Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އެމެރިކާ ނޫން އެހެން ހުރިހާ ގައުމުތަކުގެ މީހުން ކެނެޑާއަށް އެތެރެވުން މަނާކޮށްފި

17 މާރިޗު 2020 | އަންގާރަ 12:03

މާޗް 18 ވަނަ ދުވަހުން ފެށިގެން މި ނިންމުން ތަންފީޒުކުރާނެ

އަމަން ހަލީމް
އަމަން ހަލީމް | 17 މާރިޗު 2020 | އަންގާރަ 12:03
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

ކޯވިޑް-19 އިތުރަށް ފެތުރުނަނުދިނުމުގެ ގޮތުން، އެމެރިކާ ނޫން އެހެން ހުރިހާ ގައުމުތަކުން، މާޗް 18 އިން ފެށިގެން ކެނެޑާއަށް މީހުން އެތެރެވުން މަނާކޮށްފިއެވެ.

މިކަން އިއުލާންކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއެވެ. އަނބިކަނބަލުން ސޯފީ ގްރެގޮއަރ ޓްރޫޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެ މަނިކުފާނު ވެސް މި ވަގުތު ހުންނެވީ ސެލްފް އައިސޮލޭޝަންގައެވެ.

އޭގެ އިތުރުން، ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުންނަ ފަރާތެއް ފްލައިޓަށް އެރުވުން މަނާކުރުމަށް ވެސް ޓްރޫޑޯ ވަނީ އަންގަވާފައެވެ. އަދި މެކްސިކޯ، ކެރީބިއަން އަދި އެމެރިކާ ނޫން ސަރަހައްދުތަކުން އަންނަ އިންޓަރނޭޝަނަލް ފްލައިޓްތައް އައުމަށް އެ ގައުމުގެ ހަތަރު އެއަރޕޯޓެއް ވަނީ ކަނޑައަޅާފައެވެ. އެއި ވެންކޫވަރ، ޓޮރޮންޓޯ، މޮންޓްރިއާލް އަދި ކާލްގަރީއެވެ.

ގައުމުތަކުން މީހުން އައުން މަނާކުރި ނަމަވެސް، ގައުމަށް އެތެރެކުރާ މުދަލަށް މީގެ އަސަރެއް ނުކުރާނެ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.

އެމެރިކާ އިސްތިސްނާކުރަން ނިންމި ސަބަބާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ޓްރޫޑޯ ވިދާޅުވީ، މި ވަގުތު ދެ ގައުމުން ފިޔަވަޅުތައް އަޅަމުން ގެންދަނީ ވަރަށް ގުޅިގެން ކަމަށެވެ. އަދި ކެނެޑާއާއި އެމެރިކާގެ އިގްތިސާދަކީ ގުޅިފައިވާ ދެ އިގްތިސާދުކަންވެސް ފާހަގަކުރެއްވިއެވެ. ކެނެޑާއިން ބޭރުކުރާ މުދަލުގެ ތިން ބައިކުޅަ ދެބައި މުދާ ބޭރުކުރަނީ އެމެރިކާއަށެވެ.

މިހާތަނަށް ކެނެޑާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 400 އަށް ވުރެ ގިނަ މީހުން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާއިރު، ބަލި ރަނގަޅުވެގެން 11 މީހަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް