Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލްކައުންސިލް އިންތިޚާބު

އިންތިޚާބު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ މެދު އީސީން ނިންމާގޮތެއް އާދިއްތަ ދުވަހު އިއުލާންކުރަނީ

އިންތިޚާބު އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް މިހާރު ވަނީ ފަސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 މާރިޗު 2020 | އާދީއްތަ 02:12
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް

އަންނަ ލޯކަލް ކަައުންސިލް އިންތިޚާބުގެ ކަންކަން އިތުރަށް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނިންމުން އާދިއްތަ ދުވަހު އިއުލާން ކުރާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އިތުރަށް ކުރިއަށް ގެންދާނެ ގޮތާ މެދު އެ ކޮމިޝަނުން ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެކަމާ މެދު އެ ކޮމިޝަނުގެ ނިންމުން އާދިއްތަ ދުވަހު ހާމަ ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ހާލަތު ބަދަލުކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް އަކްރަމްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ކައުންސިލް އިންތިޚާބު ފަސްކުރަން އީސީން ނިންމީ އެގޮތަށް ބައެއް ޕާޓީތަކުން ވެސް އެދެމުން ދަނިކޮށެވެ. އަދި އެކަމަށް އާންމުންވެސް ވަނީ ގޮވާލާފައެވެ.

އިންތިޚާބު ލަސްކުރުމާއި ގުޅޭގޮތުން އީސީން ބުނެފައިވަނީ މިހާރު އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީޚަކީ ގާނޫނީ ގޮތުން އިންތިޚާބު ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީޚު ކަމަށެވެ. އަދި އެއަށް ވުރެ ފަސް ކުރެވޭނީ ކޯޓު އަމުރަކުން ކަމަށާއި އަދި މިހާރު އޮތް މިންވަރަށް ވުރެ ހާލަތު ގޯސްވެއްޖެ ނަމަ އެކަމަށް ހައްލު ހޯދަން ކޯޓަށް ދާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގައި މީގެކުރިންވެސް އިންތިޚާބުތައް ފަސްކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު