިންޝިއުރެންސްގެ އޮފީސް

ކޮވިޑް-19 އާ ގުޅިގެން އެލައިޑް އިންޝިއުރެންސްގެ އޮފީސް ބަންދުކޮށް, ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިންކޮށް ލިބޭގޮތަށް ހަމަޖައްސައިފި އެވެ.

ބުދަ ދުވަހު އެލައިޑުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ބުދަ ދުވަހުން ފެށިގެން 26 މާޗްގެ ނިޔަލަށް އެ ކުންފުނީގެ އޮފީސް ބަންދުވާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ހިދުމަތްތައްވެބްސައިޓްއަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އެލައިޑުން ބުނީ، އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެލައިޑްގެ ހިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތައް:

ބިދޭސީންގެ އިންޝުއަރަންސް ޕޮލިސީތައް، ކަސްޓަމަރުންނަށް އޮންލައިކޮށް ނެގޭނެ އިންތިޒާމް 15 މާރޗް 2020 އިން ފެށިގެން މިހާރު ވަނީ ހަމަޖެހިފައެވެ. ބިދޭސީންގެ އިންޝުއަރަންސް ނެެގުމަށް އެލައިޑްގެ އޮންލައިން ޕޯރޓަލް myallied.mv އަށް ލޮގިން ކުރުމުން ލިބޭނެއެވެ.

އެ ކުންފުނީގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯރޓަލް މެދުވެރިކޮށް މޮޓޯ އިންޝުއަރަންސް، ޓްރެވެލް އިންޝުއަރަންސް، ކާރގޯ އިންޝުއަރަންސް އަދި ހޯމް ކޮންޓެންޓް ތަކަފުލް އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބޭނެއެވެ.

އެލައިޑުން ބުނީ، އެލައިޑް މޮބައިލް އެޕް އަދި އޮންލައިން ޕޯޓަލްގައި ނުހިމެނޭ ހިދުމަތެއް ހޯދުމަށް ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅާ sales@allied.mv; sales@ayady.mv އަށް އީމެއިލް ކުރުމުން ޕޮލިސީ ނެންގެވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށެވެ. މިސާލަކަށް އޮޑި ދޯނި ފަހަރުގެ އިންޝުއަރަންސްއެއް ނަގަން ބޭނުން ވެއްޖެނަމަ، ކުންފުނީގެ ހިލޭ ގުޅޭ ނަންބަރަަށް ގުޅައި މި އީމެއިލް އެޑްރެސްތަކަށް އިމެއިލް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެލައިޑުން ދެޭ ގޮތުގައު މި ހާލާތުގައި ބިލްތަކަށް ފައިސާ ދޫކުރުމަށް އެންމެ ރައްކާތެރިގޮތަކީ އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ކަމަށެވެ. މިގޮތުން ކްލެއިމް އަދި މިނޫންވެސް އިތުރު ބިލްތަކަށް އެލައިޑުން ފައިސާ ދައްކާނީ ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެންނެވެ. އަދި ޕްރިމިއަމް ނުވަތަ ކޮންޓްރިބިއުޝަން ފައިސާ ބަލައިގަންނާނީ ވެސް ބޭންކް އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށެވެ. އެކައުންޓް ޓްރާންސްފަރ ހެދުމަށް ޕޮލިސީ ނަންބަރާއި، ޖަމާކުރެވުނު އަދަދާއި (އެއް ޕޮލިސީއަށް ވުރެ ގިނަ ޕޮލިސީއަށް ފައިސާ ދައްކަވާނަމަ) އެކު ބޭންކް އެކައުންޓް ޓްރާންސްފަރ ސްލިޕް treasury@allied.mv އަށް އީމެއިލް ކުރުމުން ޕޭމަންޓް ބަލައިގަނެވި ޕޭމަންޓް ރިސިޕްޓް އީމެއިލް މެދުވެރިކޮށް އެކަސްޓަމަރަކަށް ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިދުމަތްތައް މުޅިންހެން އޮންލައިންކޮށް ދިނުމުގައި ބައެއް ފަހަރު ދިމާވެދާނެ ދަތި އުދަގޫތަކަށް އެލައިޑުން ވަނީ މައާފަށް އެދިފައެވެ. ނަމަވެސް މި ހާލަތުގައިވެސް އަދި ލޮކް ޑައުން ހާލަތަކަށް ދިވެހިރާއްޖެ ދިޔަކަމުގައިވިޔަސް ކުންފުނިން ދެމުންގެންދާ ހިދުމަތްތައް، ކުންފުނީގައި ގާއިމްކުރެވިފައިވާ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް، މެދުކެޑުމެއްނެތި ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެލައިޑުން ވަނީ ކަސްޓަމަރުންގެ އިތުރުން ހުރިހާ ރައްޔިތުންނަށްވެސް ޔަގީންކަން ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް