Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ހިޔާ، ފިޔަވަތި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމުކުރަނީ

18 މާރިޗު 2020 | ބުދަ 13:07

ފިޔަަވަޅުތައް އެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މާރިޗު 2020 | ބުދަ 13:07
ހިޔާ، ފިޔަވަތި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ފެސިލިޓީތައް ޤާއިމުކުރާނެ

ހިޔާ، ފިޔަވަތި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ފެސިލިޓީތައް ޤާއިމުކުރާނެ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒުތަކުގައިވެސް އައިސޮލޭޝަން ފެސިލިޓީތައް ޤާއިމު ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ބުދަ ދުވަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ރޯގާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީންވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން 2 ރޫމް، ފިޔަވަތިގައި އައިސޮލޭޝަން 3 ރޫމް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން 2 ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ޙާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޤާއިމުރުމުގެ އެންމެހައި ތައްޔާރީތައް ވުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އޭގެއިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ ޢާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑައިލުމާއި، މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ ޓެމްޕަރޭޗަރ ގަވާއިދުން ބެލުމާއި، އަތޮޅުތެރޭގައި ނަމަ ބަލިވުމުން އެކަހެރިކޮށް ބެލެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުން ހިމެނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ މަރުކަޒަކުން ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މިނިސްޓްރީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަކުންވެސް ކަނޑައެޅިގެންދާއިރު، ނޭވާލާ ނިޒާމަށްޖެހޭ އެއްވެސް ބައްޔެއް އެއްވެސް މުވައްޒަފެއް ފަރާތުން ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށް އަންގާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް